Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

ކަރަންޓު ކެނޑޭ ކޮންމެ ސަރަހައްދަކަށް ވެސް ކަރަންޓް ކެނޑޭތާ އެއްގަޑިއިރު ފަހުން އަލުން ކަރަންޓު ދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2024 | ބުރާސްފަތި 09:45
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީއަށް އަނެއްކާ ވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެއެވެ.

ކުޅުދުއްފުށި ފެނަކަ ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ބްރާންޗުގައި ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 1 މެގަވޮޓްގެ އިންޖީނެއްގައި މައްސަލަ ޖެހިފައިވާތީ މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.

Advertisement - newsAdvertisement

ފެނަކައިން ވަނީ ކަރަންޓު ކަނޑާލާ އެކި ސަރަހައްދުތަކާއި، ގަޑިތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ކަރަންޓު ކެނޑޭ ކޮންމެ ސަރަހައްދަކަށް ވެސް ކަރަންޓް ކެނޑޭތާ އެއްގަޑިއިރު ފަހުން އަލުން ކަރަންޓު ދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު މިވަގުތު ވީހާވެސް މަދު ކުރުމަށް އެދޭ ކަމަށެވެ.

ފެނަކައިން ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ވެސް ކަރަންޓު އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިއްވާލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދިން އާއްމުންގެ މީހަކު ބުނީ ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ސްކޫލު ޗުއްޓީއަކަށްވުމާއެކު ގިނަ ބަޔަކު ރަށުގައި ދިރިއުޅެމުންދާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ އިރެއް ވެސް ހާމަކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި މިކަމުގެ ސަބަބުން މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ފޯނު ނުނަންގަވާތީ މިމައްސަލައާ ގުޅިގެން ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކުޅުދުފުއްށި ސިޓީއަށް އަނެއްކާ ވެސް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު، އޭޕްރީލް މަހުގެ ކުރީކޮޅު އެސިޓީގެ ރައްޔިތުން ވަނީ ކަރަންޓު ކެނޑޭ މައްސަލާގައި ރުޅިގަދަވެ، މުޒާހަރާކޮށްފައެވެ. ދޮޅުމަސް ދުވަސް ވަންދެން ކަރަންޓުގެ މައްސަލަ ދިމާވެ، އެ މައްސަލަ ހައްލުނުވެގެން ރައްޔިތުން ނުކުމެ މުޒާހަރާކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީގެ ފެނަކަ އިންޖީނުގެ ކުރިމަތީގައެވެ. އެތަނަށް އެއްވެ މުޒާހަރާކޮށްފައިވާ މީހުން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުމުން މުދަލަށް ލިބުނު ގެއްލުމަށް ބަދަލުދިނުމަށް ގޮވާލާފައެވެ. އަދި ކުޅުދުއްފުށި ރައްޔިތުން ވަނީ ހަލާކުވި މުދާ ހޯދުމަށް ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް އޭގައި ސޮއިވެސް ކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ގޭބީސީތަކުގެ އޭޕްރީލްމަހުގެ ކަަރަންޓު ބިލަށް 50 އިންސައްތަ ޑިސްކައުންޓް ދީފައިވާ ކަމަށް ވެސް އޭރު ފެނަކައިން ބުނެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު