Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ނަޝީދާއެކު ސިޔާސީ މަސައްކަތްކުރެއްވުން

ނަޝީދުއާ އެކުގައި ސިޔާސީ މަސައްކަތްކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް: ޔާމީން

ރައީސް ޔާމީން އާއި ޕީޕީއެމްއިން ގަބޫލުކުރާ ފިކުރާއި އިސްލާމީ ސިފަތައް ހިމެނޭ ރާއްޖޭގެ ވެއްޓަށް ފެތޭ ޑިމޮކްރަސީ އާއި ރައީސް ނަޝީދު ގަބޫލުކުރައްވާ ހަމަތައް ތަފާތު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޯގަސްޓު 2022 | ހުކުރު 04:43
ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއެކު ސިޔާސީ މަސައްކަތްކުރުމަކީ ވުމަށް ނުވުން ކައިރިކަމެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް ޕީޕީއެމް/ޕީއެންސީ ސެނެޓުން ވަނީ ކަނޑައަޅާފައެވެ. އަނެއްކޮޅުން ރައީސް ނަޝީދު ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވަމުންނެވެ. މީގެއިތުރުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވާއިރު އެކަމުގައި ރައީސް ޔާމީންގެ އެހީތެރިކަން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް މީގެކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކަކަށްފަހު ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ޔާމީން ރައީސް ނަޝީދާއެކު މަސައްކަތްކުރައްވަފާނެތޯ އާއި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާތޯ ވަނީ ނޫސްވެރިން ސުވާލުކޮށްފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީން އާއި ޕީޕީއެމްއިން ގަބޫލުކުރާ ފިކުރާއި އިސްލާމީ ސިފަތައް ހިމެނޭ ރާއްޖޭގެ ވެއްޓަށް ފެތޭ ޑިމޮކްރަސީ އާއި ރައީސް ނަޝީދު ގަބޫލުކުރައްވާ ހަމަތައް ތަފާތުކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އާއި ޔާމީން އާ އެއްބަސްވެވޭ އެއް އިސްލާހަކީ ރާއްޖެއަށް އެންމެކަމުދަނީ ބަރުލަމާނީ ނިޒާމުކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ އާންމު ހައްގުތައް ކަމަށްވާ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަންފަދަ ހައްގުތަކުގައި ޚިޔާލުތަފާތުވުން ނޯންނާނެކަމަށެވެ. ނަމަވެސް ވަރަށް ބޮޑެތި ކަންކަމުގައި ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުންތައް އެބަހުރިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން އެފިކުރުތައް އެއް ގަލަކަށް ނާރާކަމަށްވާނަމަ ރައީސް ނަޝީދާއެކު މަސައްކަތްކުރާތަން ފެންނާނެކަމަށް ވިސްނިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއަދުގެ ރާއްޖޭގެ ހާލަތާއި ކަންކަން ހުރި ގޮތާއި ވިސްނުމަށް ބަލާއިރު މިއީ ވުމަށްވުރެ ބޮޑަށް ނުވުން ކައިރިކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންރައީސް ނަޝީދުބަރުލަމާނީއެމްޑީޕީޕީޕީއެމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު