Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންޑަން އަލިފާން

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަަދަދު 30 އަށް ވުރެ މައްޗަށް!

70 އަށް ވުރެ ގިނަ މީހުން އަދިވެސް ވަނީ ނުފެނި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 16 ޖޫން 2017 | ހުކުރު 15:11
އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެއް

އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެއް

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓް ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 30 އަށް އަަރައިފިއެވެ.

މަރުވި މީހުންގެ އަދަދު އިތުރުވާެނެ ކަމަށް ބެލެވޭ އިރު އިނގިރޭސި ފުލުހުން ބުނެފައި ވަނީ މަރުވި އެންމެންނަކީ ކޮންބައެއްކަން ދެނެނުގަނެވޭނެ ކަމަށެެވެ.

ހާދިސާގެ ޝިކާރައަކަށްވި ފަރާތްތައް ބައިތިއްބާފައިވާ ރިލީފް ސެންޓަރަކަށް އިނގރޭސި ރާނީ އާއި ޕްރިންްސް ވިލިއަމް ހުކުރު ދުވަހު ޒިޔާރަތް ކުރައްވާ މީހުންގެ ހާލު ބެއްލެވިއެވެ.

އާއިލާތަކާއި ހަވާލާދީ މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން 70 އަށް ވުރެ ގިނަ މީހުން ވަނީ އަދިވެސް ނުފެނިއެވެ. މިހާތަނަށް 34 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދޭއިރު، މިއަދަދު 100 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ. 24 މީހުންނަށް ހޮސްޕިިޓަލުގައި ފަރުވާ ދެމުން ދާއިރު 12 މީހަކު ވަނީ ސީރިއަސް ހާލަތެއްގައެވެ.

ދިރި ހުއްޓާ މީހަކު ދެން ނުފެންނާނެ ކަމަށް އޮފިޝަލުން ބުނާއިރު ބޮޑު ވަޒީރު ތެރީސާ މޭ ވަނީ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އަމުރުު ކުރައްވާފައެވެ. އިނގިރޭސި ފުލުހުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޖިނާއީ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ. ލަންޑަނުގެ ނޯތު ކެންސިންޓަންގައި ހުންނަ 24 ބުރީގެ ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނިޔާވި އަދި މަރުވި މީހުންގެ އާއިލާތަކަށް އިނގިރޭސި ރާނީ ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް 24 ގަނޑިއިރަށް ވުރެ ގިނަ ވަގުތު ނެގިއިރު މި ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެއެވެ.

I

ކޮމެންޓް

އިތުރަށް ކިޔާލަން

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

30 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު