Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ވެރިކަމުގައި ހިންގި ޚިޔާނާތްތައް

ރައީސް ޔާމީނަށްވުރެ ބޮޑަށް ގައުމަށް ޣައްދާރުވި ވެރިއެއް ނެތް: ނާޒިމް

ނާޒިމާއި ގާސިމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުންކަމަށް ޔާމީން ވަނީ ވިދާޅުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 ޖުލައި 2022 | އާދީއްތަ 16:33
މުހައްމަދު ނާޒިމް - އެމްއެންޕީގެ ރައީސް

މުހައްމަދު ނާޒިމް - އެމްއެންޕީގެ ރައީސް

ރައީސް ޔާމީނަށްވުރެ ބޮޑަށް ގައުމަށް ޣައްދާރުވެވަޑައިގަތް ވެރިއެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ޣައްދާރުންކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓަށް ރައްދުދެއްވަމުންއެވެ.

ނާޒިމް ވިދާޅުވީ އެންމެ ބޮޑު ޣައްދާރަކީ ޔާމީންކަމަށެވެ. އެމަނިކުފާނަކީ ވަތަނީ ލީޑަރޭ ރައީސް ޔާމީން ވިދާޅުވާއިރު، ވަތަނީ ލީޑަރަށް ވެރިކަން ދިނީމައި ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލައްވައި، ގައުމުގެ ފައިސާ ގެއްލުވާލައްވައި، މުޅި ދުނިޔެއާ ޖެހިވަޑައިގަންނަވާ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. ގައުމަށް ބޭނުންވަނީ ތާހިރު އުޅުންހުރި ވަތަނީ ލީޑަރެއް ކަމަށާއި، އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމީންކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޓްވީޓާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، ރައީސް ޔާމީން ވަލުދޮރާށިން ކަންކަން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ގާނޫނު ނަގަހައްޓަވައި ތަންފީޒުކުރައްވާނެ ކަމަށާއި، ގައުމު ތަރައްގީކުރެއްވީ ތާރީޚު ނުދެކޭ ސްޕީޑުގައިކަމަށް ވިދާޅުވިއެވެ.

ސައީދުގެ ޓްވީޓަށް ރައްދު ދެއްވައި އެމްއެންޕީގެ ނާއިބުރައީސް އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ޔާމީނުގެ އެކައުންޓުގައިހުރި ފައިސާ އެކައުންޓަށް ވަދެފަހުރިގޮތް ޝަރީއަތުގެ މަޖިލީހުގައި ޕީޖީ ކިޔައިދިނުމުން، ވަލުދޮރާށިން ކަންކަން ނުކުރައްވާނެކަން ވަރަށް ސާފުވިކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް، ނާޒިމް ފްރޭމްކުރި މައްސަލަ ފުލުހުން ބެލީމައި، ރައީސް ޔާމީނުގެ ވެރިކަމުގައި ބަޑިގުދަނުން ހަތިޔާރު ނެރުނުގޮތްވެސް ސާފުވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ކާނަލް ނާޒިމްކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމެންބަރު އަބްދުﷲ ރިޔާޒް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު