Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި އިންޑިއާގެ ގުޅުން

ތަޖުރިބާ ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގްރޫޕް އެއް އިންޑިއާއަށް ހިނގައްޖެ

މި ގްރޫޕް ގައި މަޖިލީހުގެ އިދާރާގެ 10 މުވައްޒަފުން ހިމެނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އޯގަސްޓު 2022 | ހޯމަ 20:45
ދަތުރުގައި ހިމެނޭ ފަރާތްތައް އިންޑިއާގެ ހައި ކޮމިޝަނަރާއެކު

ދަތުރުގައި ހިމެނޭ ފަރާތްތައް އިންޑިއާގެ ހައި ކޮމިޝަނަރާއެކު

ތަޖުރިބާ ބަދަލު ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ގްރޫޕް އެއް އިންޑިއާއަށް ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި މި ގްރޫޕްގައި ހިމެނެނީ އެ އިދާރާގެ 10 ބޭފުޅުންނެވެ. މި 10 ބޭފުޅުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފުރާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެކެވެ. މި ދަތުރުގައި ބައިވެލައްވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ ޕާލަމެންޓަރީ ސާރވިސްގެ 10 ބޭފުޅުންނެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ދަތުރު ކުރިއަށްދާނީ އޯގަސްޓް 1 އިން 6 އަށެވެ. މި ދަތުރުގެ ބައިވެރިން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތް ކުރާގޮތް ބަލައި، މައުލޫމާތު ހޯދާނެއެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ގްރޫޕް އެވެ. ފުރަތަމަ ގްރޫޕް ނިއުދިއްލީއަށް ޒިޔާރަތް ކުރީ 2020 ވަނަ އަހަރުގައެވެ.

ރައްޔިތުންގެ މަޖިލިސްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2024

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟
08 އޮކްޓޯބަރު 2024

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް
08 އޮކްޓޯބަރު 2024

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
07 އޮކްޓޯބަރު 2024

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ

07 އޮކްޓޯބަރު 2024
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށާއި ބެންގަލޫރުގައި ރާއްޖޭގެ އެމްބަސީ އެއް ޤާއިމްކުރުމަށް މަޝްވަރާކޮށްފައިވޭ - މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު