Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒުވާނުންގެ ދުވަސް

މިވަގުތު އެންމެ މުހިންމީ ޒުވާނުން އިތުރަށް ބާރުވެރިކުރުވައި، ޤައުމުގެ ކަންކަން ނިންމުމުގައި ބައިވެރިކުރުވުން: ނައިބު ރައީސް

ކޮވިޑް-19 ފަދަ ބޮޑެތި ކަންކަމުން ލޮޅުމެއް ނާންނާނެ ފަދަ މުޖުތަމައު އެއް ބިނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 06:33
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ދުނިޔެއަށް އަންނަ ބަދަލުތަކާއި ރާއްޖޭން ކުރާ ތަޖުރިބާތަކަށް ބަލާއިރު މިވަގުތަށް އެންމެ މުހިންމީ ޒުވާނުން އިތުރަށް ބާރުވެރިކުރުވައި ޤައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޒުވާނުންގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ސްކޫލް ދައުރުން ފެށިގެން މިކަން ކުރަން ޖެހޭކަމަށާއި ޤައުމު ކުރިއެރުވޭނީ ރަނގަޅު ޒުވާނުންތަކެއް އުފެއްދިގެންކަން މުޅި މުޖުތަމައު ޤަބޫލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނައިބު ރައީސް އިތުރަށް ވިދާޅުވީ މިއަދު ޤައުމެއް ބިނާ ކުރާއިރު އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ވެސް ލޮޅުމެއް ނާންނާނެ ފަދަ މުޖުތަމައު އެއް ބިނާ ކުރުން ކަމަށެވެ. އެހެންކަމުން މިހާރު ތައުލީމު އުނގެނެމުންދާ ދަރިވަރުންނަކީ މާދަމާގެ މުސްތަގުބަލުކަން ދެކިގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ވަނީ ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ނައިބު ރައީސް ވިދާޅުވީ މުޅި މުޖުތަމައު ގުޅިގެން އެފަދަ މުޖުމަތަމައު އެއް ބިނާ ކުރުމަށް އެއްބައިވުން މުހިންމު ކަމަށެވެ. އެގޮތުން، އެއްބައިވަންތަކަމާއި އެކުވެރިކަން ނެތިދާ ހާލަތް ތަކުގައިވެސް އެކުވެރިކަން ދަމަހައްޓަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ރާއްޖެ ފަދަ ޤައުމެއްގައި އެންމެ މުހިންމު އެއްޗަކީ އެކުވެރިކަން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކާމިޔާބާއި ހަމައަށް ދިއުމަށްޓަކައި މިވަގުތު އެންމެ ބޭނުންވަނީ އެންމެން ގުޅިގެން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން" މިއެވެ. މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ކުރިޔަށް ދަނީ ކުޅުދުއްފުށި ސިޓީގައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްކުޅުދުއްފުށި ސިޓީޒުވާނުންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު