Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޯޝް ޗެމްޕިއަންޝިޕް

ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް

ފައިނަލް މެޗު އޮންނާނީ ޖުލައި 26 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 15:14
މުބާރާތުގައި ބްރަދަރސްއާއި ގްރޭވްސް ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި ބްރަދަރސްއާއި ގްރޭވްސް ބައްދަލުކުރި މެޗުގެ ތެރެއިން

ނ. ހެނބަދޫގައި މިހާރު ކުރިއަށްދާ ޖޯޝް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ފަހު ޖާގަ އެފްސީ ބްރަދަރސް ކަށަވަރުކޮށްފިއެވެ.

ބްރަދަރސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ގްރޭވްސް އެފްސީ ބަލިކޮށްގެންނެވެ. މިއަދު ކުޅުނު ސެމީ ފައިނަލް މެޗު އެޓީމުން ކާމިޔާބުކުރީ 2-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ގްރޭވްސްއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރަމީޒްއެވެ. ނަމަވެސް ބްރަދަރސްގެ މުހައްމަދު ވަހީދު (ކޮކީ) ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ބްރަދަރސް މޮޅުވި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް ޝަރީފުއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 26 ވަނަ ދުވަހުއެވެ. ފައިނަލްގައި ބައްދަލުކުރާނީ ބްރަދަރސްއާއި ޔަންގް ޝޫޓަރސްއެވެ. ލީގު ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ޔަންގް ޝޫޓަރސްއެވެ.

ނ. ހެނބަދޫ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2024

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް
12 އޯގަސްޓު 2023

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

12 އޯގަސްޓު 2023
ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި
26 ޖުލައި 2022

ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

26 ޖުލައި 2022
ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
17 ޖުލައި 2022

ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ

17 ޖުލައި 2022
ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ
17 ޖުލައި 2022

ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި

17 ޖުލައި 2022
ލަވެންޑާ ޔުނައިޓެޑް ތިންވަނައަށް ޖެހިލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު