Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަށް ޖެހޭ މައްސަލަ

އެންމެ ގިނައިން ފެނަށް ޖެހޭ 6 އަތޮޅެއްގެ 14 ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކޮށް ނިމިއްޖެ

ވާރޭ ފެން ރައްކާކުރާ ނިޒާމް 47 ރަށެއްގައި ގާއިމްކޮށްފައިވާކަމާއި 43 ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކޮށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖުލައި 2022 | ހޮނިހިރު 04:40
ރަށެއްގައި ގާއިމްކޮށްފައި ހުރި ފެންޕްލާންޓެއް

ރަށެއްގައި ގާއިމްކޮށްފައި ހުރި ފެންޕްލާންޓެއް

ފެނުގެ މައްސަލަ ހައްލުކުރުމަށް ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން ފެނަށް ޖެހޭ 6 އަތޮޅެއްގެ 14 ރަށެއްގައި މަޝްރޫއު ނިމިފައިވާއިރު 59 ރަށެއްގައި މަޝްރޫއު ކުރިއަށްދާކަމަށް ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމާ ގުޅޭ ޕަރޕޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މި އޮޑިޓްގައި ބުނެފައިވަނީ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންދަނީ ހުރިހާ ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަޝްރޫއުތައް ހިންގާފައިވާ މިންވަރަށް ބަލައިއިރު، އެންމެ ގިނައިން ފެނަށް ޖެހޭ އަތޮޅުތަކުގައި (ހއ، ހދ، ށ، ނ، ރ، ބ) ފެނުގެ ވިއުގަ ގާއިމްކުރުމުގެ 14 މަޝްރޫއެއް ނިމިފައިވާކަމަށެވެ. އެއީ، ނިންމާފައިވާ ޖުމްލަ މަޝްރޫއުތަކުގެ 31 އިންސައްތަ މަޝްރޫއުކަމަށާއި، މި އަތޮޅުތަކުގެ 59 ރަށެއްގައި މި މަޝްރޫގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ގުޅިގެން އަތޮޅުތެރޭ ގިނަ ރަށްތައް ފެނަށްޖެހޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކި މަޝްރޫތައް ހިންގާފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ނިޔަލަށް ވާރޭ ފެން ރައްކާކުރާ ނިޒާމް 47 ރަށެއްގައި ގާއިމްކޮށްފައިވާކަމާއި 43 ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކޮށް ނިންމާފައިވާކަމަށް މި އޮޑިޓްގައި ބުނެފައިވެއެވެ.

ވާރޭފެން ނަގައި ރައްކާކުރާ މަޝްރޫތަކަކީ މުޅިރަށުގެ ބޯފެނުގެ ޑިމާންޑަށް ކޭޓަރ ކުރާގޮތަށް ފަރުމާކޮށްފައިވާ ނިޒާމަކަށް ނުވާތީ، މި ނިޒާމް މީގެ ކުރިން ގާއިމުކޮށްފައިވާ ރަށްތައް ވެސް ފެނަށްޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ. ފެނަށް ޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިފައިވަނީ ފެނުގެ ވިއުގަ ގާއިމުކޮށްފައިވާ ރަށްރަށުގައި ކަމަށް ވާއިރު، ފެނުގެ ވިއުގަ ގާއިމުކޮށްދިނުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ތަކުރާރުކޮށް ފެން ފޯރުކޮށްދޭ ރަށްރަށަށް ދެވިފައިނުވުމުގެ ސަބަބުން، މިރަށްރަށަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، 7 އަހަރަށްވުރެ ގިނަ އަހަރު ތަކުރާރުކޮށް ފެން ފޯރުކޮށްދީފައިވާ 29 ރަށުގެ ތެރެއިން ފެނުގެ ވިއުގައިގެ މަޝްރޫއު ނިމިފައިވަނީ 2 ރަށެއްގައިކަމަށް ބުނެފައިވެއެވެ. އަދި 27 ރަށެއްގައި މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ބުނެފައިވެއެވެ. އެހެންކަމުން، އަތޮޅުތެރޭގެ އެކި ރަށްރަށުން ފެނަށްޖެހޭ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރެވި، އަހަރުން އަހަރަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭނީ މިހާރު ހިންގަމުންދާ މަޝްރޫތައް ވީހާވެސް އަވަހަށް ނިންމާ ރައްޔިތުންނަށް އޭގެ މަންފާ ލިބިގެން ކަމަށް އޮޑިޓް ގައި ބުނެފައިވެއެވެ.

ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވާރޭފެން ރައްކާރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށި ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް މުޅިރާއްޖޭގައި ޖުމްލަ 47 ރަށެއްގައި މި މަޝްރޫއުގެ މަސައްކަތް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން 8 ރަށެއްގައި މަޝްރޫއު ހިންގުމަށް ރޭވި ނަމަވެސް، ސަރުކާރުގެ ސިޔާސަތު ބަދަލުވުމާ ގުޅިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވާރޭފެން ރައްކާކުރާ ނިޒާމް ގާއިމް ކުރެވިފައި ވީނަމަވެސް މީގެ ތެރެއިން ގިނަ ރަށްރަށަށް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މި މަޝްރޫއުތައް ހިންގާފައިވާ 47 ރަށުގެ ތެރެއިން 33 ރަށަކަށް މި މަޝްރޫއު ނިންމާފައިވާ މުއްދަތުގެ ފަހުންވެސް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

މިހެން ދިމާވަނީ، ރަށަށް އެކަށީގެންވާ ކެޕޭސިޓީގެ ހަޓުތައް ނެތުމާއި ފެން ހަޓުތައް ސާފުކޮށް ވާރޭފެން ނެގުމަށް ތައްޔާރުކޮށްފައި ނެތުމުގެ ސަބަބުން ކަމަށް ބައެއް ކައުންސިލްތަކުން މައުލޫމާތު ދީފައިވާކަމަށް އޮޑިޓްގައި ވެއެވެ. އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދީ ފެނަށްޖެހޭ މައްސަލައަށް އަވަސް ހައްލެއް ހޯދައި އެކަމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކުގެ ބޭނުން އެކަށީގެންވާގޮތުގައި ނުހިފޭނަމަ ދައުލަތުން މިކަމަށް ކުރަންޖެހޭ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވެ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދާނެކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ބީލަން ހުށަހަޅާފައިވާ ކޮންޓްރެކްޓަރުން، އެވަރެޖްކޮށް 72 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކިއެކި ކޮންޓްރެކްޓަރުންނާއެކު ހެދިފައިވާ އެއްބަސްވުންތަކުގައި އެންމެ ކުރު މުއްދަތެއްގެ ގޮތުގައި 30 ދުވަސް އަދި އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 90 ދުވަސް ހިމަނާފައިވާކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، 2015 އިން 2018 ވަނަ އަހަރަށް ހިންގާފައިވާ 18 މަޝްރޫއުގެ ތެރެއިން 94 އިންސައްތަ މަޝްރޫއުގެ މުއްދަތު އިތުރުކޮށްދީފައިވާކަމާއި މުއްދަތު އިތުރުކޮށްނުދީ މަސައްކަތް ނިންމާލެވިފައިވަނީ އެންމެ މަޝްރޫއެއްގައިކަމަށް ބުނެފައިވެއެވެ. އަދި 28 އިންސައްތަ މަޝްރޫއަށް ފުރަތަމަ އެއްބަސްވި މުއްދަތަށްވުރެ 3 ގުނަ އިތުރަށް މުއްދަތު ދީފައިވާކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ސާފު ބޯފެންފެނަކަ ކޯޕަރޭޝަންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު