Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގޮތަބަޔާ ކޯޓަށް ހާޒިރުވާން އެންގުން

ގޮތަބަޔާ 1 އޮގަސްޓުގައި ކޯޓަށް ހާޒިރުވާން އަންގައިފި

ގޮތަބަޔާ މިހާރު ހުންނެވީ ސިންގަޕޫރުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 10:33
ގޮތަބަޔާ ރާޖަޕަކްސަ

ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ކޯޓަށް ހާޒިރުވާން އެ ގައުމުގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ގޮތަބަޔާ ހާޒިރުވާން އަންގާފައިވަނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ގައުމު ބަނގުރޫޓުވުމާ ހިސާބަށް ދިއުމުގައި، އޭރުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ރޯލާ ގުޅޭގޮތުން ތަހުގީގެއް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ލަންކާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމެކެވެ.

ގޮތަބަޔާ ކޯޓަށް ހާޒިރުވުމަށް ލަންކާގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން އަންގާފައިވާއިރު، އެމަނިކުފާނު އިތުރު 14 ދުވަހަށް ސިންގަޕޫރުގައި މަޑުކުރައްވަން ނިންމަވާފައިވާކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާއަށް އަނބުރާ ވަޑައިނުގެން ސިންގަޕޫރުގައި އިތުރު 14 ދުވަހު މަޑުކުރައްވާނެކަން ހާމަކުރައްވާފައިވަނީ، އަންގާރަ ދުވަހު ގޮތަބަޔާ ގައުމަށް އެނބުރި ވަޑައިގަންނަވާކަން، ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާނު ބަންޑުލާ ގުނަވަރދެނާ ހާމަކުރައްވާފައިވަނިކޮށެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ މުޒާހަރާތައް އިތުރުވުމާގުޅިގެން ގޮތަބަޔާ ވަނީ ފިއްލަވައި ވަޑައިގެންފައެވެ. އެމަނިކުފާނު އިސްތިއުފާދެއްވީވެސް ފިއްލައިގެން ސިންގަޕޫރަށް ވަޑައިގެން ހުންނަވައެވެ. ނަމަވެސް އެމަނިކުފާނު އަނބުރާ ގައުމަށް ގެނައުމަށް އެ ގައުމުގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ގޮތަބަޔާ މަގާމުން އިސްތިއުފާދެއްވުމާއެކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ޖުލައި 20 ވަނަ ދުވަހު ވަނީ ވަގުތީ ރައީސްގެ މަގާމަށް އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އައްޔަން ކުރައްވާފައެވެ. އެމަނިކުފާނު އައްޔަން ކުރައްވާފައިވަނީ މަޖިލީހުގެ 134 މެމްބަރުންގެ ތާއީދާއެކުގައެވެ.

ރަނިލް ވިކްރަމަސިންހަ ވަނީ މިހާރު އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ދިނޭޝް ގުނަވަރުދަނާ އައްޔަންކުރައްވާފައެވެ.

ގޮތަބަޔާ ރާޖަޕަކްސަސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟

‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟

20 ސެޕްޓެމްބަރު 2024
ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި

ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި

02 ޖުލައި 2024
ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

22 ފެބުރުއަރީ 2023
ބޭރު ފައިސާ ނެތިގެން ތެޔޮ ބޯޓު ލަންކާގެ ބޭރުގައި އޮންނަތާ 53 ދުވަސް

ބޭރު ފައިސާ ނެތިގެން ތެޔޮ ބޯޓު ލަންކާގެ ބޭރުގައި އޮންނަތާ 53 ދުވަސް

04 ނޮވެމްބަރު 2022
ދަށް އާމްދަނީ ލިބޭ ޤައުމުގެ ތެރޭގައި ނުހިމަނައި އެ ޤައުމުތަކަށް ދޭ އެހީއަށް ލަންކާއިން އެދެނީ

ދަށް އާމްދަނީ ލިބޭ ޤައުމުގެ ތެރޭގައި ނުހިމަނައި އެ ޤައުމުތަކަށް ދޭ އެހީއަށް ލަންކާއިން އެދެނީ

11 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު