Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމްގެ ބައިވެރިން ހުރާއަށް ޒިޔާރަތްކޮށްފި

3 އޯގަސްޓު 2022 | ބުދަ 14:12

21 ޤައުމަކުން ޖުމްލަ 100ށްވުރެ ގިނަ މަންދޫބުން ފޯރަމްގައި ބައިވެރިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 އޯގަސްޓު 2022 | ބުދަ 14:12
އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމްގެ ތެރެއިން

އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމްގެ ތެރެއިން

ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ "އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓީ ފޯރަމް 2022" ގެ ބައިވެރިން، ކ. ހުރާއަށް ޒިޔާރަތްކޮށްފިއެވެ.

21 ޤައުމަކުން ޖުމްލަ 100ށްވުރެ ގިނަ މަންދޫބުން ބައިވެރިވެގެން ކުރުނބާ މޯލްޑިވްސްގައި ބާއްވަމުންދާ ތިމާވެށީގެ މި ފޯރަމްގެ ބައިވެރިން އޮގަސްޓް 2 ވަނަ ދުވަހު ކ. ހުރަ ޔަށް ކުރި މި ޒިޔާރަތަކީ، ދިވެހިރާއްޖޭގެ ރަށްފުށުގެ ހާލަތު ބަލާލުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި، ފޯރަމްގެ ބައިވެރިން ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދެނެގަނެ، ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދާފައެވެ.

Advertisement - newsAdvertisement

ފޯރަމްގެ ބައިވެރިން ހުރާއަށް ކުރި ދަތުރުގައި އެ ރަށުގެ އިން ސައިޓް ވިޒިޓް ލޮކޭޝަންސް ތަކުގެ ގޮތުގައި ހަަތަރު ސަރަހައްދަކަށް ޒިޔާރަތްކުރިއެވެ. އޭގެތެރޭގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ހުރާއަށް ރަށް ގިރުމާ ކުރިމަތިވެފައިވާ ސަރަހައްދާއި، ކުޅި އަދި ކަނޑޫފާ ހިމެނޭ ސަރަހައްދާއި، ކަރަންޓާއި ފެން އުފެއްދުމުގެ ޕްލާންޓްތައް ބެހެއްޓިފައިވާ ސަރަހައްދު އަދި ކުނި މެނޭޖްކުރުމަށް ބޭނުންކުރަމުންދާ ސަރަހައްދަށް ޒިޔާރަތްކޮށްފައިވެއެވެ. ބައިވެރިން އެ ސަރަހައްދުތަކަށް ކުރި ޒިޔާރަތުގައި، އެ ސަރަހައްދުތަކުގައި ކަންކަން ރޭވިފައިވާ ގޮތާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވެއެވެ.

މި ދަތުރުގައި، ހުރާގެ ސްކޫލު ދަރިވަރުންގެ ފަރާތުން ފޯރަމްގެ ބައިވެރިންނަށް ކަލްޗަރަލް ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން، ފޯރަމްގެ ބައިވެރިންގެ ފަރާތުން ހުރާ ސްކޫލަށް ފޮތްތަކެއް ހަދިޔާކުރުން އޮތެވެ. އަދި، ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން، ފޯރަމްގެ ތެރޭގައި ކ.ހުރާގެ ގެސްޓް ހައުސްތައް އިސްތިހާރުކުރުމާއި، ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ސްވެނިއަރ ފަދަ ތަކެތި ފޯރަމްގައި ވިއްކުމަށް ވަނީ ބަހައްޓާފައެވެ.

ކުރުނބާ މޯލްޑިވްސްގައި، އޮގަސްޓް 1 އިން 4 އަށް ކުރިއަށްގެންދާ އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމްއަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޓަކައި ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ޤައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމްއެކެވެ.

މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ޤައުމުގެ ހައިސިއްޔަތުން، ދިވެހިރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެލައްވައެވެ. ކޮންމެ އަހަރަކު ބާއްވަމުންދާ މި ފޯރަމް، އެންމެ ފަހުން ދިވެހިރާއްޖޭގައި ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ. ކޮވިޑުގެ ޚާއްޞަ ހާލަތާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މި ފޯރަމް ބޭއްވިފައިވަނީ ވަރޗުއަލްކޮށެވެ.

މިއަހަރުގެ ފޯރަމްގެ ސެޝަންތައް ފަރުމާކޮށްފައިވަނީ އެ ދުވަހަކަށް ކަނޑައެޅިފައިވާ ތީމާ ގުޅޭ ގޮތަށެވެ. އެގޮތުން މިއަހަރުގެ ފޯރަމްގެ ދުވަސްތައް ބަހާލާފައިވާ ތީމްތަކަކީ، "ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް"، "ސްމޯލް އައިލެންޑް ނޭޝަންސް ކޮންސާންސް"، "އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ" އަދި "ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް" އެވެ.

މި ފޯރަމްގެ ތެރެއިން، ފޯމަލް ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، ވޯކިންގ ގުރޫޕް ޑިސްކަޝަންތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާއިރު، ތިމާވެށްޓަށް އަންނަ ނާޒުކު ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މޫސުމީ ބޮޑެތި ގޮންޖެހުންތައް ދެނެގަނެ، ސަރަހައްދީ ފެންވަރުގައި އެކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ތިން އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނެއް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގެ ތެރެއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިސްތިހާރު ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި ފޯރަމްގެ ތެރެއިން، ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ފޯރަމް ކުރިއަށްގެންދާ ހޯލްގެ ސައިޑް ސްކްރީނުތަކުން އަދި ބްރޭކް ގަޑިތަކުގައި މެއިން ސްކްރީނުން ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދޭ ޕްރޮމޯޝަނަލް ޑޮކިއުމަންޓްރީތައް ޑިސްޕްލޭކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ސަރަޙައްދީ ފެންވަރުގައި ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ފައިނަލް ކުރުމުގެ އިތުރުން، ފޯރަމްގެ ބައިވެރިންނަށް ކަމާބެހޭ ދާއިރާތަކުގެ މާހިރުންނާ ސީދާ ބައްދަލުވެ، ދިމާވާ ވަކިވަކި ކަންކަން ހައްލުކުރުމަށް ކަންތައްތަކެއް ކުރެވިގެންދާނެ ގޮތްތައް ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ލަފަޔާއި އިރުޝާދު ހޯދުމުގައި މަގުފަހިކުރެވޭނެއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް