Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަޙްމޫދު ޔާސީން؛ ސޫރިޔާގައި ވަޅި ހަދާ މީހެއް

ދެގޮތެއް ނުވެ ވަޅި ހެދުމުގެ މަސައްކަތުގައި 60 އެތައް އަހަރެއް

1 އޯގަސްޓު 2022 | ހޯމަ 05:54

އޭނާގެ ޒުވާން ދުވަސްވަރު، ދުވާލެއްގެ މައްޗަށް 20-30 ވަޅި ހަދާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 އޯގަސްޓު 2022 | ހޯމަ 05:54
ޔާސީން އުފައްދާ ވަޅީގެ އަގު އުޅެނީ ގާތްގަނޑަކަށް 4 ޑޮލަރާއި 25 ޑޮލަރާ ދެމެދު އަގުތަކެއްގައި

ޔާސީން އުފައްދާ ވަޅީގެ އަގު އުޅެނީ ގާތްގަނޑަކަށް 4 ޑޮލަރާއި 25 ޑޮލަރާ ދެމެދު އަގުތަކެއްގައި

މިއީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި މެޝިނަރީގެ ޒަމާނޭ ދެންނެވުމުން އެކަމާ ދެބަސް ވާނެ މީހަކު ނުހުންނާނެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް އެހާމެ ފަސޭހައިން ކޮށްލެވެން ހުރި އިރު، މަސައްކަތުގެ މައިދާނުގައިވެސް ޓެކްނޮލޮޖީގެ ސަބަބުން ލިބޭ ލުއިތައް އިންތިހާއެވެ.

ހައްޓަށް ލުއިކަން ލިބިދޭނެ ކިތަންމެ މަގެއް ވަޒީފާގެ މައިދާނުގައި އޮތް ނަމަވެސް، ބައެއް ކަހަލަ މަސައްކަތްތަކަކީ، އެންމެ އިހު ޒަމާނުއްސުރެ އެކަން ކޮށް އުޅުނު ގޮތަށް ކޮށްގެން މެނުވީ އެންމެ ފުރިހަމަ ނަތީޖާ ނުނެރިވިދާނެ މަސައްކަތްތަކެކެވެ. ސޫރިޔާގެ ވެރިރަށް ދިޝިމިކުގައި ވަޅި ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ، އުމުރުން 76ގެ މި ކަނބުރަކީވެސް ހަމަ އެފަދަ މަސައްކަތެއް ކުރާ މީހެކެވެ. ޓެކްނޮލޮޖީއާއި މެޝިނަރީގެ ތަނަވަސްކަން އޮތް އަދުގެ ދުނިޔޭގައި އޭނާ އިހުތިޔާރު ކުރަނީ ދަގަނޑުވިރުވައިގެން އަމިއްލަ އަތުން ވަޅި އުފެއްދުމަށެވެ.

ދިމިޝްކުގެ ކުޑަ ފިހާރަގަނޑެއްގައި ވަޅި ހަދަން އިށީނދެލައިގެން އިން މަޙްމޫދު ޔާސީން، އެ މަސައްކަތް ކުރާތާ މިހާރު 60 އަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. ވަޅި ހެދުމަށް އޭނާގެ ހިތުގައި ހާއްސަ ލޯތްބެއް ޖެހުނީ ކުޑައިރުއެވެ. މިއަދުވެސް އޭނާގެ މަސައްކަތު ވައްޓަފާޅި ބައްޓަންވެފައި އޮތީ އެ ދުވަސްވަރުގެ މަސައްކަތުގެ ވެއްޓަށޭވެސް ދެންނެވިދާނެއެވެ.

ޔާސީން ވަޅި ހަދަނީ ބޯޓުދެލިން ހޫނު ކުރާ އަވަން ބޭނުން ކޮށްގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސްކަނޑާ މީހުންނާއި ކައްކާއިންގެ އިތުރުން ގޭތެރެގެ އެކި ކަންކަމަށް ބޭނުން ކުރާ ވަޅި އުފެދެއްދުމަށް އެ އަވަނުގައި ދަގަނޑު ހޫނުކޮށް، ސިފަ ގެނައުމަށް އޭގައި ގޮތްގޮތަށް ތަޅައެވެ.

އޭނާގެ ޒުވާން ދުވަސްވަރު، ދުވާލެއްގެ މައްޗަށް 20-30 ވަޅި ހަދައެވެ. ނަމަވެސް އުމުރުން ދުވަސްވަމުން ދިޔަ ވަރަކަށް ހަށިގަނޑުގެ ބާރު ދެރަވެ، މަސައްކަތުގެ އުފެއްދުންތެރިކަމަށްވެސް އަސަރު ފޯރަން ފެށިއެވެ. މިއަދު ޔާސީންގެ ދަރިފުޅުގެ އެހީތެރިކަމާއެކު އޭނާއަށް ދުވާލެއްގެ މައްޗަށް ތައްޔާރުކޮށްލެވެނީ 2 ނުވަތަ 3 ވަޅިއެވެ.

އުމުރުން އެންމެ 12 އަހަރުން ފެށިގެން ވަޅި ހެދުމުގެ މަސައްކަތާއި ވިޔަފާރި ކުރަމުން އަންނަ ޔާސީންގެ ފިރިހެން ދަރިފުޅު، ބައްޕައާއެކު އެ މަސައްކަތުގައި ބައިވެރިވާން ޝައުޤުވެރިކަން ފާޅުކުރުން ވީ، ޔާސީންއަށް ލުބުނު އިންތިހާ، ބޮޑު އުފަލަކަށެވެ. އެ ޖާޒުބާތުތައް، ޔާސީން ފެންކަޅި ކުރުވައެވެ.

ޔާސީން އުފައްދާ ވަޅީގެ އަގު އުޅެނީ ގާތްގަނޑަކަށް 4 ޑޮލަރާއި 25 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ.

ސޫރިޔާގައި ވަޅި ހަދަމުންދާ މަޙްމޫދު ޔާސީންދަގަނޑުވިރުވައިގެން އަމިއްލަ އަތުން ވަޅި އުފެއްދުން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖުލައި 2022

ނުކުޅެދޭ ހާލުގައިވެސް ޓީމުގެ އެންމެ ކުރިއަށް ގެންގޮސްދިނީ ދެގޮތެއް ނުވާ ސާބިތުކަން

31 ޖުލައި 2022
ނުކުޅެދޭ ހާލުގައިވެސް ޓީމުގެ އެންމެ ކުރިއަށް ގެންގޮސްދިނީ ދެގޮތެއް ނުވާ ސާބިތުކަން
29 ޖޫން 2022

ހަތަރެސްފައިގައި ވާގިނެތަސް މައިވަންތަ ލޯބިން ޒައްރެއްގެ މިންވަރުވެސް އުނި ނުވެއެވެ!

29 ޖޫން 2022
ހަތަރެސްފައިގައި ވާގިނެތަސް މައިވަންތަ ލޯބިން ޒައްރެއްގެ މިންވަރުވެސް އުނި ނުވެއެވެ!
25 ޖޫން 2022

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

25 ޖޫން 2022
ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
11 މެއި 2022

އާއިލާއިން ކުރަމުން އައި ކަނޑި ހެދުމުގެ މަސައްކަތް ދެމެހެއްޓުމަށް މަސައްކަތްކުރާ ޒުވާނެއް

11 މެއި 2022
އާއިލާއިން ކުރަމުން އައި ކަނޑި ހެދުމުގެ މަސައްކަތް ދެމެހެއްޓުމަށް މަސައްކަތްކުރާ ޒުވާނެއް
09 އެޕްރީލު 2022

ކުރިޔަށް އޮތް 10 އަހަރު ބާއްވާ އޮސްކާރ އެވޯރޑްސްގައި ވިލް ސްމިތަށް ބައިވެރިއެއްނުވެވޭނެ

09 އެޕްރީލު 2022
ކުރިޔަށް އޮތް 10 އަހަރު ބާއްވާ އޮސްކާރ އެވޯރޑްސްގައި ވިލް ސްމިތަށް ބައިވެރިއެއްނުވެވޭނެ
10 ފެބުރުއަރީ 2021

އުމުރުން 117 އަހަރުވީ މީހެއްގެ ތަޖުރިބާ: ކޮވިޑު ޖެހުނުހެން ހީވެސްނުވެއެވެ.

10 ފެބުރުއަރީ 2021
އުމުރުން 117 އަހަރުވީ މީހެއްގެ ތަޖުރިބާ: ކޮވިޑު ޖެހުނުހެން ހީވެސްނުވެއެވެ.
06 ސެޕްޓެމްބަރު 2020

ލަންކާގައި މަކަރުން ޓިއުޝަނަަށް ހާޒިރުނުވެ އުޅުނު ލޯބީގެ 100 ޖޯޑު ހައްޔަރަށް

06 ސެޕްޓެމްބަރު 2020
ލަންކާގައި މަކަރުން ޓިއުޝަނަަށް ހާޒިރުނުވެ އުޅުނު ލޯބީގެ 100 ޖޯޑު ހައްޔަރަށް
08 ނޮވެމްބަރު 2017

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
30 ޖޫން 2017

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!
24 ޖެނުއަރީ 2017

ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން

24 ޖެނުއަރީ 2017
ރައީސް ޕްރޮމޯޝަން މަސައްކަތްތަކުގައި ބައިވެރިނުވެވުމުން ހިތާމަ ކުރަން: މާހިރާ ޚާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް