Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޯޝް ޗެމްޕިއަންޝިޕް

ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

މިއީ ޔަންގް ޝޫޓަރސް މުބާރާޓް ކާމިޔާބުކުރި ތިންވަނަ ފަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 15:25
މުބާރާތުގެ ޗެމްޕިއަން ޔަންގް ޝޫޓަރސް

މުބާރާތުގެ ޗެމްޕިއަން ޔަންގް ޝޫޓަރސް

ނ. ހެނބަދޫ ޖޯޝް ޖަމްއިއްޔާއިން ކުރިއަށްގެންދިޔަ ޖޯޝް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޔަންގް ޝޫޓަރސްއިން ކާމިޔާބުކޮށްފިއެވެ.

ޔަންގް ޝޫޓަރސް މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗުގައި 3-0ން އެފްސީ ބްރަދަރސް ބަލިކޮށްގެންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޔަންގް ޝޫޓަރސްއަށް ލީޑު ނަގައިދިނީ ކެޕްޓަން ހުސައިން އަބްދުﷲ (އުޗީ)އެވެ. ޔަންގް ޝޫޓަރސްގެ އަނެއް ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު މައުރޫފްއެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖަހަން ބްރަދަރސްއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް މުހައްމަދު ވަހީދު (ކޮކީ) ފޮނުވާލި ޕެނަލްޓީ، ޔަންގް ޝޫޓަރސްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ޔަންގް ޝޫޓަރސްއިން މުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ އެޓީމުން މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މުބާރާތުގެ ރަނައަޕްކަން ބްރަދަރސްއަށް ލިބުނުއިރު، ފެއާ ޕްލޭ ޓީމަކީ އެފްސީ ހާގަނޑެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ބްރަދަރސްގެ މުހައްމަދު ވަހީދުއެވެ. އޭނާ ވަނީ މުބާރާތުގެ ރަން ބޫޓާއި އެންމެ މޮޅު ފޯވާޑްގެ މަގާމުވެސް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކީ ގްރޭވްސް އެފްސީގެ ހުސައިން އިބްރާހިމް (ކުޑޫ)އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޗެމްޕިއަން ޔަންގް ޝޫޓަރސްގެ އިގްލީމް އަލީއެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ޔަންގް ޝޫޓަރސްގެ މުހައްމަދު ޝާހީންއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހާގަނޑުގެ ނައިސަމް މުހައްމަދު ނަސީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބްރަދަރސްގެ ކޯޗު އިސްމާއިލް ވަހީދުއެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކީ ބްރަދަރސްގެ ހަސަން ޖަވާދުއެވެ.

ނ. ހެނބަދޫ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް
12 އޯގަސްޓު 2023

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

12 އޯގަސްޓު 2023
ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި
24 ޖުލައި 2022

ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް

24 ޖުލައި 2022
ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް
17 ޖުލައި 2022

ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ

17 ޖުލައި 2022
ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ
17 ޖުލައި 2022

ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި

17 ޖުލައި 2022
ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު