Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން: މަރުވި މީހުންގެ އަދަދު 80 އަށް އަރައިިފި

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުން ވަނީ ގުދުރަތީ ކާރިސާއެއް ކަމަށް ކަނޑައަޅަފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ޖުލައި 2018 | ބުދަ 16:28
ޖަޕާނުގެ މަގެއްގައި ބަޔަކު ހިނގާފައ ދަނީ

ޖަޕާނުގެ މަގެއްގައި ބަޔަކު ހިނގާފައ ދަނީ

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޖަޕާނުގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު، އޮފިޝަލުން އިލްތިމާސް ކުރަމުން ގެންދަނީ ވީހާވެސް ބޮޑަށް ބޭރުތެރެއަށް އާންމުން ނުނިކުތުމަށެވެ.

ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 80 އަށް އަރާފައިވާއިރު އެ ކާރިސާއަކީ ގައުމަށް ދިމާވެފައިވާ ގުދުރަތީ ކާރިސާއެއް ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑައަޅާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން 22،000 މީހަކު ވަނީ ހޫނުގަދަވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ޖަޕާނުގައި އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ކާރިސާ ކުރިމަތިވެފައިވާއިރު، އެ ކާރިސާ އަށް ނިމުމެއް އަވަހަށް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ފޯކާސްޓަރުން ބުނެއެވެ.

ޖަޕާނުގައި މިހާރު އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާއިރު، ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުން ގެއްލިފައިވާތާ އަދި މަހެއްހާ ދުވަސް ވެސް ނުވެއެވެ.

ޖަޕާނުގެ ރައްޔިތުން ވީހާ ވެސް ގިނައިން ފެންބޮއެ، އެއާ ކޮންޑިޝަން ބޭނުންކޮށް، އަދި ގިނަ ވަގުތު އަރާމުކުރުމަށް އޮފިޝަލުން ދަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އުސޫލުތަކާ ޚިލާފަށް

02 މެއި 2017
ޑުޓާޓެއަށް ޓްރަމްޕް ދައުވަތު ދެއްވީ އުސޫލުތަކާ ޚިލާފަށް
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު