Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

މަހިބަދޫއާ އެއްވަރުވެ ނިއު ސެމީއަށް

11 އޯގަސްޓު 2022 | ބުރާސްފަތި 19:51

މަހިބަދޫން އެއްވަރުކުރީ ނިއުއިން ފަސް ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 އޯގަސްޓު 2022 | ބުރާސްފަތި 19:51
ނިއުރޭޑިއަންޓްގެ ސަޕޯޓަރުން އެކްލަބް ދިދައާއެކު ސަޕޯޓް ކުރަނީ: ފޮޓޯ-މުޙައްމަދު ޝާބިން

ނިއުރޭޑިއަންޓްގެ ސަޕޯޓަރުން އެކްލަބް ދިދައާއެކު ސަޕޯޓް ކުރަނީ: ފޮޓޯ-މުޙައްމަދު ޝާބިން

މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކްލަބާ އެއްވަރުކޮށް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ނިއުއާއި މަހިބަދޫ މިރޭ ބައްދަލުކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. މިއަދު ހަވީރަށް ތާވަލުކުރެވިފައި އޮތް މެޗު މިރެއަށް ބަދަލުވީ ހަވީރު މެޗު ކުޅެން މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.

މިރޭ ކުޅުނު ފޯރިގަދަ މެޗު ނިމުނީ 5-5ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ނިއުއިންނެވެ. މިއީ މެޗުގެ ފުރަތަމަ މިނެޓުގައި މަހިބަދޫގެ މުހައްމަދު އައިމަން އަންވަރު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން ނިއުއިން ވަނީ ފުރަތަމަ ހާފުގައި އިތުރު ތިން ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފުގައި ނިއުގެ ކޯފީ ދެލަނޑު ޖެހިއިރު، ތޯރިގް ވަނީ އެއް ލަނޑު ޖަހާފައެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ނިއުއިން އެޓީމުގެ ފަސްވަނަ ލަނޑު ޖެހިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާރޫގްއެވެ.

މަހިބަދޫގެ ފަސް ލަނޑުވެސް އެޓީމުން ކާމިޔާބުކުރީ ނިއުއިން ފަސް ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށެވެ. މަހިބަދޫގެ ފުރަތަމަ ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީގެން އާދަމް ފަހުމާން ވަނީ ހެޓްރިކް ހަދާފައެވެ. މަހިބަދޫގެ އަނެއް ދެލަނޑު ޖަހައިދިނީ އިބްރާހިމް ޝާތިރުއާއި އަލީ ޝާލިމްއެވެ. ޝާލިމް ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގައެވެ.

މި ނަތީޖާއާއެކު ނިއުއަށް ސެމީގެ ޖާގަ ލިބުނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފައިދާ ގޯލުން އެލްޓީއަށްވުރެ ކުރިހޯދައިގެންނެވެ. ގްރޫޕުގެ އެއްވަނާގައި ސެމީގެ ޖާގަ ކަށަވަރު ކުރީ 13 ޕޮއިންޓާއެކު ޓީނޭޖް ސްޕޯޓްސް ކްލަބެވެ. ނިއު އަދި އެލްޓީއަށްވެސް ލިބުނީ 13 ޕޮއިންޓެވެ. ނިއުއަށް ކުރި ލިބުނީ ފައިދާ ގޯލުންނެވެ.

މުބާރާތުގައި ވާދަކުރާ އަނެއް ގްރޫޕުގެ އެއްވަނާގައި ސެމީގެ ޖާގަ ހޯދީ ބުރު ސްޕޯޓްސް ކްލަބެވެ. ދެވަނަ ހޯދައިގެން ކުޑަ ހެންވޭރުވެސް ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ނިއު ވާދަކުރަން ޖެހޭނީ ބުރާއެވެ. ކުޑަ ހެންވޭރު ނުކުންނާނީ ޓީނޭޖާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް