Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން

އިގްތިސާދީ އަދި އިޖުތިމާއީ ނުފޫޒުތަކަކީ ރާއްޖެ އަށް އޮތް ނުރައްކަލެއް: ޑޭވިޑް

ރާއްޖެ ފަދަ ކުޑަ ގައުމުތަކުން އިގްތިސާދީ މުއާމަލާތް ކުރާ އިރު ވިސްނަން ޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އޯގަސްޓު 2022 | އާދީއްތަ 12:46
ޑރ.ޑޭވިޓް ބްރިއުސްޓަރ ފޯރަމްގައި ވާހަކަދައްކަވަނީ

ޑރ.ޑޭވިޓް ބްރިއުސްޓަރ ފޯރަމްގައި ވާހަކަދައްކަވަނީ

އިގްތިސާދީ އަދި އިޖުތިމާއީ ނުފޫޒުތަކަކީ ރާއްޖެ އަށް އޮތް ނުރައްކަލެއް ކަމަށް ގައުމުތަކުގެ ސަލާމާަތާއި ރައްކާތެރިކަމަށް ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ގިނަ ދިރާސާތަކެއް ކުރައްވާފައިވާ ޑރ.ޑޭވިޑް ބްރިއުސްޓަރ ވިދާޅުވެއްޖެއެވެ.

ޑރ.ޑޭވިޑް މިފަދައިން ވިދާޅުވީ ޑިފެންސް މިނިސްޓްރީން ހުށަހަޅާ "ނޭޭޝަނަލް މެރިޓައިމް ސެކިޔުރިޓީ ސްޓްރެޓެޖީ" އާއި "ޑިފެންސް ވައިޓް ޕޭޕަރ" އާއި ބެހޭ ގޮތުން ސްޓޭކް ހޯލްޑަރުންނަށް ބޭއްވި ޑިސްކަޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ދިރާސާތައް އެކުލަވާލުމުގައި ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ޑރ.ޑޭވިޑް އަކީ އޮސްޓްރޭލިއާ ގެ ގައުމީ ޔުނިވަރސިޓީގެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ގުޅޭ ގޮތުން ގިނަ ދިރާސާތަކެއް އޭނާ ވަނީ ކުރައްވާފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ފޯރަމްގައި ވާހަކަދައްކަވަމުން ޑޭވިޑް ވަނީ ރާއްޖެ ފަދަ ކުޑަ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތަފްސީލަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިގްތިސާދީ ގޮތުން ވަކި ޤައުމަކަށް މާބޮޑަށް ބަރޯސާވުމާއި، މޫސުމީ ހިރާސްތަކުގެ އަސަރު ރާއްޖެ ފަދަ ޤައުމުތަކުގެ ސަލާމަތަށް ވަރަށް ބޮޑަށް ކުރާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ދުރު މުސްތަގުބަލުގައި ގައުމުތަކުގެ ސިޔާދަތަަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓްރީން އެކުލަވާލާފައިވާ "ނޭޝަނަލް މެރިޓައިމް ސެކިއުރިޓީ ސްޓްރެޓެޖީ" އާއި "ޑިފެންސް ވައިޓް ޕޭޕަރ" އާއި ބެހޭ ގޮތުން ސްޓޭކްހޯލްޑަރުންނަށް ހުށަހަޅާފައިވާ ސިޔާސަތުތަކަކީ، ދިވެހިރާއްޖޭގެ ދިފާޢުއާއި، ދިވެހިރާއްޖޭގެ މެރިޓައިމް ޑޮމެއިންގެ ސަލާމަތަށްޓަކައި ސަރުކާރު އެކަށައަޅާފައިވާ ވިޝަންގެ ބިންގަލުގެ ގޮތުގައި އެކުލަވާލާ ލިޔުންތަކެކެވެ.

އެ ފޯރަމް ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. އަދި، ފޯރަމްގެ މެހުމާނުންގެ ގޮތުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިޓައިމް ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ޙުސައިން ރަޝީދު ޙަސަން އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އަދި ސްޓޭޓް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، ޑރ. ޢަބްދުﷲ ނަޝީރު ބައިވެރިވެ ވަޑައިގެން، ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު