Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމް.އެން.ޕީގެ އެތެރޭގެ އިންތިޚާބު

އެމް.އެން.ޕީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލި

ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހެނީ 5 މަޤާމަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 02:07
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލިކަމަށް އެޕާޓީން ބުނެފިއެވެ.

އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އިންތިޚާބާ ގުޅޭ އެންމެފަހުގެ މައުލޫމާތު ދެއްވަމުން އެންއެންޕީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަޙްމަދު އަމްޖަދު ވިދާޅުވީ 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ. އެމްއެންޕީގެ އިންތިޚާބީ ޤަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ވަނީ އެއް މަޤާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ، އެމެންބަރަކު އެމަޤާމަކަށް ހޮވުނީ ކަމުގައެވެ. އެހެންކަމުން އަމުޖަދު ވިދާޅުވީ 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށް ވާތީ، އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިފައިފައިވާ ކަމުގައެވެ.

Advertisement - newsAdvertisement

އަމްޖަދު ވިދާޅުވީ، އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހެނީ 5 މަޤާމަކަށްކަމަށެވެ. އެގޮތުން 6 އޮގަސްޓް ވާ ހޮނިހިރު ދުވަހު އިންތިޚާބުކުރަން ޖެހެނީ ޖުމްލަ 5 މަޤާމެކެވެ. އެއީ؛

އެމްއެންޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައެވެ. މިގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި އިންތިޚާބުގައި ވޯޓުލާނީ ކަރުދާސް ބޭނުންކޮށްގެންނެވެ. މިރަށްރަށުގައި ވޯޓުލުން ކުރިޔަށްދާނީ 6 އޮގަސްޓް ވާ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ފެށިގެން އެދުވަހު ހަވީރު 4:00 އަށެވެ.

ކޮންމެ ފޮއްޓަކަށް ވޯޓްލާ ނިމުމުން، އެވޯޓް ފޮއްޓަކާ ހަވާލުވެ ތިއްބަވާ އޮފިޝަލުން އަދި އޮބްޒާވަރުންގެ ހާޒިރުގައި ވޯޓު ގުނައި އެމަރުކަޒެއްގައި އެފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކުރަން ވަނީ ހަމަޖެހިފައެވެ. އަދި މުޅި އިންތިޚާބުގެ ވަގުތީ ނަތީޖާ ވޯޓްލާ ނިމޭ ގަޑިން ފެށިގެން 24 ގަޑިއިރު ތެރޭގައި އިއުލާން ކުރެވޭނެއެވެ. އަދި އިންތިޚާބުގެ ދާއިމީ ނަތީޖާ 7 ދުވަސް ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް އެމް.އެން.ޕީއިން ބުނެއެވެ.

އެމްއެންޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު