Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޝް ޗެމްޕިއަންޝިޕް 2022

ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕް ފަށައިފި

13 ޖުލައި 2022 | ބުދަ 16:45

މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޔަންގް ޝޫޓަރސްއާއި ލަވެންޑަރސް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ޖުލައި 2022 | ބުދަ 16:45
ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހެނބަދޫ ޖޯޝް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނ. ހެނބަދޫގައި އެރަށު ޖޯޝް ޖަމްއިއްޔާއިން ކޮންމެ އަހަަރަކު ބާއްވަމުން އަންނަ ޖޯޝް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެފްސީ ހާގަނޑާއި އެފްސީ ބްރަދަރސްއެވެ. މި މެޗު 5-1ން ކާމިޔާބުކުރި އެފްސީ ބްރަދަރސްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރަދަރސްއަށް ލީޑުނަގައިދިނީ އަހުމަދު އަލީއެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ހާގަނޑުގެ އަހުޝަން އަލީ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަކޮށްފައެވެ. ބްރަދަރސްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު ވަހީދެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ބްރަދަރސްގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ޖެހި އަހުމަދު އަލީއެވެ. ދެވަނަ ހާފުގައި ކުޅެން ނިކުމެ ބްރަދަރސްގެ ވަހީދު ވަނީ އިތުރު ދެލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ވަހީދެވެ.

މި މުބާރާތަކީ 2006 ވަނަ އަހަރުން ފެށިގެން ހެނބަދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް 2016 ވަނަ އަހަރު މެދުކަނޑާލުމަށްފަހު މުބާރާތް އަލުން ފެށީ 2018 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. ބްރަދަރސްއާއި ހާގަނޑުގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ ޔަންގް ޝޫޓަރސް، ގްރޭވްސް އެފްސީ އަދި ލަވެންޑަރސް ޔުނައިޓެޑްއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 4،000 ރުފިޔާގެ އިތުރުން، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ބައްދަލުކޮށް މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޔަންގް ޝޫޓަރސްއާއި ލަވެންޑަރސްއެވެ.

ނ. ހެނބަދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް
12 އޯގަސްޓު 2023

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

12 އޯގަސްޓު 2023
ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި
26 ޖުލައި 2022

ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

26 ޖުލައި 2022
ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
24 ޖުލައި 2022

ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް

24 ޖުލައި 2022
ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް
17 ޖުލައި 2022

ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ

17 ޖުލައި 2022
ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ
17 ޖުލައި 2022

ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި

17 ޖުލައި 2022
ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި
15 ޖުލައި 2022

ދެވަނަ މެޗުވެސް ބްރަދާސް ކާމިޔާބުކޮށްފި

15 ޖުލައި 2022
ދެވަނަ މެޗުވެސް ބްރަދާސް ކާމިޔާބުކޮށްފި
14 ޖުލައި 2022

ޔަންގް ޝޫޓަރސްއިން ފެށުން ރަނގަޅުކޮށްފި

14 ޖުލައި 2022
ޔަންގް ޝޫޓަރސްއިން ފެށުން ރަނގަޅުކޮށްފި
10 ޖުލައި 2022

ރާމިޒް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

10 ޖުލައި 2022
ރާމިޒް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް
09 ޖުލައި 2022

ހެނބަދޫއިން ގެއްލިގެން ހޯދާ މީހާ ދަތުރު ކުރި ކެނޯ ފެނިއްޖެ، މީހާ ނުފެނޭ!

09 ޖުލައި 2022
ހެނބަދޫއިން ގެއްލިގެން ހޯދާ މީހާ ދަތުރު ކުރި ކެނޯ ފެނިއްޖެ، މީހާ ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް