Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހީޓް ވޭވް

ހޫނުގަދަ ވާނެކަމަށް ލަފާކޮށް އިންގްލަންޑް އަދި ވޭލްސްއަށް އެމްބަރ އެލަރޓް ނެރެފި

10 އޯގަސްޓު 2022 | ބުދަ 07:05

ކުރިޔަށް އޮތް ދެތިން ދުވަހު އިންގްލަންޑް އަދި ވޭލްސްގެ ހޫނުމިން 36 ޑިގްރީއަށް އަރާނެ ކަމަށް ވަނީ ބެލެވިފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 އޯގަސްޓު 2022 | ބުދަ 07:05
ހީޓް ވޭވް އިން ސަލާމަތްވުމަށް މީހަކު ގަހެއްގެ ދަށުގައި އިށީދެލައިގެން

ހީޓް ވޭވް އިން ސަލާމަތްވުމަށް މީހަކު ގަހެއްގެ ދަށުގައި އިށީދެލައިގެން

އިނގިރޭސި ވިލާތުގެ މޫސުމާބެހޭ އިދާރާއިން އިންގްލަންޑް އަދި ވޭލްސްގެ ބައެއް ހިސާބުތަކަށް ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ހޫނުގަދަ ވާނެ ކަމަށް ލަފާކޮށް "އެމްބަރ އެލަރޓް" ނެރެފިއެވެ. އެންމެ ހޫނުގަދަވާނެ ކަމަށްބަލާ ނެރެނީ ރަތް އެލަރޓް ކަމަށްވާއިރު އެމްބަރ އެލަރޓްއަކީ ދެވަނަޔަށް އެންމެ ސީރިއަސް އެލަރޓްއެވެ.

މީގެ ދުވަސް ކޮޅެއް ކުރިންވެސް އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ ބައެއްހިސާބުތަކުގެ ގަސްކަރައިގައި ރޯވެ ބައެއް މަގުތަކުން ވެހިކަލް ނުދުއްވޭވަރަށް ގޮސްފައިވެއެވެ.

އެގައުމުގެ މޫސުމާބެހޭ އިދާރާއިން އަންގާރަ ދުވަހު އިއުލާނުކޮށްފައިވާ ގޮތުގައި އެމްބަރ އެލަރޓް ހިންގަން ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހަށެވެ. އަދި ގަދަ ހޫނު ތަހައްމަލް ނުކުރެވޭ މީހުން މި ދުވަސްތަކުގައި މިކަމަށް ސަމާލު ވުމަށާއި ނޫންނަމަ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެޤައުމުގެ މެޓް އޮފީހުން ބުނެފައިވެއެވެ.

އިންގްލަންޑް އަދި ވޭލްސްގައި އާންމުކޮން އެންމެ ހޫނު މިން މައްޗަށް ދަނީ 21 ޑިގްރީ ސެލްސިއަސް އަށް ކަމަށްވާއިރު އެމްބަރ އެލަރޓް ނެރުނު ސަރަހައްދުތަކުގައި ހުކުރު ހޮނިހިރު ދެދުވަހު ހޫނުމިން 36 ޑިގްރީ އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންގްލަންޑްއަށް ވަނީ 1935 ގެ ފަހުން އައި އެންމެ ހޫނުގަދަ ދުވަސްތައް ތަޖްރިބާ ކުރަން ޖެހިފައެވެ. ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ކަނޑާލަން ޖެހި ބައެއް އެއާޕޯޓްތަކުގެ ރަންވޭގެ ޓާމެކް އަދި ރޭލު ޓްރެކްތައް ވިރުން ފަދަ ކަންކަން ކުރިމަތިވެފައި ވެއެވެ.

ވާރޭވެހުންދުރުވެ ކޯރުތަކުގެ ފެންގަނޑު ހިންދެމުން ދާތީ ބްރިޓްންގެ އެންމެ ބޮޑު ފެންކުންފުނި ތޭމްސް ވޯޓަރ އިން ދަނީ ފެން ބޭނުން ކުރުމަށް ހުދޫދެއް ކަނޑައަޅަންވެސް ތައްޔާރުވަމުންނެވެ.

ޔޫރަޕްގެ އެހެން ބައެއް ގައުމުތަކަށް ވެސް ޖުލައި މަހު ވަރަށް ވެސް ހޫނު ގަދަވެގެން ގޮސްފައިވާއިރު ބައެއް ހިސާބުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަށް އަށް ވެސް އަރާފައިވެއެވެ. މިއީ ޔޫރަޕްގެ ގައުމެއްގައި ދުވަހަކުވެސް ހޫނުމިން މައްޗަށް ދާވަރެއް ނޫނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2019

ރޫހަނީ އާއި ބައްދަލުކުރައްވާނެކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

17 ސެޕްޓެމްބަރު 2019
ރޫހަނީ އާއި ބައްދަލުކުރައްވާނެކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ
19 ޖުލައި 2019

މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު

19 ޖުލައި 2019
މުޅި ދުނިޔެއަށްވެސް އައި އެންމެ ހޫނުގަދަ ޖޫން މަސް އައީ މިއަހަރު
22 ޖޫން 2019

ފަހު ވަގުތު އިރާނަށް ހަމަލާނުދޭން ނިންމީ 150 މީހުން މަރުވާނެކަމަށް ބުނުމުން: ޓްރަމްޕް

22 ޖޫން 2019
ފަހު ވަގުތު އިރާނަށް ހަމަލާނުދޭން ނިންމީ 150 މީހުން މަރުވާނެކަމަށް ބުނުމުން: ޓްރަމްޕް
19 މާރިޗު 2019

ތޫފާންގެ އިޑާއީގެ ސަބަބުން ޒިމްބާބުވޭގައި މަރުވި މީހުންގެ އަދަދު 1000 އަރާނެ ކަމަށް ލަފާކޮށްފި

19 މާރިޗު 2019
ތޫފާންގެ އިޑާއީގެ ސަބަބުން ޒިމްބާބުވޭގައި މަރުވި މީހުންގެ އަދަދު 1000 އަރާނެ ކަމަށް ލަފާކޮށްފި
09 ޑިސެމްބަރު 2018

އަހަރު ނިމުމުން ޗީފް އޮފް ސްޓާފް މަގާމުން ވަކިވާނެކަމަށް ޓްރަމްޕް އިއުލާނުކުރައްވައިފި

09 ޑިސެމްބަރު 2018
އަހަރު ނިމުމުން ޗީފް އޮފް ސްޓާފް މަގާމުން ވަކިވާނެކަމަށް ޓްރަމްޕް އިއުލާނުކުރައްވައިފި
25 ޖުލައި 2018

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން: މަރުވި މީހުންގެ އަދަދު 80 އަށް އަރައިިފި

25 ޖުލައި 2018
ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން: މަރުވި މީހުންގެ އަދަދު 80 އަށް އަރައިިފި
24 ޖުލައި 2018

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ކާރިސާއެއް ކަމަށް ކަނޑައަޅައިިފި

24 ޖުލައި 2018
ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ކާރިސާއެއް ކަމަށް ކަނޑައަޅައިިފި
10 ޖުލައި 2018

ޑިމޮކްރަސީ ހަރުދަނާކުރައްވައި، ހައްޤުތައް ކަށަވަރު ކޮށްދެއްވާނެކަމަށް އޮރްދޮޣާން ވައުދުވެވަޑައިގެންފި

10 ޖުލައި 2018
ޑިމޮކްރަސީ ހަރުދަނާކުރައްވައި، ހައްޤުތައް ކަށަވަރު ކޮށްދެއްވާނެކަމަށް އޮރްދޮޣާން ވައުދުވެވަޑައިގެންފި
24 އެޕްރީލު 2018

އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި

24 އެޕްރީލު 2018
އީރާނަށް ބޮޑު ކަންތައް ގަނޑެއް ކުރިމަތިވާނެކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރުދެއްވައިފި
04 ސެޕްޓެމްބަރު 2017

ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ

04 ސެޕްޓެމްބަރު 2017
ބުއްޓޫ އަވަހާރަކޮށްލި މައްސަލަ: ދައުވާއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެކަމަށް މުޝައްރަފް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް