Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫންގެ ދިރާސާ ލިޔުން

"ﷲ ހަރާމް ކުރެއްވި ކަމެއްކަން ސާބިތުނުވާ ކަމެއް ހަރާމޭ ބުނުމުގެ ހައްގު އިންސާނުންނަކަށް ނޯންނާނެ"

ހަރާމް ކަމަކީ އެކަމެއް ކުރުން މާތް ﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 06:44
މައުމޫން އަބްދުލް ގައްޔޫމް

މައުމޫން އަބްދުލް ގައްޔޫމް

މާތް ﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ އެކިއެކި ހަރަކާތްތަކާއި އިސްލާމް ދީނާއި ގުޅުވައި ރައްޔިތުންގެ މެދުގައި ފަތުރާ ބައެއް ރައުޔުތަކާއި ގުޅިގެން ރައީސް މައުމޫންގެ ދިިރާސާ ލިޔުއްވުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ވަނީ އާންމުކޮށްފައެވެ. މިގޮތުން ޔޯގާ ހަރަކާތަކީ ހަރާމް ކަމެއް ކަމުގައި ބުނެ އެކި މީހުން އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާ މި ދަނޑިވަޅުގައި ރައީސް މައުމޫންގެ ކުރައްވާފައިވާ ދިރާސާ ލިޔުމުގައި ވަނީ އިންސާނާ ކުރާ ކަންތައްތަކުގެ ތެރެއިން ހުއްދަ ކަންކަމާއި، ހަރާމް ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ހަމައެކަނި މާތް ﷲ ކަން ފާހަގަކުރައްވާފައެވެ. ސުންނަތް ކަންކަމާއި، މަކުރޫހަ ކަންކަންވެސް ކަނޑައަޅުއްވާ ފަރާތަކީ އެއީ ކަމަށާއި، ހުކުމް ކުރެއްވުމުގައި ބާރު އޮންނަނީ ހަމައެކަނި އެ ކަލާނގެއަށް ކަމުގައި މައުމޫން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަރާމް ކަމަކީ އެކަމެއް ކުރުން މާތް ﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ކަމެއް ކުރުން މާތް ﷲ މުޅިން މަނާކުރައްވާފައިވާ ކަންކަން އެނގޭނެ ގޮތްތަކެއް ވާކަމަށާއި، އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑުގޮތަކީ ކީރިތި ގުރުއާނުގެ އާޔަތްތަކުން ނުވަތަ ރަސޫލާގެ ބަސްފުޅަކުން އެކަން ސަރީހަކޮށް އެނގެން އޮތުން ކަމުގައި ވިދާޅުވިއެވެ.

އަދި އަނެއް ގޮތަކީ ގަރީނާއަކުން އެކަން އެނގުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެކަމެއް ނުކުރުމަށް ނުވަތަ އެކަމަކުން ދުރުހެލިވުމަށް މާތް ﷲ އަންގަވާފައިވާ އެންގެވުމާއި ގުޅިގެން އެކަމަކީ ފާފައެއް ކަމުގައި ނުވަތަ ޝައިތާނާގެ އަމަލެއް ކަމުގައި އަންގަވާފައިވުމެވެ. އެކަމެއް ކުރާ މީހަކަށް އުގުބާތެއް ކަނޑައަޅުއްވާފައިވާކަމުގައި މާތްﷲ އަންގަވާ އެންގެވުމަކީވެސް އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެ ވަރަށް ވަރުގަދަ ގަރީނާއެއް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާލާއިރު، އިސްލާމް ދީނަކީ ލުއިފަސޭހަ އަދި ހުރިހާ ޒަމާނަކަށާއި، ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭއިރު، މާތް ﷲ ހަރާމް ކުރައްވާފައިނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ކަމެއްގެ ހުކުމާ ބެހޭގޮތުން މުފްތީއެއްގެ އަރިހުގައި ސުވާލުވެވިއްޖެނަމަ އެކަމާބެހޭ ހުކުމެއް ކީރިތި ގުރުއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝްރުއީ ދަލީލަކުން ފެނިވަޑައިނުގެންނެވިނަމަ މުފްތީއަށް އޮންނާނީ އެއީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ދިރާސާ ލިޔުމުގައި ވިދާޅުވެފައި ވަނީ މާތް ﷲ ހަރާމް ކުރެއްވި ކަންކަން ސާބިތު ނުވާ އެއްވެސް ކަމަކީ ހަރާމް ކަމެއް ކަމުގައި ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯންނާނެ ކަމަށެވެ. އަލަށް އުފެދޭ މުއާމަލާތްތަކާއި، އާދަކާދަތަކުގެ ތެރެއިންވެސް އެކަމަކީ ހަރާމް ކަމެއްކަން ސާބިތުނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމަކަށްކަން ވަނީ ފާހަގަކުރައްވާފައެވެ. ހަރާމް ކަމެކޭ ބުނެވޭނީ ގުރުއާނާ ސުންނަތުން އެއީ ހަރާމް ކަމެއްކަން ސާބިތުވާން އޮތްނަމަ އެ ހާލަތެއްގައި ކަމަށް މައުމޫން ވިދާޅުވިއެވެ.

ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހިކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ހަރާމް ކަމެއް އެކުލެވިގެންވާނަމަ ނުވަތަ އެކަމަކީ ހަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތްތަކަށް ވާނަމަ އެކަމެއް ޔަގީނުންވެސް ހަރާމްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްޔޯގާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަނީ

ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަނީ

24 އޮކްޓޯބަރު 2025
ކަސްރަތު ކުލާހާއި ސުޓޫޑިއޯ ފަދަ ނަމުގައި ވިޔަސް ޔޯގާ ހިންގުމަކީ ހަރާމް ކަމެއް: އިލްމުވެރިންގެ ގުޅުން

ކަސްރަތު ކުލާހާއި ސުޓޫޑިއޯ ފަދަ ނަމުގައި ވިޔަސް ޔޯގާ ހިންގުމަކީ ހަރާމް ކަމެއް: އިލްމުވެރިންގެ ގުޅުން

30 ސެޕްޓެމްބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު