Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅު

"ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް"

ދެގައުމުން އެންމެ އިސްކަންދޭ ކަނޑުގެ ސަރަހައްދުގެ ސަލަމާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2022 | ބުދަ 03:15
އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުގެ ކުރިން

އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުގެ ކުރިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މި ފަހުގެ ތާރީޚެއްގައި ރާއްޖޭގެ އިސް ވެރިއަކު އިންޑިއާއަށް ކުރެއްވި އެންމެ ފާހަގަކޮށްލެވޭ ދަތުރުފުޅެވެ. ރާއްޖޭއަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގެ އިތުރުން ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއުވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.

އެއީ ރާއްޖޭގެ އިޤްތިސާދަށް އެކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އަދި ތޮއްޖެހިފައިވާ މާލެއަށް ލުޔެއްލިބި އިންޑަސްޓްރިއަލް އެތައް މަސައްކަތަކަށް ޖާގަ ލިބިގެންދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖެވެ. ނުވަތަ ތިލަމާލެ ބްރިޖުގެ މަޝްރޫއެވެ. މީގެ އިތުރުން ވެސް ދެގައުމުން ގުޅުން ބަދަހިކުރާނެ އެތައް ކަމެއްގައި އިންޑިއާގެ އިސްވެރިންނާއި ރާއްޖޭގެ އިސްވެރިންނާ މެދު ވަނީ މަޝްވަރާކުރެވިފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ރަސްމީ ވާހަކަފުޅު ބާއްވަވާފައިވެއެވެ. އާންމުކޮށް މީޑިއާތައް ނުވައްދާ މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި މުހިންމު ކަންކަމުގެ ބައެއް ވާހަކަތައް ދެގައުމުގެ ސަރުކާރުން ވެސް ހާމަކޮށްފައިވެއެވެ. އެއީ ބައްދަލުވުމުގެ ހުރިހާ ވާހަކައެއް ނޫނެވެ.

ބައްދަލުވުން ނިންމަވާލައްވާ ނުކުމެ ވަޑައިގަންނަވަމުން، ރައީސްގެ މޫނުފުޅުން ފެންނަން ހުރީ ހިތްހަމަޖެހުމުގެ ކުލަތަކެވެ. ނޫސްވެރިއަކު އެވަގުތު ބައްދަލުވުން ދިޔައީ ކިހިނެއްތޯ ސުވާލު ދެންނެވެމުން ރައީސް ދެއްވީ ކުރު ފޮނި ޖަވާބެކެވެ. އެމަނިކުފާނު ވިދާޅުވީ "އިޓް ވެންޓް ވެރީ ވެލް" އެވެ. މާނައަކީ ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށެވެ. މިއީ ރައީސް ސާލިހުގެ 4 ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ފާހަގަވެގެން ދިޔަ ތަފާތު އެއް ކަންތަކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ދިވެހި ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އެތައް ޖީލުތަކަށް ދެމިގެންގޮސްފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ޤައުމުން އިސްކަންދޭ ތަފާތު އެކި ދާއިރާތަކުން މުސްތަޤްބަލުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މިހާތަނަށް ގެންދެވޭ އެންމެ ބޮޑު އުމްރާނީ މަސައްކަތްކަމުގައިވާ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢާއި، ހައްދުންމަތީ ގަމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލާއި، ހުޅުމާލޭގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ވެދެއްވާ އެހީތެރިކަމާއި، އަދި މާލެ ސަރަޙައްދުގައި އިތުރު 2000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ޔަޤީންކަން ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދު އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމަށް ރާއްޖެއާއި އިންޑިއާ ގުޅިގެން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމާއި، ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދެމުން އަންނަ ފުރުޞަތުތަކާއި ދެމުން އަންނަ އެހީތެރިކަމުގެ ވާހަކަފުޅު މި ބައްދަލުވުމުގައި ދެކެވިގެން ދިޔައެވެ.

ރާއްޖެ ފަދަ ނާޒުކު ކުދި ޖަޒީރާ ގައުމަކަށް އެންމެ މުހިންމުވާ ތިމާވެށީގެ މައްސަލަތަކުގައި، ސަރުކާރުން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ، ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯއަށް ވާޞިލުވުމަށް އަމާޒުހިފާ ކުރަމުން އަންނަ މަސައްކަތް ތަފްސީލުކޮށްދީފައިވެއެވެ. ރައީސް ވަނީ މި ބައްދަލުވުމުގައި ގާތުން މަސައްކަތްކޮށް ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރުކުރުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުމުގައި ދެކެވުނު މުހިންމު ވާހަކަތަކުގެ އިތުރުން ދެގައުމުގެ ވެރިން ވަނީ ދެޤައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ރާއްޖޭގައި އިންޑިއާގެ ރުޕޭކާޑު ބޭނުންކުރެވޭގޮތަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި އެ މަސައްކަތަކީ ދެ ޤައުމުގެ ދެމެދު ދަތުރުފަތުރާއި ފަތުރުވެރިކަމާއި އިޤްތިޞާދީ ކަންކަން އިތުރުވުމަށް މަގުފަހިވާނެ އަދި އޭގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުމުގައި އިންޑިއާއިން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީއަކީ ވަރަށް ފައިދާހުރި ސިޔާސަތެއްކަމަށާއި ޚާއްޞަކޮށް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެކަން ފެނިގެން ގޮސްފައިވާކަން ފާހަގަކުރައްވައި، މި ސިޔާސަތުގެ ދަށުން ރާއްޖެއަކީ ވަކިން ޚާއްޞަކަމެއް ދީފައި އޮތް ޤައުމެއްކަންވެސް އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްމުން އަންނަކަން ފާހަގަކުރައްވައި މުސްތަޤުބަލުގައި ވެސް އެކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ހަޤީޤަތުގައި ވެސް މުހިންމު މަޝްވަރާތަކެއް ނުވަތަ ވާހަކަފުޅުތަކެއް ދެބޭފުޅުންނަށް ވެސް މި ބައްދަލުމުގައި ދެކެވިއްޖެއެވެ. ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކައިގެ އިތުރުން އެހީތެރިކަމާއި، ރާއްޖޭގެ ސަލަމާތާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކައަކީ އެންމެ މުހިންމު އެއް ވާހަކައެވެ. ސަބަބަކީ ރާއްޖޭގައި އަސްކަރީ އެ ގާބިލްކަން ނެތުމާއެކު، ބައިނަލް އަޤުވާމީ ދުނިޔޭގައި އެންމެ ބޮޑު މައްސަލަތައް ކަމުގައިވާ ޑްރަގް ޓްރެފިކިން، އިންސާނީ ވަގުފާރި އަދި ޓެރަރިޒަމް ހުއްޓުވުމުގެ މައްސަލައިގައި ދެގައުމުގެ ވިސްނުން އެއްގޮތްކަމެވެ.

ހަމ މިއާއެކު މި ބައްދަލުމުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖްތިމާއީ މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުރެވޭ މަސައްކަތްތައް ހާމަވެގެން ދިޔައެވެ.

ރައީސް ވިދާޅުވި ފަދައިން މި ބައްދަލުވުމަކީ ވަރަށް ރަނގަޅަށް ދިޔަ ބައްދަލުވުމެކެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު