Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ސެމީ މެޗަކީ ޓަފް މެޗަކަށްވާނެ، ނަމަވެސް ކުޅޭނީ މޮޅުވާން: ޝިއުރީ

މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ސެމީ ފައިނަލެއްގައި ރާއްޖެއިން ވާދަކުރާނެ ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2022 | ބުރާސްފަތި 03:14
ގޭމްސްގައި ޓީޓީ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި ޝިއުރީ

ގޭމްސްގައި ޓީޓީ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި ޝިއުރީ

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ)ގެ އަންހެން ސެމީ ފައިނަލަކީ ޓަފް މެޗަކަށްވާނެ ކަމަށާއި، ނަމަވެސް މުޅި ޓީމު ކުޅޭނީ މޮޅުވާން ކަމަށް ގޭމްސްގައި ޓީޓީ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އިބްރާހިމް ޝިއުރީ ބުނެފިއެވެ.

ރާއްޖެއިން ގޭމްސްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. ރާއްޖެ ހިމެނުނީ ޖިބޫޓީ، ތުރުކީ، ޔޫގާންޑާއާއެކު އެއް ގްރޫޕެއްގައެވެ. މި ގްރޫޕްގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުގައި ޖިބޫޓީގެ މައްޗަށް ކުރި ހޯދީ އެންމެ ސެޓެއް ވެސް ގެއްލުވާނުލައި، ސީދާ ތިން ގޭމުންނެވެ. ދެ ވަނަ މެޗުގައި ވަރުގަދަ ތުރުކީ އަތުން ތިން ގޭމުން ބަލިވި ނަމަވެސް، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖެއިން ސެމީގެ ޖާގައެއް ޔަގީންކުރީ ގްރޫޕްގެ ފަހު މެޗުގައި ޔޫގާންޑާގެ މައްޗަށް ސީދާ ތިން ގޭމުން ކުރި ހޯދައިގެންނެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއެއްގެ ސެމީ ފައިނަލުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ޔޫގާންޑާ މެޗަށްފަހު ވާހަކަ ދައްކަމުން ޝިއުރީ ބުނީ ލިބުނު ކާމިޔާބީއަށް ޝުކުރު ކުރާ ކަމަށެވެ. އަދި ޓީޓީ ޓީމުން އަނެއްކާ ވެސް ތާރީޚުގެ ތެރެއަށް ޖެހިލައިފިކަމަށް ޝިއުރީ ބުންޏެވެ. މީގެ އިތުރުން ޝިއުރީ ބުނީ މި ހޯދައިދެވުނީ ޤައުމަށް ވެސް ރީތި ނަމެެއް ކަމަށާއި، މިހާ ހިސާބުން ނިންމާލަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ސެމީ މެޗުން މޮޅުވެ ފައިނަލާ ހަމައަށް ދިޔުމަށް ޓީމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ސެމީ ފައިނަލް މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝިއުރީ ބުނީ، ގްރޫޕްގެ ދެ ވަނައިގައި ސެމީއަށް ދިޔުމުން، ސެމީގައި ޖެހޭނީ އަނެއް ގްރޫޕްގެ އެއް ވަނަ ޓީމާ ކަމަށެވެ. އޭނާ ބުނީ ސެމީގައި ވާދަކުރަން ޖެހޭނީ ރީޖަންގެ އެންމެ ވަރުގަދަ އެއް ޤައުމާ ކަމަށެވެ. އެހެންކަމުން ސެމީ މެޗަކީ ވަރަށް ޓަފް މެޗަކަށްވާނެ ކަމަށާއި، ނަމަވެސް މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށެވެ.

ޝިއުރީ އިތުރަށް ބުނީ އުންމީދަކީ ވަރަށް ހައިރާންވާ ކަހަލަ ކުޅުމެއް ފެންނާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ތުރުކީގެ ކުޅުންތެރިޔާއާ ދެކޮޅަށް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދެއްކި ކުޅުމަކީ ތަފާތު މޮޅު ކުޅުމެއް ކަަމަށާއި، އެއީ އެއްވެސް މީހަކު އުންމީދު ކުރި ވަރުގެ ކުޅުމެއް ނޫން ކަމަށެވެ. އިތުރަށް އޭނާ ބުނީ ސެމީ މެޗުގައި ވެސް އެފަދަ މޮޅު ކުޅުމެއް ކުޅެގެން މެޗު ކާމިޔާބު ކުރެވިދާނެ ކަމަށާއި، އެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ފިިރިހެން ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝިއުރީ ބުނީ ޓީމުން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، ޓީމާމެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. ހުރިހާ ކުޅުންތެރިންގެ އިތުރުން ޚާއްސަކޮށް އިސްމާއިލް ޝައްފާންގެ ކުޅުން އޭނާ ފާހަގަ ކުރިއެވެ. ޝިއުރީ ބުނީ މިއަހަރުގެ މުބާރާތުގައި ޝައްފާން މޮޅު ކުޅުމެއް ދެއްކި ކަމަށާއި، އެ ކުޅުމަށް ކްރެޑިޓް ހައްގު ކަމަށެވެ. މީގެ އިތުރުން ޑަބަލްސްގައި ރާއްޖޭގެ މޫސާ މުންސިފާއި ޝައްފާން ދެއްކި ކުޅުން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝިއުރީ ބުނީ ބަންގްލަދޭޝް އިން ވެސް ތިބީ ރާއްޖެއާ ދެކޮޅަށް ކުޅެގެން ވަރަށް ފަސޭހައިން މޮޅުވާނެ ކަމަށް ޤަބޫލުކޮށްގެން ކަމަށެވެ. ނަމަވެސް މެޗުގައި ރާއްޖެއިން ދެއްކީ ވަރަށް ހައިރާންވާ ކަހަލަ ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ފިރިހެން ޓީމު ބަލިވީ އާދައިގެ ގޮތަކަށޭ ނުބުނެވޭނެ ކަމަށާއި، ޓަފް މެޗެއްގައި ރަނގަޅު ފައިޓެއް ދިން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

23 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު