Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުއަރޭޒްގެ ކުރިމަގު

ސުއަރޭޒް އޭނާގެ ކުރީގެ ކުލަބަށް ބަދަލުވަނީ

ނަސިއޮނާލް އަކީ ސުއަރޭޒް އޭނާގެ ސީނިއަރ ކެރިއަރު ފެށި ކުލަބް، އޭގެ ކުރިން ޔޫތު ކެރިއަރުގައި ވެސް އެ ޓީމަށް ކުޅެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2022 | ބުދަ 07:29
ލުއިސް ސުއަރޭޒް

ލުއިސް ސުއަރޭޒް

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އޭނޭގެ ކުރީގެ ކުލަބަށް ގުޅެން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް ސުއަރޭޒް ބުނީ އޭނާގެ ކުރީގެ ކުލަބް ނަސިއޮނާލަށް ގުޅުމަށް ލިބުނު ހުށަހެޅުމަކީ ދޫކޮށްލެވޭ ވަރުގެ ފުރުސަތެއް ނޫންކަމަށެވެ. ނަސިއޮނާލް އަކީ ސުއަރޭޒް އޭނާގެ ސީނިއަރ ކެރިއަރު ފެށި ކުލަބެވެ. އޭގެ ކުރިން ޔޫތު ކެރިއަރުގައި ވެސް ސުއަރޭޒް ވަނީ އެ ޓީމަށް ކުޅެފައެވެ. ސުއަރޭޒް އެ ޓީމު ދޫކޮށްލީ 2007 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ގުޅުނީ ގްރޮނިންގެން އަށެވެ. އެ ޓީމުގައި އެއް އަހަރު ހޭދަކުރުމަށްފަހު، 2007 ވަނަ އަހަރު އަޔެކްސް އަށް ބަދަލުވިއެވެ. ސުއަރޭޒްގެ މޮޅު ކުޅުމުގެ ސަބަބުން ލިބުނު ފުރުސަތެއްގައި އޭނާ ވަނީ 2011 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެފައެވެ.

އޭގެ ފަހުން ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވެ އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. ސުއަރޭޒް އޭނާ އެންމެ ފަހުން ކުޅުނު ކުލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. ދެ އަހަރު ދުވަހު އެ ޓީމަށް ކުޅެދިނުމަށްފަހު، 2022 ވަނަ އަހަރު އެ ޓީމު ދޫކޮށްލިއެވެ. ސުއަރޭޒް އަކީ މިވަގުތު ފްރީ އެޖެންޓެކެވެ.

ނަސިއޮނާލަށް ބަދަލުވުމާ ގުޅޭ ގޮތުން ސުއަރޭޒް ބުނީ އެ ޓީމާއެކު ޕްރީ-އެގްރީމަންޓަކަށް އާދެވިފައިވާކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަދަލުވުމުގެ ކަންކަން ރަސްމީކޮށް ހަމަޖެހުމާއެކު އިތުރު ކަންކަން ހިއްސާކުރާނެ ކަމަށެވެ.

އުމުރުން 35 އަހަރުގެ ސުއަރޭޒް ވަނީ އުރުގުއޭއާއެކު މިއަހަރުގެ ފަހުކޮޅު ޤަތަރުގައި އޮންނަ ވޯލްޑް ކަޕުން ޖާގަ ހޯދާފައެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 132 މެޗުގައި 68 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ޤައުމީ ޓީމާއެކު އޭނާ ވަނީ 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ.

ލުއިސް ސުއަރޭޒް

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2025

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް
21 އޯގަސްޓު 2025

ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް

21 އޯގަސްޓު 2025
ސުއަރޭޒްގެ ދެ ލަނޑުން މޮޅުވެ، މިއާމީ ލީގްސް ކަޕްގެ ސެމީ ފައިނަލަށް
09 ޖޫން 2024

މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!

09 ޖޫން 2024
މެސީ ޙިއްސާ ކުރީ ސުއަރޭޒް އާއި ނޭމާއާ އޮންނަ ގާތް ގުޅުން!
05 މެއި 2024

މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު

05 މެއި 2024
މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު
17 މާރިޗު 2024

ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް

17 މާރިޗު 2024
ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު