Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީގައި ވިކިޕީޑިއާ މަނާކުރު

ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

30 އެޕްރީލު 2017 | އާދީއްތަ 08:00

ވިކިޕީޑިއާގެ ފައުންޑަރ  ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އެޕްރީލު 2017 | އާދީއްތަ 08:00
ވިކިޕީޑިއާގެ ފައުންޑަރ ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށެ

ވިކިޕީޑިއާގެ ފައުންޑަރ ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާއެކު ތެދުވާނެ ކަމަށެ

ތުރުކީއިން ޓެރެރިސްޓް ޖަމާއަތްތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެ ހިމަނާފައިވާ ކޮންޓެންޓް ފޮހެ ނުލުމުން އޮންލައިން އެންސައިކްލޮޕީޑިއާ، ވިކިޕީޑިއާ އެ ގައުމުގައި ބްލޮކް ކޮށްފިއެވެ.

ތުރުކީގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް، މެރިޓައިމް އެންޑް ކޮމިއުނިކޭޝަނާ ހަވާލާދީ އެގައުމުގެ ދައުލަތުގެ ނޫސް އޭޖެންސީ އަނަދޮލޫ އިން ބުނީ އެ ގައުމުގެ އޮފިޝަލުން ވިކިޕީޑިއާއާ ވާހަކަދައްކައިގެން އެ ކޮންޓެންޓް ފޮހެލެވޭތޯ އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ސައިޓުން ފޮހެލާފައި ނުވަނީ ސުވާލު އުފެދޭ ކޮންޓެންޓެވެ.

މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އަނަދޮލޫ ބުނެފައިވަނީ ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ވިކިޕީޑިއާއިން، ބައިނަލްއަގްވާމީ މަސްރަހުގައި ތުރުކީއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

ތުރުކީގައި އިންޓަނެޓް މަނާކުރުން ބަލަހައްޓަމުން އަންނަ ޓާކީ ބްލޮކްސް މޮނިޓަރިނންގ ގްރޫޕުން ބުނެފައި ވަނީ ތުރުކީގެ ވިކިޕީޑިއާ ހުރިހާ ބަހުރުވައަކުން ހުރި ކޮންޓެންޓް ބްލޮކް ކޮށްފައިވާކަން ފާހަގަކުރެވުނީ ތުރުކީގެ އިދާރާތަކުން އެކަމަށް އަމުރު ނެރެފައިވަނިކޮށް ޖީއެމްޓީގަޑިން 5:00 ގެ ފަހުން ކަމަށެވެ.

ވިކިޕީޑިއާގެ ފައުންޑަރ ހޮނިހިރު ދުވަހު ވިދާޅުވީ އެންސައިކްލޮޕީޑިއާ ބަންދުކުރުމާ ދެކޮޅަށް ތުރުކީގެ ރައްޔިތުންނާ އެކު ތެދުވާނެ ކަމަށެވެ.

"މައުލޫމާތު ލިބިގަތުމަކީ އަސާސީ އިންސާނީ ހައްގެއް" ވިކިޕީޑިއާގެ ފައުންޑަރ ޖިމީ ވޭލްސް ޓްވިޓަރގައި ބުނެފައި ވެއެވެ.

"ތުރުކީގެ ރައްޔިތުން..އަހަރެން އަބަދުވެސް ހުންނާނީ ތި ރައްޔިތުންނާއެކު މި ހައްގު ހޯދުމަށް މަސައްކަތްކުރަން" އޭނާ ބުނެފައި ވެއެވެ.

ވޭތުވެ ދިޔަ ދެތިން އަހަރެއް ތެރޭ ތުރުކީން ވަނީ މަޝްހޫރު ބައެއް ސައިޓްތައް ވަގުތީ ގޮތުން ބްލޮކް ކޮށްފައެވެ.

އޭގެ ތެރޭގައި ފޭސްބުކް، ޔޫޓިއުބް އަދި ޓްވިޓަރ ހިމެނެއެވެ. މާޗް 2014 އިންފެށިގެން އެތައް މަސްތަކެއް ވަންދެން އެގައުމުގައި ޔޫޓިއުބް މަނާކޮށްފައި ވެއެވެ. އަދި 2013 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިޔަށްދިޔައިރު ސޯޝަލް މީޑިއާ ބޭނުންކުރުމަށް ދަތިކޮށް އެތައް ފިޔަވަޅުތަކެއް އެޅިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް