Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚިޔާލު ހޯދުމުގެ ސާވޭ

ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އެމެރިކާއަށް ދެމި އޮވެވިދާނެ ކަމަށް ޤަބޫލު ކުރަންތަ؟

ދުނިޔޭގެ އިގުތިސޯދީ ތަރައްގީ ޕްރޮމޯޓް ކުރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް، ސާވޭގެ ބައިވެރިންގެ ތެރެއިން 76.23 ޕަސެންޓް މީހުން ވަނީ ބުނެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 އޯގަސްޓު 2022 | އާދީއްތަ 05:06
ޗައިނާއިން އިސްވެ ކުރިއަށް ގެންދިޔަ ސާވޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 22 ޤައުމެއްގެ މީހުންނާ ސުވާލުކޮށްފައިވޭ

ޗައިނާއިން އިސްވެ ކުރިއަށް ގެންދިޔަ ސާވޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 22 ޤައުމެއްގެ މީހުންނާ ސުވާލުކޮށްފައިވޭ

ދުނިޔޭގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި އެމެރިކާއަށް ދެމި އޮވެވިދާނެ ކަމަށް ޤަބޫލު ކުރަނީ އެންމެ 6.31 ޕަސެންޓް މީހުން ކަމަށާއި، އެންމެ ގާތީ، އެއް ބާރަށް ވުރެ ގިނަ ބާރުން ދުނިޔެ ކޮންޓްރޯލް ކުރުން ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކައިފިއެވެ.

ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން) ތިންކް ޓޭންކާއި، ރެންމިން ޔުނިވަރސިޓީ އޮފް ޗައިނާގެ ޗައިނީޒް އިންސްޓިޓިއުޓް އޮފް ޕަބްލިކް އޮޕީނިއަން ގުޅިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 22 ޤައުމެއްގެ މީހުންނާ ސުވާލު ކޮށްފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ޚުދު އެމެރިކާވެސް ހިމެނޭ އިރު، ނިއުޒީލަންޑް، ޖަޕާން އަދި އިންޑިއާއާއި މިޞްރު އަދި ނައިޖީރިއާ ފަދަ ޤައުމުތައްވެސް ހިމެނެއެވެ.

ޗައިނާއަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް ހުޅަނގުގެ ސިޔާސީ ޝަހްސުންނާއި މީޑިއާތަކުން ގަދަ އަޑުން އިންޒާރު ކުރަމުން ދާއިރު، ސާވޭގައި ބައިވެރިވި، ތަރައްޤީވެފައިވާ އަދި ކުރިއަރަމުން އަންނަ އިގުތިސޯދުތައް ހިމެނޭ ހެން 56.22 ޕަސެންޓް މީހުން ވަނީ، ޗައިނާ ބާރު ގަދަ ކުރަމުން ދިއުމަކީ، ނުތަނަވަސްވެ ކަންބޮޑުވުން އުފައްދަނިވި ކަމެއް ކަން ފާހަގަ ކޮށްފައެވެ.

އިތުރު އެހެން ސަބަބުތަކުގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ އެއްބައެއްވަންތަކަން ދެމެހެއްޓުމަށްޓަކާ، ޗައިނާއަކީ ޚިޔާލީ ޢަދުއްވެއްގެ ގޮތުގައި ސިފަ ކުރުމާއި، ޗައިނާގެ ތަރައްޤީ ވިޔަ ނުދީ ހިފެހެއްޓުމާއި، ދާޚިލީ މައްސަލަތަކާ ކުޅުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.

ޘަޤާފީ ސިންދަފާތު ނުވަތަ ކަލްޗަރަލް ޑައިވަރސިފިކޭޝަންއަކީ ދުނިޔެއަށް މާ ރަނގަޅު ގޮތެއް ކަމަށް ޗައިނާއިން ކުރަމުންދާ ވަކާލާތަށް 66.06 ޕަސެންޓް މީހުން ތާއީދުކޮށްފައިވާއިރު، 33.68 ޕަސެންޓް މީހުން ވަނީ އެ ފަލްސަފާއަށް ފުރިހަމައަށް އެއްބަސްވާ ކަމަށް ބުނެފައެވެ.

ކަން މިހެން އޮތް އިރު، ދުނިޔޭގެ އިގުތިސޯދީ ތަރައްގީ ޕްރޮމޯޓް ކުރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް، ސާވޭގެ ބައިވެރިންގެ ތެރެއިން 76.23 ޕަސެންޓް މީހުން ވަނީ ބުނެފައެވެ. ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމުގައި ޗައިނާއިން ބޮޑު ދައުރެއް އަދާ ކުރާނެ ކަމަށް 60.60 ޕަސެންޓް މީހުން ވަނީ ބުނެފައެވެ.

ޗައިނާއިން އިސްވެ ކުރިއަށް ގެންދިޔަ ސާވޭގެ ނަތީޖާތައް އާންމު ކޮށްފައި ވާ މި ދަނޑިވަޅަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 2 ޤައުމުގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން އިއްތިފާޤުވާ އެމެރިކާއާއި ޗައިނާގެ ޒަމާންވީ ހަތުރުވެރިކަން އިތުރަށް ގަދަވެފައިވާ ދަނޑިވަޅެކެވެ. ޗައިނާގެ ސަރަހައްދީ މިލްކުވެރިކަމާއި ތަރައްޤީގެ ނަމުގައި ޗައިނާއިން ބައިނަލްއަގުވާމީ މުޖުތަމައުގެ ކޮންޓްރޯލް ނެގުމަށް ހިންގަމުންދާ ސިޔާސަތުތަކަށް ހުޅަނގުގެ ބާރުތަކުން ކެނޑިނޭޅި ފާޑުކިޔަމުން ދާއިރު، ޗައިނާއިން ދަނީ އެ ދައުވާތަކާ އިލްޒާމްތަކަށް އިންކާރުކޮށް، ޗައިނާގެ ސިޔާދަތީ މިނިވަންކަމާ ކުޅޭ ފަރާތްތަކާ ދެކޮޅަށް ހަނގުރާމައަށްވެސް ނުކުނަން ޖެހިދާނެ ކަމުގެ އިޝާރާތްތައް ދެމުންނެވެ.

ޚިޔާލު ހޯދުމުގެ ސާވޭއެމެރިކާސީޖީޓީއެންޗައިނާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު