Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލްއެއް

ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް ވަނީ މޮޅު ކުޅުމެއް ދައްކާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2022 | ބުރާސްފަތި 10:38
ރާއްޖޭގެ ޓީޓީ އަންހެން ޓީމު

ރާއްޖޭގެ ޓީޓީ އަންހެން ޓީމު

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އަންހެން ޓީމު އިވެންޓުގެ ސެމީ ފައިނަލްގައި ވަރުގަދަ އީރާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖެއިން ސެމީ ފައިނަލްގެ ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވަނީ ޖިބޫޓީއާއި ޔޫގާންޑާ ބަލިކޮށްފައެވެ. ރާއްޖެ ބަލިވީ ތުރުކީ އަތުންނެވެ. އީރާނުން ސެމީގެ ޖާގަ ހޯދީ އެ ގައުމު ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގައި ރާއްޖެއަށް ލިބުނީ ލޯ މެޑަލްއެވެ.

ސެމީ ފައިނަލްގައި އީރާނުން ރާއްޖެ ބަލިކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަަމަ ސިންގަލްސްގައި ރާއްޖެއިން ކުޅެން ނުކުތީ ފާތިމަތު ދީމާ އަލީއެވެ. ދީމާގެ މައްޗަށް އީރާންގެ އަސްތަރީ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް އީރާނުން ހޯދީ 11-04، 11-08 އަދި 11-02 އިންނެވެ.

ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނިކުތީ އީރާންގެ ނެޑާއާ ދެކޮޅަށެވެ. މި ގޭމު ނެޑާއަށް ކާމިޔާބުކުރެވުނީ އުނގަދޫކަމާއެކުއެވެ. ވާދަވެރި ކުޅުމަކަށްފަހު ރަފާ ވަނީ 11-09ން ފުރަތަމަ ސެޓު ހޯދާފައެވެ. ދެވަނަ ސެޓު އީރާންގެ ނެޑާ ކާމިޔާބުކުރީ 11-07ންނެވެ. ޖެހިގެން އައި ތިންވަނަ ސެޓު ވެސް ކާމިޔާބުކުރީ ނެޑާއެވެ. މާބޮޑު ޕްރެޝަރެއް ނެތި ނެޑާ މި ސެޓު ކާމިޔާބުކުރީ 11-04ންނެވެ. ހަތަރުވަނަ ސެޓުގައި ރަފާ ވަނީ ހިތްވަރާއެކު ކުޅެ 12-10ން ސެޓު ހޯދާފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުވެސް ދިޔައީ ވާދަވެރިކޮށެވެ. މި ސެޓުގައި ރަފާގެ މައްޗަށް 11-08ން ކުރިހޯދައި ނެޑާ ވަނީ ގޭމު ކާމިޔާބުކޮށްފައެވެ.

ޑަބަލްސް ގޭމްގައި ރާއްޖެއިން ނިކުތީ ރަފާއާއި ފާތިމަތު ޖުމާނާ ނިމާލްއެވެ. މި ގޭމުގައި އީރާނުން ނިކުތީ ނެޑާއާއި ޝިމާއެވެ. އީރާންގެ ޕެއަރއިން ރާއްޖޭގެ ޕެއަރގެ މައްޗަށް ކުރިހޯދީ ތިން ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު އީރާންގެ ޕެއަރއިން ކާމިޔާބުކުރީ 11-05ންނެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން ވަނީ ޖެހިގެން އައި ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އީރާނުން ވަނީ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. އެއީ 11-04އާއި 11-05ންނެވެ.

މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ސެމީ ފައިނަލެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. މިއަހަރުގެ ގޭމްސްގައި ޖުމުލަ ގޮތެއްގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު