Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރު: ޙުކުމުގެ ކުރިން ސާފުކުރަން ޖެހޭ ކަމެއް ސާފުކުރުމަށް ބޭއްވި އަޑުއެހުން ދައުލަތުން އެދިގެން ކެންސަލް

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2022 | ބުރާސްފަތި 05:22
ނަދީމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

ނަދީމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، އުމުރުން 23 އަހަރުގެ ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލަ މިހާރު އޮތީ ޙުކުމުގެ މަރުޙަލާގައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމުގެ ކުރިން ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދައުލަތުގެ އެދުމުގެ މަތިންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުޙައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 22 ފެބްރުއަރީ 2022 ގައެވެ. އެ ދުވަހު ދައުލަތުން ވަނީ ދައުވާ ލިބޭ 4 މީހުންގެ މައްޗަށްވެސް އެކުއެކީގައި ޚުލާސާ ބަޔާން އިއްވާފައެވެ. 

ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒްއާއެކު އަލީ ނިފާޒް ކެފޭތެރެއަށް ވަދެފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ނަމަވެސް ނަދީމަށް ޙަމަލާ ދީފައިވަނީ މަފާޒެވެ. އެއަށްފަހު ދެމީހުން އެކުއެކީގައި ކެފޭ ތެރެއިން ނުކުމެގެން ދިޔަކަމަށް ސިއްރު ހެކިވެރިއަކާއި ޙަވާލާދީ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކުރިއެވެ.

ދެން ތިބި މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުން ވަނީ ނަދީމްގެ ބޮލުގެ ވައަތް ފަރާތަށް ތޫނު އެއްޗަކުން ޙަމަލާ ދިނުމުގެ ސަބަބުން ސިކުނޑިއަށް އޭގެ އަސަރު ކޮށްފައިވާކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އޭނާއަށް ދީފައިވަނީ އެފަދަ ޙާލަތެއްގައި ދޭންޖެހޭ ފަރުވާ ކަމަށާއި، އޭނާ މަރުވީ އަނިޔާތަކުގެ ސަބަބުން "ސެރެބްރަލް އެޑީމާ" (ސިކުނޑި ދުޅަވުން) އާއި "ސެރެބްރަލް ހާނިއަރ" (ބޮލުގެ ނާށިގަނޑުގެ ބޭރަށް ސިކުނޑީގެ ބައެއް ނުކުތުން) މެދުވެރިވެގެން ކަމަށް ޑޮކްޓަރުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން 11 ސިއްރު ހެކިވެރިއެއް ހުށައެޅި ނަމަވެސް އެ ހުރިހާ ހެކިންގެ ހެކިބަސް ނެގިފައެއް ނުވެއެވެ.

ދައުލަތުން އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ހެކި ވެރިންނަށް ނުފޫޒު ފޯރުވާ ކަމާއި، އެކަމުގެ އިންޓެލިޖެންސް މައުލޫމާތުވެސް ލިބިފައިވާކަމެވެ. އެގޮތުން މަފާޒް ޙަމަލާ ދިން ތަން ފެނުނުކަމަށް ބުނެ ހެކިބަސް ދިން 2 ސިއްރު ހެކިވެރިއަކުވެސް ފަހުން ވަނީ އެހެން އެމީހުންނަށް ބުނެވުނީ އޮޅުމަކުން ކަމަށް ބަޔާންކޮށް އެއް އިބާރަތްތަކެއް ހިމެނޭ ސިޓީއެއް ކޯޓަށް ހުށައަޅާފައެވެ.

ނަމަވެސް ދައުލަތުން ވަނީ އެއީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ސަބަބުން ފޮނުވާފައިވާ ސިޓީތަކެއްކަމަށްވުން އެކަށީގެންވާކަން ފާހަގަކުރައްވައި، ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި އެއާއި ގުޅުވާލެވޭ ހެކިތަކަށް މި މައްސަލަ ނިންމަވާއިރު ރިއާޔަތް ކޮށްދެއްވުމަށް އެދިލައްވާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު