Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ބާސެލޯނާއިން ތައްޔާރުވުން

ރޮނާލްޑޯ ގެނައުމުގެ ވިސްނުން ގެންގުޅުނުތޯ އެހުމުން ލަޕޯޓާ ސިދާ ޖަވާބެއް ނުދިން

އެކަމުގައި އޭނާ އިތުރު ތަފްސީލަކަށް ދާކަށް ބޭނުމެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2022 | ހޮނިހިރު 03:10
ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ރައީސް ލަޕޯޓާ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމަށް ބާސެލޯނާއިން ވިސްނުން ގެންގުޅުނުތޯ ސުވާލުކުރުމުން އެ ޓީމުގެ ރައީސް ޖޯން ލަޕޯޓާ ސީދާ ޖަވާބެއް ނުދެއެވެ.

ސީބީއެސް ސްޕޯޓްސް އަށް ލަޕޯޓާ ދިން އެކްސްކްލޫސިވް އިންޓަވިޔުއެއްގައި ވަނީ ރޮނާލްޑޯއާއި ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ވާހަކަ ދައްކާފައެވެ. ސީބީއެސް ސްޕޯޓްސް އިން ކުރި ސުވާލަކީ، ރޮބާޓް ލެވަންޑޯސްކީގެ ސޮއި ހޯދުމުގެ ކުރިން، ރޮނާލްޑޯ ގެނައުމުގެ އޮފަރ ބާސެލޯނާއަށް ލިބުނު ކަމަށް ދެކެވޭ ވާހަކައަކީ ތެދެއްތޯއެވެ. ޖަވާދު ދެމުން ލަޕޯޓާ ބުނީ އެ ބާވަތުގެ ވާހަކަ ތަކަކީ، ޓްރާންސްފަރ މާކެޓުގެ ދުވަސްވަރުގައި ދެކެވޭ ވާހަކަތަކެއް ކަމަށެވެ. ގިނަ ވާހަކަ ތަކެއް ދެކެވުނު ނަމަވެސް، ހަގީގަތަކީ އެންމެ ފަހު ވަގުތު ބާސެލޯނާއިން ބޭނުންވީ ލެވަންޑޯސްކީ ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑޭސްއާއި ގާތް ގުޅުމެއް އޮންނަ ކަމަށާއި، އޭނާ ދަންނަތާ ވަރަށް ޒަމާންވެއްޖެ ކަމަށެވެ. ލަޕޯޓާ ބުނީ އޭނާއަކީ އެންމެ މޮޅު އެޖެންޓުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި، އޭނާއަށް އިހުތިރާމުކުރާކަމަށެވެ.

ލަޕޯޓާގެ ޖަވާބާއި ގުޅިގެން ސީބީއެސް ސްޕޯޓްސް އިން ވަނީ އިތުރު ސުވާލެއް ކޮށްފައެވެ. އެއީ ރޮނާލްޑޯ ގެނައުމުގެ ވިސްނުން އެއްވެސްއިރަކު ގެންގުޅުނުތޯއެވެ. ނަމަވެސް ލަޕޯޓާ ވަނީ ސުވާލަށް ސީދާ ޖަވާބެއް ދިނުމަށް ދެކޮޅު ހަދާފައެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ، ބާސެލޯނާއިން އިޚްތިޔާރުކުރީ ލެވަންޑޯސްކީ ކަމަށާއި، އެއީ ބާސެލޯނާގެ މެއިން ޓާގެޓުކަމަށެވެ. އަދި އެކަމުގައި އޭނާ އިތުރު ތަފްސީލަކަށް ދާން ބޭނުންނުވާ ކަމަށެވެ.

ރޮނާލްޑޯއާއި ގުޅޭގޮތުން އިތުރު ސުވާލަކަށް ޖަވާބު ދެމުން ލަޕޯޓާ ބުނީ، އޭނާ އަކީ އަދިވެސް ވަރަށް ފިޓު، ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށެވެ. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއްކަން ފާހަގަކުރަމުން ލަޕޯޓާ ބުނީ، އޭނާއަށް ބައިވަރު އޮޕްޝަންތައް ހުންނާނެކަމަށެވެ. ލަޕޯޓާ ބުނީ ރޮނާލްޑޯއަކީ ޔުނައިޓެޑުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި ރޮނާލްޑޯގެ މުސްތަގުބަލަކީ އޭނާއާއި ބެހޭ ކަމެއް ނޫން ކަމަށާއި. އެކަމަކީ ޔުނައިޓެޑްއާއި ރޮނާލްޑޯއާއި ދެމެދު އޮތް ކަމެއް ކަމަށެވެ.

މީގެ އިތުރުން މި އިންޓަވިޔުގައި ލަޕޯޓާ ވަނީ ބާސެލޯނާއާއި ބެހޭ ގިނަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. މިގޮތުން ބާސެލޯނާއިން ހޯދި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ވާހަކައާއި، އެ ޓީމުގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންއާއި ގުޅޭ ގޮތުން ވެސް ލަޕޯޓާ ވަނީ ވާހަކަ ދައްކާފައެވެ. ލަޕޯޓާ ބުނީ ޑި ޔޯން ދޫކޮށްލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، އޭނާ އަކީ ބާސެލޯނާގެ ކުޅުންތެރިއެއް ކަމަށެވެ.

ބާސެލޯނާޖޮއާން ލަޕޯޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު