Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސްލިޑާރިޓީ ގޭމްސް

ކުލަގަދަ ރަސްމިއްޔާތަކާއެކު ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރަސްމީކޮށް ފަށައިފި

ރާއްޖެއިން ބައިވެރިވެފައިވަނީ ޓީޓީ، ފެތުން، އެތުލެޓިކްސް އަދި ބާސްކެޓުބޯޅައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2022 | ބުދަ 03:02
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ހިމްނާ އަދި ވިލްދާން ދިވެހި ދިދަ އުފުލާލަނީ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ހިމްނާ އަދި ވިލްދާން ދިވެހި ދިދަ އުފުލާލަނީ

ކުލަ ގަދަ ރަސްމިއްޔާތަކާއެކު ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރަސްމީކޮށް ފަށައިފިއެވެ.

ތުރުކީވިލާތުގެ ކޮންޏާގައި ކުރިއަށްދާ މި ގޭމްސް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭއެވެ. މި ރަސްމިއްޔާތުގައި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމަނިކުފާނުގެ އިތުރުން އިސްލާމިކް ސޮލިޑާރިޓީ ފެޑެރޭޝަންގެ ރައީސް ޢަބްދުލް ޢަޒީޒް ބިން ތުރްކީ ފައިސަލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ސޮލިޑާރިޓީ ފެޑެރޭޝަންގެ ރައީސް ވަނީ އިސްލާމްދީނުގައި ކުޅިވަރުގެ ގޮތުގައި ފެތުމާއި، ޝޫޓް ކުރުމުގެ އިތުރުން އަސް ދުއްވުމަށް އެންމެ ކުރީއްސުރެ މުސްލިމުންނަށް ބާރުއަޅާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކިންގް ސަލްމާން ބިން އަބްދުލް އަޒީޒް އަލްސައުދާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް އަލްސައުދު އެ ފެޑެރޭޝަނަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަަދާ ކުރައްވާފައެވެ.

ތުރުކީގެ ކޮންޏާގައި ގޭމްސް ބާއްވައި، އިންތިޒާމުތައް ރާވާފައިވާލެއް ފުރިހަމަކަން ފާހަގަކޮށް އޭޭނާ ވަނީ ތުރުކީގެ ރައީސް އުރުދުޣާން އާއި ތުރުކީގެ އެންމެހާ ރައްޔިތުންނަށް ވެސް ޝުކުރު އަދާކޮށްފައެެވެ. އޭނާ ވަނީ ގޭމްސްގައި ބައިވެރިވި އެންމެގައި އެތުލީޓުންނަށް ފުރިހަމަ ކާމިޔާބަކަށް ވެސް އެދިވަޑައިގެންފައެވެ.

ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ދިވެހި ދިދަ އުފުލާލާފައެވެ. ދިވެހި ދިދަ އުފުލައިދިނީ ރާއްޖޭގައި ހުރި އަންހެން އެންމެ ބާރު ދުވުންތެރިޔާ ހިމްނާ ހަސަން އާއި ގައުމީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ވިލްދާންއެވެ.

މިއަހަރުގެ ގޭމްސްގައި 54 ޤައުމަކުން 4،200 އެތުލީޓުން ވާދަކުރާނެއެވެ. ގޭމްސްގައި ދިވެހިރާއްޖެއިން ވަނީ ހަތަރު ކުޅިވަރެއްގައި ބައިވެރިވެފައެވެ. އެއީ ޓޭބަލް ޓެނިސް (ޓީޓީ)، ފެތުން، އެތުލެޓިކްސް އަދި ބާސްކެޓުބޯޅައެވެ. ރާއްޖެއިން ޖުމުލަ 51 އޮފިޝަލުންނާއި އެތުލީޓުން ބައިވެރިވާނެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި

26 މާރިޗު 2017
ފަސް ކުޅުންތެރިޔަކު ބާކީކޮށް ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލައިފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
19 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

19 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް
19 މާރިޗު 2017

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު