Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުޑް އެންޑް އޭޝިއާ މޯލްޑިވްސް ކަލިނަރީ ޗެލެންޖު

ހާހެއްހާ ބައިވެރިންނާއެކު ކޮވިޑަށްފަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ބާއްވަނީ

އެގްޒިބިޝަން ބާއްވަނީ މި ހިނގާ އޮގަސްޓް މަހުގެ 28ން 30ގެ ނިޔަލަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އޯގަސްޓު 2022 | ބުދަ 08:14
ކުރިން ބޭއްވި ކަލިނަރީ ޗެލެންޖެއްގެ ތެރެއިން

ކުރިން ބޭއްވި ކަލިނަރީ ޗެލެންޖެއްގެ ތެރެއިން

ހާހެއްހާ ބައިވެރިންނާއެކު ރާއްޖޭގައި ކޮވިޑް-19އިގެ ބަލިމަޑުކަމަށް ފަހު ބާއްވާ އެންމެ ބޮޑު ފެއަރ، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނެޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ބާއްވަން ތައްޔާރުވެއްޖެއެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (ފެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 28ން 30ގެ ނިޔަލަށެވެ. ޖުމުލަ 100 ކުންފުނީގެ ބައިވެރިވުމާއެކު ކުރިއަށްދާ މި އެގްޒިބިޝަނަކީ ފުޑް އެންޑް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފަހި ފުރުސަތުތަކާއެކު އެކުލަވާލާފައިވާ އެގްޒިބިޝަނެކެވެ. މި އިވެންޓާމެދު މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުމެއްގައި ފެމްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ އެއް ފެއާއަށް ވާނެ ކަމަށެވެ. މިފެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުން ހުރި ސިނާއަތުތަކަށް ކޮވިޑް-19 އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަންނަން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ އިވެންޓުގެ އެކި ކެޓަގަރީތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަމަށާއި މިއެގްޒިބިޝަނާމެދު ގިނަ އުންމީދުތަކެއް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެއްތަނަކަށް އައިސް އެކަކު އަނެކަކުގެ ތަޖުރިބާގެ އަލީގައި ކަންކަން ދަސްކުރުމަށާއި، އިތުރަށް މަގްބޫލުކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެމްގެ މެނޭޖިން ޑިރެކްޓަރު އަދި ތަޖުރިބާކާރު ޝެފް އިމްރާން ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ ޝެފުން ނުވަތަ ކައްކާއިންނަށް އިތުރަށް ކުރިއަރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން އެ ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މި އެގްޒިބިޝަންއިން ހިތްވަރު ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ފެއާއެއް ބޭއްވުމަކީ އެ ދާއިރާ އިން ކުރިއެރުންތައް ހޯދަން ބޭނުންވެފައި ތިބި މީހުންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި އެގްޒިބިޝަންގެ ޗެލެންޖުތަކުގެ ޖަޖުންގެ ތެރޭގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖަޖުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ފެމް އިންޓަރނެޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖުގައި 27 ކެޓަގަރީއެއް ހިމެނޭ އިރު މި އެގްޒިބިޝަންގައި 10،000 އަށް ވުރެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. ތަފާތު 30 ގައުމު ތަމްސީލު ކުރާ މި އެގްޒިބިޝަންއަށް 4000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 1500 މީހުން ވަނީ ތަކެތި ގަނުމަށް ނިންމާފައެވެ. މި އިވެންޓުގެ މެއިން ސްޕޮންސަރަކީ ލިލީ އިންޓަރނޭޝަނަލްއެވެ. އަދި ކޯ ސްޕޮންސަރަކީ ސިމްޑީއެވެ.

ޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
04 އޮކްޓޯބަރު 2024

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް
02 އޮކްޓޯބަރު 2024

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
01 ޖެނުއަރީ 2024

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް

01 ޖެނުއަރީ 2024
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެއަށް މުޅިން އަލަށް އައި އިނގިރޭސިވިލާތުގެ ރައްޔިތެއް
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް

20 ނޮވެމްބަރު 2023
މި ސަރުކާރު ދުވާނީ "މުއިއްޒު ދުވެލީގައި": ވިޒިޓަރސް އިކޮނޮމިކް ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު