Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ކޮވިޑް-19 ޖެހިގެން އެޑްމިޓްކުރާ މިންވަރު ދަށަށް

ޖުލައި 31ން އޮގަސްޓް 6ށް މުޅި ރާއްޖެއިން ކޮވިޑް-19 ޖެހިފައިވަނީ 106 މީހުންނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޯގަސްޓު 2022 | ހޯމަ 13:26
ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑަށް ޓެސްޓުކުރުން

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ދަށަށް ގޮސްފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 31ން އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ 5 މީހުންނަށެވެ. އޭގެކުރީ ހަފުތާގައި އެއަދަދު ހުރީ 14ގައެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ދަށަށްގޮސްފައިވާއިރު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުވެސް ވަނީ ދަށަށްގޮސްފައެވެ.

Advertisement - newsAdvertisement

އެގޮތުން ޖުލައި 31ން އޮގަސްޓް 6ށް މުޅި ރާއްޖެއިން ކޮވިޑް-19 ޖެހިފައިވަނީ 106 މީހުންނަށެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 38 މީހުންނާއި އެހެނިހެން ހިސާބުތަކުން 44 މީހުންނެވެ.

ޖުލައި 24ން 30ށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 183 މީހުންނެވެ. ޖުލައި 17ން 23ށް 394 މީހުން ޕޮޒިޓިވްވެފައިވެއެވެ. ޖުލައި 10ން 16ށް 417 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ޖޫން މަސް ނިމެމުން ދަނިކޮށް، ހަފުތާއެއްގެތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1000ން މައްޗަށްވެސް ގޮސްފައިވެއެވެ. ނަމަވެސް އޭގެފަހުން ކޭސްތައް އަންނަނީ މަދުވަމުންނެވެ. އެގޮތުން ޖޫން 19ން 25ށް 1202 މީހުން ޕޮޒިޓިވްވިއިރު، ޖޫން 25ން ޖުލައި 2ށް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 1134 މީހުންނެވެ. ޖުލައި 3ން ޖުލައި 9ށް 771 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 184،591 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އަދި 307 މީހުން ވަނީ މިބަލީގައި މިހާތަނަށް ނިޔާވެފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މިހާރު 32 މީހަކު ވަނީ އެޑްމިޓްކޮށްފައި

21 މާރިޗު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން މިހާރު 32 މީހަކު ވަނީ އެޑްމިޓްކޮށްފައި
20 މާރިޗު 2017

އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ

20 މާރިޗު 2017
އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
08 މާރިޗު 2017

މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރަނީ ވަކި އަތަކަށް ޖެހިގެން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު