Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުރީދޫ އަޕްގްރޭޑް ޔޯ ވޯލްޑް

އުރީދޫއިން އަޕްގްރޭޑް ޔޯ ވޯލްޑްގެ ނަމުގައި ކެމްޕެއިނެއް ފަށާ، އުރީދޫ ބްރޭންޑަށް ބޮޑު ބަދަލެއް

"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2022 | ބުރާސްފަތި 07:28
އުރީދޫގެ އައު ލޯގޯ

އުރީދޫގެ އައު ލޯގޯ

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ އައި.ސީ.ޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމުގައިވާ އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ.

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގައެވެ. އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމަ އަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުންޏެވެ.

Advertisement - newsAdvertisement

އުރީދޫގެ އާ ޓެގްލައިން 'އަޕްގްރޭޑް ޔޯ ވޯލްޑް' އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކާއި ތައާރަފް ކުރާ އައު އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެވެ. އުރީދޫގެ އައު އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުން އަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެކެވެ.

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫ ވިދާޅުވީ މިއީ އެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް ކަމަށެވެ. މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުރީދޫއިން ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އައު މަރުހަލާއެއް ކަމަށެވެ. މިގޮތުން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އުރީދޫގެ ޙިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް ކަމަށާއި، އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އައު ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ ފެށުމުން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު ވަނީ މުއާސަލަތީ ޙިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭންފަށައިފައި ކަމަށް ވިދާޅުވިއެވެ. އުރީދޫގެ އާ ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއި އެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ ކަމަށެވެ.

އަދި މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި  އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި ކުންފުނިން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ހަމާދީ ދެއްވިއެވެ. އަދި، ހުރިހާ ގޮތަކުންވެސް ކަސްޓަމަރުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އުރީދޫއިން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ ކަމަށް ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އުރީދޫ އާއެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެއެވެ.

2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް ގާއިމްވި ހިސާބުން، އެ ކުންފުނި ވަނީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް މެދުކެނޑުމެއްނެތި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް އިންގިލާބީ ބޮޑެތި ބަދަލްތަކެއް ގެނެސްފައެވެ. ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފްކޮށް، ވިޔަފާރިތަކާއި މުޖުތަމަޢުތައް ކުރިއެރުވުމުގައި އިސް ރޯލެއް އަދާކޮށް އަހަރުން އަހަރަށް ބްރޭންޑް ވެލިއު އިތުރުކޮށް، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ވަނީ ބަދަލުވެފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އުރީދޫ މޯލްޑިވްސްއިން ވަނީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައްވަނީ ހުޅުވަލަދީފައެވެ. އުރީދޫގެ ކުރިއަރާފައިވާ ނެޓްވޯކާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ސްމާޓް ސިޓީ، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ.

އުރީދޫ އެޕް މެދުވެރިކޮށް ޙިދުމަތްތައް އެއް ޕްލެޓްފޯމެކުން ފުރިހަމަ ޑިޖިޓަލް މޮބައިލް އެކްސްޕީރިއަންސެއް ފޯރުކޮށްދެއެވެ. އުރީދޫ މޯލްޑިވްސް މޮބައިލް މަނީ ގެ ޚިދުމަތް އެމް-ފައިސާ އަކީ ފައިސާ ދެއްކުމުގައި، ވަކިން ޚާއްސަކޮށް ބޭންކް ޙިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ މުޖުތަމަޢުތަކަށް، ފަސޭހައިން ފައިސާ ދެއްކޭނެ ރައްކާތެރި އަދި ފަސޭހަ ޙިދުމަތެކެވެ. އުރީދޫ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ކައިރި އަދި ދުރުގައިވާ ވިޔަފާރިތަކާ ގުޅުވާލަދެއެވެ.

އަދި ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމެންޓްތައްކޮށްް، ހުނަރުވެރި ޒުވާން ލީޑަރުން ބިނާކޮށް އަންނަން އޮތް ޖީލު ކުރިއެރުވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ޤަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިޚް މުޙައްމަދު ބިން ޢަބްދުالله އަލްޘާނީ ވިދާޅުވީ އުރީދޫ ބްރޭންޑް އަށް މި ގެނެވުނު ބަދަލާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބިޒްނަސް މޮޑެލް އާއި އެންމެ ކުރިއަރާފައިވާ ޓެލްކޯ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ޙިދުމަތްތައް ދާނީ އިތުރަށް ފުޅާވެ ކަސްޓަމަރުންގެ ކުރިއެރުމަށް މަގު ފަހިވާނެ ކަމަށެވެ. އަދި މި ފެނިގެން މިދަނީ، މަސައްކަތާއި ގޭތެރޭގެ ދިރިއުޅުން، ހަލުވި ސްޕީޑެއްގައި ޑިޖިޓަލްވަމުންދާތަން، އިތުބާރުކުރެވޭ މުވާއްސަލާތީ ޕްރޮވައިޑަރެއްގެ މުހިންމުކަން އިތުރުވެގެންދާތަން ކަމަށެވެ. އުރީދޫގެ އާ ބްރޭންޑް ޕޮޒިޝަން ގެ ސަބަބުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ މާކެޓެއްގައިވެސް ކުންފުނީގެ ކަސްޓަމަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ؛ އަދި، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކުގެ ވަރުގަދަ އީކޯސިސްޓަމެއް މެދުވެރިކޮށް ގުޅުވާލަދީ، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ޙިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިންވެސް ދަނީ ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި

20 މާރިޗު 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު