Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާ ޗައިނާ ބޯޑަރު

އިންޑިޔާ ޗައިނާ ބޯޑަރު ކައިރީ ބާއްވާ މިލިޓަރީ ތަމްރީންތަކެއްގައި އެމެރިކާ ސިފައިން ބައިވެރިވަނީ

8 އޯގަސްޓު 2022 | ހޯމަ 10:03

މި ތަމްރީންތައް އޮންނާނީ އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބުގައި އުއްތަރަޚާންދުގެ، 10 ހާހެއްހާ ފޫޓު އުސް ހިސާބެއްގަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 އޯގަސްޓު 2022 | ހޯމަ 10:03
މިލިޓަރީ ޓްރެއިނިން

މިލިޓަރީ ޓްރެއިނިން

އިންޑިޔާ ޗައިނާ ގުޅޭ ސަރަހައްދީ އިމާ ސަތޭކަ ކިލޯމީޓަރަށްވުރެވެސް ކައިރީގައި ބާއްވަން ތައްޔާރުވަމުންދާ ޖޮއިންޓް މިލިޓަރީ ތަމްރީނުތަކެއްގައި އެމެރިކާ ސިފައިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފަރުބަދަތައް ފަދަ އުސް ހިސާބުތަކުގައި ހަނގުރާމައިގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ތަމްރީނު ދިނުމަށް ބާއްވާ މިލިޓަރީ ޑްރިލްތައް އޮންނާނީ އޮކްޓޯބަރުމަހުގެ މެދެއްހާ ހިސާބުގައި އުއްތަރަޚާންދުގެ، 10 ހާހެއްހާ ފޫޓު އުސް ހިސާބެއްގައެވެ. ތަމްރީންތައް ބާއްވާ އުއްތަރަކާންދުގެ އައުލީއަކީ އިންޑިޔާ އާއި ޗައިނާ ވަކިކުރާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯ އާއި 95 ކިލޯމީޓަރެއްހާ ދުރުގައިވާ ތަނެކެވެ. ތަމްރީންތައް ކުރިޔަށް ދާނީ "ވޯ ޕްރެކްޓިސް" ނުވަތަ ހަގުރާމަޔަށް ފަރިތަކުރުން މިނަމުގައި ހިންގާ ޖޮއިންޓު ތަމްރީނުތަކެއްގެ 18 ވަނަ އެޑިޝަންގެ ގޮތުގައެވެ.

އިންޑިޔާ އާއި ޗައިނާގެ ސިފައިން ހިމާލިޔާ ފަރުބަދަ މަތީގެ ސަރަހައްދެއްގައި 2020 ވަނަ އަހަރުގެ ޖޫން މަހު ހަމަލާތަކެއް ބަދަލު ކުރި ފަހުން ދެގައުމު ދެމެދު ގުޅުންތައް ވަނީ ގޯސް ވެފައެވެ. އެފަހަރުގެ ހަމަލާތަކުގައި އިންޑިޔާގެ ވިހި ސިފައިން އަދި ޗައިނާގެ ހަތަރު ސިފައިން މަރުވެފައި ވެއެވެ. ބޯޑަރާ ޖެހިގެން އޮންނަ ޕަންގޮންގ ސާއޯ ލޭކް ހުރަސްކޮށް ޗައިނާއިން ދާދި ފަހުން ބްރިޖް އެއް އެޅުމާއި ގުޅިގެން ދެގައުމު ދެމެދު ގުޅުންތައް ވަނީ އިތުރަށް ގޯސް ވެގެން ގޮސްފައެވެ. އިންޑިޔާއިން ބުނަނީ ޗައިނާއިން އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާ އެއީ ގާނޫނުތަކާ ޚިލާފަށްކޮށްފައިވާ ކަމެއް ކަމުގައެވެ.

ދެބަސްވުން އުފެދިފައިވާ އިމާ އެހާގާތުގައި ޗައިނާއިން މިލިޓަރީ ގޮތުން "ހަންފަތުރަމުން" ގެންދާތީ އެމެރިކާގެ އާމީ ޕެސިފިކް ކޮމާންޑިންގ ޖެނެރަލް ޗާލްސް ފްލިން ވެސް ވަނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާ އާއި ގުޅިގެން ތަމްރީންތައް ހިންގަނީ ކީއްވެތޯ ސުވާލު ކުރެވުމުން ފްލިން ވިދާޅުވީ އެއީ މިނިވަން އިންޑޯ ޕެސިފިކް ރީޖަނެއްކަން ޔަގީން ކުރުމަށްޓަކައި އެންމެ މުހިންމު އެއް ތަމްރީންތައް ކަމުގައެވެ.

އިންޑިޔާ ޗައިނާ ލައިން އޮފް ކޮންޓްރޯލް އަކީ 1962 ވަނަ އަހަރު އެދެގައުމު ދެމެދު ބޯޑަރުގެ މައްސަލައިގައި ކުރެވުނު ހަނގުރާމަޔަށް ފަހު ކަނޑައެޅުނު ސަރަހައްދެކެވެ. ނަމަވެސް އުސް ހިސާބުތަކުގައި އަދިވެސް ދެގައުމު ވަކިވާ ރޮނގެއް ކަނޑައެޅިފައި ނުވާކަމަށް ވެއެވެ.

މިވަގުތު އިންޑިޔާ އާއި ޗައިނާއާ ދެމެދު ހަގުރާމައެއް ފެށިއްޖެނަމަ ހާލަތު ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ބެލެވެއެވެ. އެހެނީ ދެގައުމުގަވެސް ނިއުކްލިއަރ ހަތިޔާރު ހުރީތީއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް