Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔޯގާ

ކަސްރަތު ކުލާހާއި ސުޓޫޑިއޯ ފަދަ ނަމުގައި ވިޔަސް ޔޯގާ ހިންގުމަކީ ހަރާމް ކަމެއް: އިލްމުވެރިންގެ ގުޅުން

ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާ އާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވާލާފައިވޭ

ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2025 | އަންގާރަ 12:38
އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން - 21 ޖޫން 2022 (ފައިލް)

އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުން - 21 ޖޫން 2022 (ފައިލް)

ކަސްރަތު ކުލާސްތަކާއި ސްޓޫޑިއޯ ފަދަ ތަފާތު ނަމުގައި ވިޔަސް ޔޯގާ ގެ ހަރަކާތްތައް ހިންގުމަކީ ހަރާމް ކަމެއް ކަަމަށާއި އެކަން ހިންގުން ކުށްވެރި ކުރާ ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.

އަންގާރަ ދުވަހު އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ގެ ހަގީގަތާއި އޭގެ ހުކުމާއި ގުޅޭ ގޮތުން ރާއްޖޭގެ އިލްމުވެރިން ކޮށްފައިވާ ދިރާސާ އިން ޔޯގާ އަކީ އޭގެ ޒާތުގައި ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެން ކަމުން އެއީ ޝިރުކުގެ އަމަލެއް ކަމަށާއި ކަސްރަތުގެ ގޮތުގައި ވިޔަސް ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

މި ދިރާސާ ގެ ހޯދުންތަކުގެ އަލީގައި 104 އިލްމުވެރިން މި ގޮތައް އެއްބަސްވެފައިވާ ކަމަށާއި އެކަން މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ބަޔާނުގައި ވަނީ ޔޯގާ ގެ ކަންކަން ހުއްޓުވައި ދިނުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފުލުހުންނަށް ފޮނުވާފައި ސިޓީގައި ވެސް ޔޯގާ އަކީ އިސްލާމީ ޝަރީއަތާ ޚިލާފު ހަރާމް ކަމެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާ އާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވަމެވެ."

ޝިރުކުގެ އަމަލަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފާ ކަމަށް ބަޔާނުގައި ފާހަގަ ކުރަމުން އިތުރަށް ބުނެފައިވަނީ އެކަމުން ތައުބާ ނުވެވި އެކަމުގެ މަތީގައި ހުއްޓާ މަރުވެއްޖެ ނަމަ އެއީ ނުފުއްސަވާނެ ފާފަ އެއް ކަމަށެވެ.

ޔޯގާ ކުލާސް ތަކާއި ޕްރޮގްރާމް ތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވުމާއެކު އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމި އޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު އިލްމުވެރިންގެ ފަރާތުން ތަކުރާރު ކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނާއި މުއައްސަސާތަކަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިލްމުވެރިންގެ ގުޅުމުން މި ބަޔާން ނެރުނު އިރު ޔޯގާ ކްލާސްތައް ހިންގާ ބެލެންސް ސްޓޫޑިއޯ ގެ ނަމުގައި ޒަމާނީ ސުޓޫޑިއޯ އެއް ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭގައި ވަނީ ހުޅުވާފައެވެ. މި ސްޓޫޑިއޯ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާ ޖަނަވާރުގެ ކަންކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ފާހަގަ ކުރި އިރު، 2022 ވަނަ އަހަރު ޖޫން މަހުގެ 21 ވަަނަ ދުވަހު ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ބަޔަކު އަރައިގަނެ، އަޑުގަދަ ކޮށް އެ ހަރަކާތައް ހުރަސް އަޅާފައިވެއެވެ.

އެ ދުވަހު ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަ ހިފައިގެން ތިބި އެ މީހުން ދަނޑަށް ވަދެގަނެ، "ﷲ އަކްބަރު" އޭ ގޮވައި، ޔޯގާ ހަދަން ތިބި މީހުން އެ ތަނުން ނުކުތުމަށް ހަރުކަށި އިންޒާރު ދިނެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ އިވެންޓަށް ހުރަސް އަަޅަން ފުލުހުންގެ ލައިން ފަޅާލައި ދިދަތަކާ އެކު އަރައިގަނެ، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ބިރުދައްކައި އިންޒާރު ދީ ހިންގި ހަމަނުޖެހުމުގައި ބޭނުންކުރި ދިދަތައް އެރޭ ފަތިހު ނެރުނީ ޕީޕީއެމްގެ އޮފީހުން ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. ޕީޕީއެމް އަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު އާއި މިހާރުގެ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އޭރު ނިސްބަތްވި ސިޔާސީ ޕާޓީއެވެ.

އެހެން ނަމަވެސް ޔޯގާ ގެ ހަރަކާތްތައް ހިންގުމަށް ފުރިހަމަ އަށް މިސަރުކާރުން ވެސް އަންނަނީ ފުރުސަތު ދެމުންކަން ފާހަގަ ކުރެވެއެވެ.

ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ބައެއް ފަރާތްތަކުގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.

ޔޯގާބެލެންސް ސްޓޫޑިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަނީ

ސަރުކާރުން ހުއްދަ ދީގެން ފެށި ޔޯގާ ސްޓޫޑިއޯ ނުހުއްޓުވީ ކީއްވެތޯ ހޯމްލޭންޑް މިނިސްޓަރާ ސުވާލު ކުރަނީ

24 އޮކްޓޯބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
ޔޯގާ މައްސަލަ: ޝެއިހް ފަޒްލޫންއާއި ނިޝާންގެ ވަކީލުން ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ނުގެންދެވުނު

ޔޯގާ މައްސަލަ: ޝެއިހް ފަޒްލޫންއާއި ނިޝާންގެ ވަކީލުން ހާޒިރުނުވާތީ އަޑުއެހުން ކުރިއަށް ނުގެންދެވުނު

27 އޯގަސްޓު 2024
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން ބަންދުކުރީ ރަނގަޅަށް: ހައިކޯޓު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހު ނިޝާން ބަންދުކުރީ ރަނގަޅަށް: ހައިކޯޓު

04 އޯގަސްޓު 2022
ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

28 ޖުލައި 2022

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު