Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލޮންޑިއޯ އެވޯޑު 2022

އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓް ނުވޭ!

މިއީ 2005 ވަނަ އަހަރުގެ ފަހުން އެވޯޑަށް މެސީ ނޮމިނޭޓް ނުވި ފުރަތަމަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2022 | ހޮނިހިރު 04:10
އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، އޭނާ ވަނީ ހަތް ފަހަރު އެވޯޑު ހޯދާފައި

އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ، އޭނާ ވަނީ ހަތް ފަހަރު އެވޯޑު ހޯދާފައި

ފްރާންސް ފުޓުބޯޅައިން ދޭ ބެލޮންޑިއޯ އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްނުވެއެވެ.

ހުކުރު ދުވަހުގެ ރޭ ފްރާންސް ފުޓުބޯޅައިން ވަނީ މިއަހަރުގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއުލާންކޮށްފައެވެ. މިއީ 2005 ވަނަ އަހަރުގެ ފަހުން މެސީ މި އެވޯޑަށް ނޮމިނޭޓްނުވެ ދިޔަ ފުރަތަމަ ފަހަރެވެ. ބާސެލޯނާ ދޫކޮށް 2021 ވަނަ އަހަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވި ފަހުން އެޓީމުގައި ހޭދަކުރި ފުރަތަމަ ސީޒަންގައި މެސީއަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 34 މެޗުގައި މެސީއަށް ޖެހުނީ 11 ލަނޑެވެ. ޕީއެސްޖީއާއިއެކު މިދިޔަ ސީޒަންގައި ކާމިޔާބުކުރެވުނީ ފްރާންސް ލީގު އެކަންޏެވެ.

އަންނަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވޯޑު ހަފްލާ އޮންނައިރު، އެންމެ ފަހުން މި އެވޯޑު ހޯދީ ވެސް މެސީއެވެ. އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ގައި ބެލޮންޑިއޯ އެވޯޑު ހޯދާފައެވެ. މިއީ މި އެވޯޑު ހޯދާފައިވާ ރެކޯޑު އަދަދެކެވެ. މެސީއާ އެންމެ ގާތުން ގިނަ ފަހަރު މި އެވޯޑު ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު އެވޯޑު ހޯދާފައެވެ.

މެސީގެ އިތުރުން ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއަރ ވެސް މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައެއް ނުވެއެވެ. އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ތެރެއިން ގަދަ ތިން ކުޅުންތެރިން ހޮވުން އަދި އޮންނާނެއެވެ.

މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިން:

ޑޫސާން ވްލަހޯވިޗް (ޔުވެންޓަސް-ޓިއުރިން)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، ޔާއޯ ކަންސޭލޯ (މެންޗެސްޓާ ސިޓީ)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ)، އާލިން ބްރައުޓް ހާލަންޑް (މެންޗެސްޓަރ ސިޓީ)، ސަބެސްޓިއަން އަލެއާ (ޑޯޓްމުންޑް)، ލޫކަ މޮޑްރިޗް (ރެއާލް މެޑްރިޑް)، އެންޓޯނިއޯ ރޫޑިގާ (ރެއާލް މެޑްރިޑް)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، ކެވިން ޑިބްރައިނާ (މެންޗެސްޓާ ސިޓީ)، މައިކް މައިންގްނޯން (އޭސީ މިލާން)، ހެރީ ކޭން (ޓޮޓެންހަމް)، ޑާވިން ނޫނޭޒް (ލިވަޕޫލް)، ފިލް ފޯޑެން (މެންޗެސްޓާ ސިޓީ)، ސަޑިއޯ މާނޭ (ބަޔާން މިއުނިކް)، ރިޔާދު މާރޭޒް (މެންޗެސްޓާ ސިޓީ)، ކަސެމީރޯ (ރެއާލް މެޑްރިޑް)، ސޮން މިން ހެއުން (ޓޮޓެންހަމް)، ފަބީނިއޯ (ލިވަޕޫލް)، ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް)، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް (ލިވަޕޫލް)، ވިނީޝިއުސް ޖޫނިއާ (ރެއާލް މެޑްރިޑް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ލުއިޒް ޑިއާޒް (ލިވަޕޫލް)، ރޮބާޓް ލެވަންޑޯސްކޯ (ބާސެލޯނާ)، ތިބައު ކޯޓުއާ (ރެއާލް މެޑްރިޑް)، ރަފައެލް ލެއާއޯ (އޭސީ މިލާން)، ކްރިސްޓޮފާ އެންކުންކޫ (ލައިޕްޒިގު)، މުހައްމަދު ސަލާހު (ލިވަޕޫލް) އަދި ޔޯސުއާ ކިމިކް (ބަޔާން މިއުނިކް) އެވެ.

މީގެ ކުރިން ބެލެންޑިއޯ އެވޯޑު ދެނީ އަހަރަކު އެއް ފަހަރުއެވެ. ނަމަވެސް މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފްރާންސް ފުޓުބޯޅައިން ނިންމާފައިވަނީ އެވޯޑު ސީޒަނަކު އެއް ފަހަރު ދޭ ގޮތަށެވެ.

މިއަހަރުގެ އެވޯޑުގެ އެންމެ މޮޅު ކީޕަރުންނަށް ނޮމިނޭޓްވެފައިވަނީ އެޑޮއާޑް މެންޑީ (ޗެލްސީ)، މެނުއަލް ނޯޔާ (ބަޔާން މިއުނިކް)، ޔެން އޮބްލަކް (އެތުލެޓިކޯ މެޑްރިޑް)، ކެވިން ޓްރަޕް (އެއިންޓްރަކް ފްރޭންކްފާޓް) އަދި ހޫގޯ ލޮރީސް (ޓޮޓެންހަމް)، ޔާސިން ބޯނޯ (ސެވިއްޔާ)، އެލިސަން ބެކާ (ލިވަޕޫލް) ތިބައޫ ކޯޓުއާ (ރެއާލް މެޑްރިޑް)، އެޑަސަން މޮރާއެސް (މެންޗެސްޓަރ ސިޓީ) އަދި މައިކް މައިގްނަން (އޭސީ މިލާން) އެވެ.

ބަލޮންޑޯ އެވޯޑްލިއޮނެލް މެސީފްރާންސް ފުޓުބޯޅަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު