Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮޓޯތައް ލީކުކުރުމުގެ މައްސަލަ

ދައުރުވަމުންދަނީ ރައީސް ހިޖާމާ ޖެއްސެވި ފޮޓޯތަކެއްކަމަށް ބަޔާންކޮށް ފަތުރަނީ ސައްޙަ ޚަބަރެއްގެ ފޮޓޯއެއް ނޫން

ރައީސް ނަޝީދު ގެންދަވަނީ ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އޯގަސްޓު 2022 | ބުދަ 08:44
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް

ދައުރުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ހިޖާމާ ޖެއްސެވި ފޮޓޯތަކެއްކަމަށް ބަޔާންކޮށް ފަތުރަނީ ސައްޙަ ޚަބަރެއްގެ ފޮޓޯއެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކު އެހެން ވިދާޅުވީ ޓްވިޓަރގަައި ދައުރުވަމުންދާ ފޮޓޯއަކާއި ގުޅިގެންނެވެ. އެގޮތުން އެ ފޮޓޯއަކީ މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރެއްކަމަށް ދޭހަވާ ގޮތަށް އެޑިޓްކޮށްފައިވާ ފޮޓޯއެކެވެ.

Advertisement - newsAdvertisement

"ބަޔަކު ގެންގުޅެނީ ރައީސް ސޯލިޙު ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް: މަބްރޫކް"މި ސުރުޙީގެ ދަށުން ލިޔެފައިވާ ޚަބަރެއްގެ ފޮޓޯ ޓްވިޓަރގައި ދައުރުވަމުންދާއިރު، ރައީސް ސާލިޙު ހިޖާމާ ޖައްސަވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ބަޔަކު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް މަބްރޫކްއާ ޙަވާލާދީ އެ ލިޔުމުގައި ބަޔާން ކޮށްފައިވެއެވެ.

އެހެންނަމަވެސް، އެއީ ސައްޙަ ޚަބަރެއް ނޫންކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެ ފޮޓޯ ރިޓްވީޓް ކުރައްވައި މަބްރޫކު ވިދާޅުވީ، އެ މުޅި ފޮޓޯއަކީ ސީދާ އޮޅުވާލުމެއް ކަމަށެވެ. އެގޮތުން އޭނާ އެފަދަ އެއްޗެއް ވިދާޅުވެފައި ނުވާނެކަމަށް މަބްރޫކު ވިދާޅުވިއެވެ.

ހަމައެއާއެކު، އެފަދަ ލިޔުމެއް މިހާރު ނޫހުގައި ޝާއިއުކޮށްފައި ނުވާނެ ކަމަށް އެ ލިޔުން ލިޔެފައިވާކަމަށް ފޮޓޯގައި ބަޔާންކޮށްފައިވާ ލިޔުންތެރިޔާވެސް ކަށަވަރު ކޮށްދޭކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން މަބްރޫކް އަޒީޒު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޞާލިހުއާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އެފަދަ އެއްވެސް ކަމެއް ރައީސް ޞާލިހު ނުކުރައްވާކަމުގެ ޔަގީންކަން ރައީސް އަރުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން އެ އަންހެން މީހާ ހޯދަން ސަރުކާރުން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކަކީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާއި އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ނަޝީދު ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ސަރުކާރަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

ނާޒިމް ހައްޔަރުކުރުމާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވީ، ކޮއްކޮ ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާތީކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވަނީ އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމަބްރޫކު ޢަޒީޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު