Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް

ޔޫއެސް އިންޑޯޕޭކޮމްއާއި އެމްއެންޑީއެފުން ގުޅިގެން ބޭއްވި އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް ނިންމާލައިފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 23:52
އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން މިމަހުގެ 1 އިން 4 އަށް ރާއްޖޭގައި ބޭއްވި "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް 2022" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި އޮގަސްޓް ހަތަރު ވަނަ ދުވަހު ހަވީރު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

Advertisement - newsAdvertisement

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ޑިފެންސް ސެކްޓަރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން މި ފޯރަމްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމާއި، ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އިތުރު ޤައުމުތަކުގެ ބޭފުޅުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ފޯރަމްގެ ދެވަނަ ދުވަހު މޮޑަރޭޓަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޡް ވަޙީދު ބައިވެރިވެ ވަޑައިގެންނެވިއިރު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މި ފޯރަމްގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއެކު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ސީނިއަރ ކޮންވަޒޭޝަން އޮފިސަރ މުޙްސިނާ ޢަބްދުލް ރަޙްމާން ވަނީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެތަންތަނުން ފަހިވެފައިވާ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެއަށްފަހު ހިއުމަން ޖިއޮގްރަފަރ އަދި ޕީއެޗްޑީ ކެންޑިޑޭޓެއްކަމަށްވާ އައިޝަތު އަޒްފާ ވަނީ، ހަލުވިކަމާއެކު ކުރިމަތިވަމުން އަންނަ މޫސުމީ ބަދަލުތަކުގައި އަންހެނުންގެ ސޯސިއޯ-އިކޮނޮމިކް ސެކިޔުރިޓީ މަޝްވަރާކުރުމާމެދު ދިވެހިރާއްޖޭގެ ފަރާތުން ކޭސް ސްޓަޑީއެއް ހުށަހަޅުއްވާފައެވެ.

ފޯރަމްގެ ހަތަރުވަނަ ދުވަހުގައި ރައީސް އޮފީހުން ކަނޑައަޅުއްވާފައި ހުންނަ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ އަސަރުތަކާއި އެކަމުގެ ހައްލުތަކުގެ ތަޢާރަފެއް ދެއްވުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެސިސްޓަންޓް ޑައިރެކްޓަރ މައުމާން ޢަބްދުލް ރަޝީދު ވަނީ ދިވެހިރާއްޖޭގައި ތަންފީޒުކުރެވިފައިވާ ކްލައިމެޓް ޗޭންޖު ޕޮލިސީއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ ވަނީ، މި ސަރަހައްދުގައި ގަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަމާ ބެހޭގޮތުންނާއި ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމް ވަނީ "ގްލޯބަލް ކްލައިމެޓް ރެޖިމްސް، ސަކްސެސެސް އެންޑް އޭރިއާސް ފޮރ އިމްޕްރޫވްމަންޓް" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވައި، ފޯރަމްގެ ހަތަރުވަނަ ދުވަހު މޮޑަރޭޓަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އެމެރިކާ މަންދޫބުންގެ ސެޝަންތަކެއް ވެސް ފޯރަމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްގެ ބައިވެރިންނަށް ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ކުރުނބާ މޯލްޑިވްސްގައި ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވާފައެވެ. ރާއްޖޭގެ ސަޤާފީ ލަވަޔާއި މިއުޒިކާއެކު ކުރިއަށްގެންދިޔަ މި ފަރިއްކޮޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގެ ހަވާސާގައި، ބައިވެރިން ވަނީ ކ. ހުރާއަށް ޒިޔާރަތްކުރައްވައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ބެލުމުގެ ގޮތުން އެ ރަށުގެ އިން ސައިޓް ވިޒިޓް ލޮކޭޝަންސްތަކުގެ ގޮތުގައި ހަަތަރު ސަރަހައްދަކަށް ޒިޔާރަތްކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ހުރާގެ ރަށްގިރުމާ ކުރިމަތިވެފައިވާ ސަރަހައްދާއި، ކުޅި އަދި ކަނޑޫފާ ހިމެނޭ ސަރަހައްދާއި، ކަރަންޓާއި ފެން އުފެއްދުމުގެ ޕްލާންޓްތައް ބެހެއްޓިފައިވާ ސަރަހައްދުގެ އިތުރުން ކުނި މެނޭޖްކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަށް ބައިވެރިން ޒިޔާރާތްކުރާ ކުރައްވާފައިވެއެވެ. މި ޒިޔާރަތްތަކުގައި، އެ ސަރަހައްދުތަކުގައި ކަންކަން ރޭވިފައިވާގޮތާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އޮގަސްޓް 1 އިން 4 އަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި، 21 ޤައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދިޔައީ އެ ދުވަހަކަށް ކަނޑައެޅި ތީމާ ގުޅޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ ފޯރަމްގެ ދުވަސްތައް ބަހާލި ތީމްތަކަކީ، "ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް"، "ސްމޯލް އައިލެންޑް ނޭޝަންސް ކޮންސާންސް"، "އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ" އަދި "ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް" އެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމެކެވެ.

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމްއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު