Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ބޭރު ޤައުމުތަކުން ދޭ ސްކޮލަރޝިޕްތައް

ވޭތުވެދިޔަ 4 އަހަރު ތެރޭގައި އިއުލާންކޮށްގެން ބަލަހައްޓަން އުނދަގޫވާހާ ގިނަ ސްކޮލަރޝިޕް ލިބުނު: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މި އޮގަސްޓް މަހު ގިނަ އަދަދެއްގެ ސްކޮލަރޝިޕްތަކަށް ހުޅުވާލާނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2022 | ބުދަ 03:18
ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން

ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ރާއްޖެއަށް ގިނަ އަދަދެއްްގެ ސްކޮަލަރޝިޕް ލިބިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ރާއްޖެ ޓީވީ"ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ އައިމިނަތު އަސްރާ ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ހޯދައިދިނުމަށް ފާއިތުވި 4 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަތީޖާއަކީ ގިނަ އަދަދެއްގެ ސްކޮލަރޝިޕްތައް ލިބުން ކަމަށާއި އެގޮތުން، އިއުލާންކޮށް، ބަލަހައްޓަން އުނދަގޫވާވަރަށް ސްކޮަލަރޝިޕްތައް ރާއްޖެއަށް ލިބިފައިވާ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްރާ ވިދާޅުވީ މިހާރު ވެސް ގިނަ އަދަދެއްގެ ސްކޮލަރޝިޕްތަކަށް އިއުލާން ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ގިނަ އަދަދެއްގެ ސްކޮލަރޝިޕްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މީގެ ތެރޭގައި ދިވެހިން ކިޔަވަން ބޭނުންވާ ދާއިރާތަކާއި ރާއްޖެއަށް ބޭނުންވާ މުހިންމު ދާއިރާތަކުގެ ފުރުސަތު ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ތެރަޕިއުޓިކް ދާއިރާ ހިމެނޭކަމަށާއި ވަރަށް އަވަހަށް އެ ދާއިރާގެ 10 ސްކޮލަރޝިޕަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ދޭ ފުލީ ފަންޑެޑް ސްކޮަލަރޝިޕްތަކެކެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ތިއްބަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލްތަކުގެ ފަރާތުން އެ ކޮންސުލްތައް ތިއްބަވާ ޤައުމުތަކުގައި ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ. މި ސްކޮލަރޝިޕްތައް ސްޕޮންސަރ ކުރަނީ އެ ކޮންސުލްތަކުން އަމިއްލައަށް ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުން ސްކޮލަރޝިޕް ހޯދުމުގައި ރާއްޖޭގައި ކިޔެވެން ނެތް ދާއިރާތަކާއި ރާއްޖޭގައި ކިޔެވޭ ދާއިރާތަކުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ކޯސްތަކަށް ހާއްސަ އިސްކަމެއް ދޭކަން އަސްރާ ފާހަގަ ކުރެއްވިއެވެ. އެގޮތުން، ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތައް ހުރި ދާއިރާތަކުގެ ތެރެއިން ފުރުސަތު ހޯދަނީ ބެޗްލަރސް ޑިގްރީއަށްވުރެ މަތީގެ ފުރުސަތުކަން އޭނާ ފަހަގަ ކުރެއްވިއެވެ.

އަސްރާ ވިދާޅުވި ގޮތުގައި މަތީ ފެންވަރުގެ ކޯސްތަކުން ފުރުސަތު ހޯދަނީ ރާއްޖޭގައި ތަމްރީން ލިބޭ ކޯސްތަކުގެ ބެޗްލަރސް ޑިގްރީ ރާއްޖޭގައި ތިބެގެން ހިލޭ ހެދުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް މިހާރު ލިބޭތީއެވެ.

ރާއްޖޭން ސްކޮލަރޝިޕްތަކުގައި ބޭރު ޤައުމުތަކުގައި ކިޔަވާ ކުދިން ބޭނުންވާ ކޮންމެ ކަމެއްގައި ހަޔަރ އެޑިއުކޭޝަންގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވައި އަސްރާ ވިދާޅުވީ ބައެއް ހާއްސަ ހަލާތަތްތަކުގައި އަމިއްލަ ޚަރަދުގައި ބޭރު ޤައުމުތަކުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ވެސް އެ މިނިސްޓްރީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު