Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ ވެރިކަން

ޔާމީނަކީ އިތުބާރު ގެއްލި ފެއިލްވެފައިވާ ވެރިއެއް – ދުންޔާ މައުމޫން

ރައީސް ޔާމީންގެ ވެރިކަން އަދި ހުދު އެމަނިކުފާނަކީ ގައުމަށް ގައްދާރުވެފައިވާ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އޯގަސްޓު 2022 | ބުދަ 11:13
ދުންޔާ އަދި އާއިލާ - ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބައްޕާފުޅާއި ކޮށްކޯފުޅު ޖަލަށްލި

ދުންޔާ އަދި އާއިލާ - ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބައްޕާފުޅާއި ކޮށްކޯފުޅު ޖަލަށްލި

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ރައްޔިތުންގެ އިތުބާރު ގެއްލި ފެއިލްވެފައިވާ ވެރިއެއްކަމަށް އެމަނިކުފާނުގެ ކެބިނެޓުގައި ހާރިޖީވަޒީރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނި ވީޑިއޯ މެސެޖެއްގައެވެ. މި ވީޑިއޯ މެސެޖު ޓްވިޓާގައި ހިއްސާކުރައްވާފައިވަނީ ދުންޔާ މިހާރު ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު ރިޓަރޔާޑް ކާނަލް ނާޒިމެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ވެރިކަމުގައި ހާރިޖީވަޒީރުކަން ވެސް ކުރެއްވި އަދި ރައީސް ޔާމީނަށް ބޮޑުބޭބޭ ވިދާޅުވާ ދުންޔާގެ ވީޑިއޯ މެސެޖްގައި ވިދާޅުވީ ނިމިގެންދިޔަ 2 ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައި ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ރައީސް ޔާމީންގެ ސަރުކާރަށް ވެސް އަދި ރައީސް ވަހީދުގެ ސަރުކާރަށް ވެސް ވަނީ ގެއްލިފައި ކަމަށެވެ.

އެމްއެންޕީގެ ލީޑަރު ނާޒިމް ވިދާޅުވެފައިވާ ފަދައިން ރައީސް ޔާމީންގެ ވެރިކަން އަދި ހުދު އެމަނިކުފާނަކީ ގައުމަށް ގައްދާރުވެފައިވާ ބޭފުޅެއްކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެގައި އެންމެ ބޮޑު ހިޔާނާތުގެ އަމަލުވެސް ފެނިގެންގޮސްފައިވާ ކަމަށާއި، ކޮރަޕްޝަންއާއި އެތަކެއް އެހެން މައްސަލަ ފެންމަތިވި ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ޖަލަށްލާފައިވާއި އިރު، އެއިރު އޮތީ ބިރުވެރި މާހައުލެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ހަނދާނުގައި ހުންނާނެ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ މަންޒަރުތައް ފެނިގެން ނުދާނެކަމުގެ ކަންބޮޑުވުން އެންމެންގެ ވެސް އޮންނަންޖެހޭ ކަމަށެވެ.

ދުންޔާގެ ވީޑިއޯ މެސެޖާއެކު ނާޒިމް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވާ ދުންޔާ ވިދާޅުވެފައިވަނި އެއީ ތެދު ކަމަށެވެ. ޔާމީންގެ ރުޅިވެރިކަމާއި އަނިޔާވެރިކަން ފެނިވަޑައިގެންނެވި ކަމަށާއި، އެތައް އާއިލާތަކަށް އެކަން ފެނުނު ކަމަށެވެ. އޭގެ ތެރޭގައި ނާޒިމްގެ އާއިލާ އަދި ހުދު ދުންޔާގެ އާއިލާވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ އެއީ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

ދުންޔާ މައުމޫން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސް މައުމޫން އަބްދުލް ގައްޔޫމް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު