Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

މިނޫން ގޮތެއް ނެތީ ހެއްޔެވެ؟

ބޯހިޔާވަހިކަމުގެ ވާހަކަ އާއެކު މާލެ އާއި ރަށްރަށުގެ ފަރަގުގެ ވާހަކަތަކުގެ އަޑުގަދަވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 20:21
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

ބޯހިޔާވަހިކަމަކީ ކޮންމެ އިންސާނެއްގެވެސް އަސާސީ ހައްގެކެވެ. އަސާސީ މިހައްގު ބައެއް މީހުންނަށް ލިބެނީ ކިރިޔަ ކިރިޔާއެވެ. އަނެއްބަޔަކަށް އެވަރުވެސް ނުވެއެވެ. ދެން އުޅެނީ މިހައްގު، ހައްގު މިންވަރަށްވުރެންވެސް މަތިން ލިބޭ މީހުންނެވެ. މިއީ މުޖުތަމައުގެ ތެރޭގައި ހުރިހާ ކަމެއްގައިވެސް ކަން ހުރި ގޮތެވެ. މުޖުތަމައު ބިނާވެގެންވަނީ ފަގީރުންނާއި މެދު މިނުގެ އާމްދަނީ ލިބޭ މީހުންނާއި މުއްސަނދިންގެ މެދުގައެވެ. މީގެތެރެއިން ފަގީރުންނާއި މުއްސަނދިންގެ ފަރަގު އިންތިހާއަށް ބޮޑުވާނަމަ މުޖުތަމައުގެ އަމަންކަމާއި ހަމަހަމަ ކަމާއި މިނޫންވެސް އެތައް ކަމަކަށް ބޮޑެތި ލޮޅުންތައް އަރައެވެ. އެހެންކަމުން ސިޔާސަތުތައް ރާވާ ތަންފީޒުކުރަންޖެހެނީ އެފަރަގު ވީހާވެސް ކުޑަވާގޮތަށެވެ.

ނަމަވެސް ކަންކަން ވަނީ އެހެން ނޫނެވެ. އެއީ ދުނިޔޭގެ އާދައޭ ބުނެ ނިންމާލެވޭކަށްނެތެވެ. އެއީ އެކަމުގެ ސަބަބުން މުޖުތަމައުން ފެންނަ ނާއިންސާފުގެ ބާގަނޑު ބޮޑުވަމުންދާތީއެވެ. އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާތައް ހިތިވެފައި އަސަރުގަދައެވެ. އެކަން ސޯޝަލް މީޑިޔާގައި އާންމުން ފާޅުކުރަމުންދާ ޝުއޫރުތަކަށް ބަލާލުމުން ފެނިގެންދެއެވެ. ބޯހިޔާވަހިކަމުގެ ކޮންމެ މަޝްރޫޢަކާއެކު ދިވެހިންގެ ތެރޭގައި އަޑަށް ބާރުލާފައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކަށް އޮންނާނީ މާލެ އާއި ރަށްރަށުގެ ވާހަކައެވެ. މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. އަބަދުވެސް ހުރިހާ ޚިދުމަތެއް ލިބެން އޮތީ މިތަނުންނެވެ. އެކަން ބަދަލުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނިނަމަވެސް އެކަން މާބޮޑަކަށް އަދި ވީކަމުގެ އިހުސާސެއް އެއްވެސް ދިވެއްސަކަށް ނުކުރެވެއެވެ.

ތައުލީމު ހާސިލުކުރުމާއި، ރަނގަޅު ބޭސް ފަރުވާ އާއި ވަޒީފާގެ ފުރުސަތުތައް ލިބެން އޮތީ މިތާނގައެވެ. މާލެ ސިޓީގައެވެ. ބުރިބުރި އަށް ނަގާފައި ހުރި އަލިފާންފޮށިތަކުގައި އުޅެގެންނެވެ. އެއީ ރަށްރަށުގެ ހިތްގައިމު ދިރިއުޅުމާއި އަޅާބަލާއިރު ބޯހާސް ދިރިއުޅެމެކެވެ. އެހެންނަމަވެސް ދިވެހިންގެ ތެރެއިން އެތައް ބަޔަކު ބުނާގޮތުން ގުދުރަތީ ގޮތުން ހިތްގައިމުކަން ލިބިދޭ ދިރިއުޅުން ދޫކޮށް ކުދިކުދި އަލިފާންފޮށިތަކުގައި ދިރިއުޅެނީ މަޖުބޫރުވެގެންނެވެ. ހަމަގައިމުވެސް މިހާރު ސޯޝަލް މީޑިޔާއަށް އޮބިނޯންނަ ވަރަށް ބަންޑުން ވަމުން އަންނަ ޝުއޫރުތަކަށް ބަލާއިރު މާލެ ބަދަލުވި ސަބަބުތަކުގައި ތެރޭގައި އެންމެ ގިނައިން ފާހަގަވާ އެއް ލަފުޒަކަށް އޮންނާނީ "މަޖުބޫރޫވެގެން"، "އެނޫން ގޮތެއް ނެތިގެން" މިހެންނެވެ.

ތެދެކެވެ. ޒަމާނުއްސުރެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތާއެކު އެތައް ދިވެހިންނަކަށް އެ ދިރިއުޅުން އުޅެން "މަޖުބޫރު" ވިއެވެ. އެއް ބަޔަކު ތިބީ އެ މަޖުބޫރު ދިރިއުޅުމަށް ހޭނި ރަށްފުށުގެ ދިރިއުޅުމަކީ ހަމައެކަނި ޗުއްޓީއަށް ގޮސްލާ އާއިލާ އާއި ރަހުމަތްތެރިންނާއެކު ހިތްހަމަޖައްސާލާ ދިރިއުޅުމަކަށް ވެފައެވެ. އަނެއްބަޔަކަށް މަޖުބޫރު މާލޭގެ ދިރިއުޅުމަށް ނުހޭނި އެތައް ގޮންޖެހުންތަކާއި ދިމާވެފައެވެ. އެނޫން ގޮތެއް ނެތިގެން މިތާނގައި އުޅެނީ ހާސްކަމާއެކުއެވެ. މިދިރިއުޅުމުން ފަހަރުގައި ލިބޭ ހަމައެކަނި ހަމަޖެހުމަކީ ވަޒީފާއެވެ. ނުވަތަ ތައުލީމުގެ ފުރުސަތެވެ. ރީތި ނޫއުޑާއި ރޭގަނޑު ގަޑީގައި ތަރިތަކުން އުޑު ބަބުޅާފައި އޮންނަ މަންޒަރު މާލޭގައި ނުފެނުނު ނަމަވެސް އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރުގައި ހުރި ހިތްހަމަޖެހުން ކޮންމެ ދުވަހަކު ތަޖުރިބާ ކޮށްލަން ނުލިބުނުނަމަވެސް "މަޖުބޫރު" ވެފައިވަނީ އެއްކަލަ އަލިފާން ފޮށީގައި ތާށިވެފައި އޮންނާށެވެ. ހިތްއެދި ގޮވަނީ މިނޫން ދިރިއުޅުމަކަށެވެ. މިއަށްވުރެ ފަސޭހަ އަރާމު ދިރިއުޅުމަކަށެވެ.

މާލޭގައި މިހާލުގައި އުޅޭތާ ވިހި ތިރީސް އަހަރު ވީއިރުވެސް މިނޫން ގޮތެއް ނެތް އެތައް ބަޔަކު އެބަތިއްބެވެ. އަނެއް ބަޔަކީ މާލެއަށް އުފަން މާލޭގެ ރައްޔިތުންނެވެ. އެހެން ތިއްބާ އުންމީދުގެ ހުޅުކޮޅު ދިއްލެނީ ކޮންމެ ފަހަރަކުވެސް އިއުލާންކުރާ ބޯހިޔާ ވަހިކަމުގެ މަޝްރޫޢުންނެވެ. ނަމަވެސް އޭގެއިންވެސް ހަގީގީ މަންފާ ލިބެނީ ވަކި ބަޔަކަށެވެ. އެއް ބަޔަކީ މަގާމާއި ފައިސާގެ ނުފޫޒުން އެކަން ކާމިޔާބުކުރާ މީހުންނެވެ. އަނެއް ބަޔަކީ ހަމަ އަސްލަަށްވެސް ޝަރުތުހަމަވެގެން އެކަން ހައްގުވާ މީހުންނެވެ. ދެން ތިބެނީ ދެން އަންނަ ފަހަރަކުން ލިބޭނެއޭ ހިތަށް އަރުވާލައިގެން އެފަހަރެއްގެ އިންތިޒާރުގައި ތިބެންޖެހޭ މީހުންނެވެ. އެމީހުންގެ ހިތުގެ އުދާސްތައް އަޑު އަހާނެ މީހަކު އެކަމަށް ހައްލެއް ގެނެސްދޭނެ މީހަކު ނެތެވެ.

ހައްލެއް ގެނެސްދޭން ކޮންމެވެސް މަޝްރޫއު ޢެއްގެ ވާހަކަ އިއުލާންކުރާއިރު އަނެއްކާ އަޑުގަދަ ވަނީ އެއްކަލަ މާލެ އާއި ރަށްރަށުގެ ބަހުސެވެ. ކޮންމެ މީހެއްގެ ނަޒަރުގައި އެމީހަކީ އެންމެ ރަނގަޅަށް އެމައުލޫގައި ވާހަކަ ދައްކާ މީހާއެވެ. އެއީ އެކަމުގެ ހިތި ތަޖުރިބާ ކުރެވިފައިވަނީ އޭނާއަށް ކަމަށްވާތީއެވެ. ނަމަވެސް ހަގީގަތަކީ އެ ހިތި ތަޖުރިބާ ނުކުރާ މީހަކު ވަރަށް މަދެވެ. އެންމެންނަށްވެސް ބުނެވެނީ ހަމަ އެކައްޗެކެވެ. މިނޫން ގޮތެއް ނެތީ ހެއްޔެވެ؟

މާލެ ސިޓީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު