Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަ

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މިނިސްޓަރަކު ނުހިމެނޭ: ސީޕީ

9 އޯގަސްޓު 2022 | އަންގާރަ 13:00

މި މައްސަލައިގައި ހިމެނެނީ 38 މީހުން ކަމަށް ސީޕީ އާއި ހަވާލާދީ ވަނީ ރިޕޯޓް ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އޯގަސްޓު 2022 | އަންގާރަ 13:00
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރް އާއިއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުހިމެނޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސީޕީ މިހެން ވިދާޅުވީ އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރާތީއެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސީޕީ ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

Advertisement - newsAdvertisement

އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ މައްސަލައިގައި ހިމެނޭ މީހުންގެ ނަންބަރުތައް ކަމަށް ބުނެ ލިސްޓެއް ވަނީ ސޯޝަލް މީޑިއާގައި އާއްމު ކޮށްފައެވެ. އެ ލިސްޓުގައި ހަޔަރ އެޑިއުކެޝަން މިނިސްޓަރުގެ ނަން ވެސް ވަނީ ހިމަނާފައެވެ. ނަމަވެސް އެއީ ސައްޙަ ލިސްޓެއް ނޫން ކަމަށް ސީޕީ ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

ރާއްޖޭނެ ނޫހެއް ކަމަށްވާ "އަވަސް" އޮންލައިންގައި ސީޕީއާއި ހަވާލާދީ ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި 250 އަށްވުރެ ގިނަ މީހުން ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މި މައްސަލައިގައި ހިމެނެނީ 38 މީހުން ކަމަށް ސީޕީ ވިދާޅުވިކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެެވެ.

އެމްޑީ އަލަމްގީރް އާއިއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ކުރަމުން އަންނަ ތަހުގީގުތަކުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 4 މީހުންނެވެ. އެއީ އަލަމްގީރް އާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުއެވެ.

މި މައްސަލައިގައި ނާޒިމް ސައްތާރު އާއި މުހައްމަދު ނަޝީދު އާއި އަބްދުއްރަހުމާން ރަފީގުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ މިހާރު ހުށައަޅާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ 18 މީހެއްގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފައެވެ.

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު އަލަމްގީރު ހައްޔަރު ކޮށްފައިވާއިރު އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސިޔާސީ ވޭފުޅުންނާއި ވިޔަފާރިވެރިންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންވެސް ހިމެނެއެވެ. މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވަމުން އަންނަައިރު އެ މަންޒަރުތައް ވީޑިއޯކޮށް ފޮޓޯނަގައި ބްލެކްމެއިލް ކުރި މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް