ކ. މާލެ
|
11 އޯގަސްޓް 2022 | ބުރާސްފަތި 11:38
ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީ
ކޯޓުތަކުގެ ފަނޑިޔާރުން
އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނާންނާނެކަން ފަނޑިޔާރުން ކަށަވަރު ކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު
 
ދިވެހިރާއްޖޭގައި އެއާއި ދުރަށް ނުދެވޭނެ އެއް ކަމަކީ އިސްލާމީ ޝަރީއާ
 
ފަނޑިޔާރުންގެ މަސައްކަތަކީ ޤާނޫނުގެ ޙުކޫމާތް ނެގެހެއްޓުން
 
ފަނޑިޔާރުން ވިސްނަވަންޖެހޭ ގިނަ ކަންކަން ހުންނަކަމަށް ވިދާޅުވި

އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނާންނާނެކަން ފަނޑިޔާރުން ކަށަވަރު ކުރަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ޑރ މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހުވާ ކުރުމަކީ ބޮޑު ޒިންމާތަކެއް ކޮނޑުގައި އަޅައި އެކަމަކާއި ޙަވާލުވުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަން ނާންނާނެކަން ފަނޑިޔާރުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ރާއްޖެ ކުރިއަރަމުންދާ ގޮތަށް ބަލާއިރު، ފަނޑިޔާރުން ވިސްނަވަންޖެހޭ ގިނަ ކަންކަން ހުންނަކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަސައްކަތަކީ ޤާނޫނުގެ ޙުކޫމާތް ނެގެހެއްޓުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން އެ ކަމަކީ ވަރަށް ދުރު ވިސްނުން ގެންގުޅުއްވަން ޖެހޭ ކަމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމަށް އަލިއަޅުވާލައްވާ އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޤާނޫނުގެ ޙުކޫމާތް ނެގެހެއްޓުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށެވެ.

ވަރަށް ގިނަ ކުދިންނަށް އެ މައުލޫމާތު އަޅުގަނޑު ވާހަކަ ދައްކާލާއިރު އެނގިފައެއް ނޯވޭ، މިކަން އެބަ ކުރިއަށް ގެންދަންޖެހޭ، އެކަމުގައި އަޅުގަނޑުމެން ފަނޑިޔާރުންނަށްވެސް ލިބޭ ފުރުސަތުތަކުގައި ، އެކަން އެހެން ކުރުން މުހިއްމު ކަމުގައި އަޅުގަނޑު ދެކެން
އުއްތަމަ ފަނޑިޔާރު / ޑރ މުއުތަސިމް އަދުނާން

އޭގެ އިތުރުން، ބައިނަލްއަޤުވާމީ ޤާނޫނުވެސް ޤަބޫލުކުރާ އަދި އެ އުސޫލުތަކާއި ދުރަށް ނުދެވޭނެ ފަދަ އުސޫލުތައް ޤާނޫނީ ނިޒާމުތަކުގައި ހުންނަކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ޤަތުލުއާންމު، އިންސާނީ ޙައްޤުތަކާއި ގުޅުންހުރި ކަންކަން މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި އެއާއި ދުރަށް ނުދެވޭނެ އެއް ކަމަކީ އިސްލާމީ ޝަރީއާ ކަމަށް ވިދާޅުވިއެވެ. އެއީ މި ޤައުމުގައި ރައްޔިތުންގެ މެދުގައި ވެވިފައިވާ އިޖުތިމާއީ އަޤުުދުގެ ދަށުންވެސް އެންމެން ބަލައިގެންފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހުރިހާ ކަންކަމަށް ފުންކޮށް ވިސްނެވުމަށް އެމަނިކުފާނު ވަނީ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން، އިސްލާމީ ރިވެތި އަޙުލާޤު މުޖުތަމައުގެ ތެރޭގައި އަށަގެންނުވޭނެ ހުރިހާ ގޮތަކާއިމެދު ވިސްނަންޖެހޭކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު އިތުރަށް ވިދާޅުވީ، އެކަމަށްޓަަކައި ފަނޑިޔާރުންވެސް ދިރާސާތައް ހައްދަވަން ޖެހޭ ކަމަށެވެ.

މިނިވަން ފަނޑިޔާރުގެއެއް ކަށަވަރު ކުރުމުގައި ވިސްނަންޖެހޭނެ ކަންކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ބައްލަވާ މައްސަލަތަކުގެ ވާޤިއާތަކާއި، ޤާނޫނުތަކަށް ބަލައި މައްސަލަތައް ނިންމަންޖެހޭކަން ފާހަގަ ކުރެއްވިއެވެ.

މިކަންކަމަށް ބައްލަވައި ފަނޑިޔާރުން ޖެެހޭނީ ރަނގަޅަށް ރައުޔު ޤާއިމު ކުރައްވަން
އުއްތަމަ ފަނޑިޔާރު / ޑރ މުއުތަސިމް އަދުނާން

މުސްތަޤުބަލު ބިނާކުރަން ޖެހޭނީ މާޒީއާއި ޙާލުގެ މައްޗަށްކަން ފާހަގަ ކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަދުލުވެރިވުމާއެކު، އިޚްސާންތެރިވެސް ވާން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި
"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"