Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ހާލަތު

ކުރިއަށް އަދިވެސް އޮތީ އުނދަގޫ ދުވަސްތަކެއް – ރަނިލް

ގައުމު މިހާރު އޮތް ހާލަތުން ނުކުމެވޭނީ އައިއެމްއެފްއާއެކު ވެވޭ އެއްބަސްވުމުގެ ތެރެއިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2022 | ހޮނިހިރު 00:29
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ

ކުރިއަށް އަދިވެސް އޮތީ އުދަނގޫ ދުވަސްތަކެއް ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

ރަނިލް ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހަކީ ވެސް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ލަންކާއިން މިހާރު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގުވާމީ މާލީ އިދާރާ އައިއެމްއެފްއާއެކު އެއްބަސްވުންތަކަށް އައިސް ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ކަމުގައިވެސް ލަންކާގެ ރައީސް ވިދާޅުވެފައިވެއެވެ.

އެޑްވޮކޭޓް އިންސްޓިޓިއުޓް އިން އިންތިޒާމްކުރި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ހުކުރު ދުވަހު ރަނިލް ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ނުކުމެވޭނީ އައިއެމްއެފްއާއެކު ވެވޭ އެއްބަސްވުމުގެ ތެރެއިން ކަމަށެވެ. ރަނިލް ވިދާޅުވީ އެހެން ގޮތްތައް ވެސް ހިޔާރުކުރުމަށް ލަފާ ލިބިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެގޮތްތައް ކާމިޔާބު ނުވި ކަމަށެވެ.

ރަނިލް ވިދާޅުވީ ސްޓާފް ލެވެލްގައި އައިއެމްއެފްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެއްވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް އަދި އެއްވެސް ސިޔާސީ ޕާޓީއަކުން އެގްރީމެންޓަށް އެއްބަސް ނުވާނަމަ، ދެން އޮތް ހައްލަކީ ކޮބައިތޯ އެހުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި މި އެއްބަސްވުމަށް ހުރިހާ ޕާޓީތަކުގެ އެއްބާރުލުމަށް ރަނިލް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރަނިލް ވިދާޅުވީ ހާލަތު ކިތައްމެ ހިތި ނަމަވެސް، ބަލިން ފަސޭހަވުމަށް ބޭސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިއީ ދަތި އުނދަގޫ ދަނޑިވަޅެއް ކަމަށާއި، ނޫނެކޭ ވިދާޅު ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 6 މަސް ދުވަސް ވަރަށް އުނދަގޫ ކަމަށާއި، މިއީ މީގެ ކުރިން އެއްވެސް މީހަކު ދެކެފައި ނުވާ ދަނޑިވަޅަކަށް ވާނެކަމަށާއި، ނަމަވެސް އެންމެން ވެސް މި ވަގުތު ކަނޑައްތުކުރަން ޖެހޭނެކަމަށް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވަނީ މިހާލަތު ރަނގަޅުވާނެ ގޮތުގެ ހައްލެއް އެއްވެސް ފަރާތަކުން ހައްލެއް ހުށަހަޅުއްވައިފި ނަމަ އެކަމެއް އަޑުއައްސަވާނެ ކަމަށާއި، އެއަށްފަހު މަޖިލީހުން އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެހެން ނޫނީ ދަނޑިވަޅާއެކު ކުރިއަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ރަނިލް ވިދާޅުވިއެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާރަނިލް ވިކްރަމަސިންގހަ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު