Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެނބަދޫއިން މީހަކު ގެއްލުން

ރާމިޒް އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

10 ޖުލައި 2022 | އާދީއްތަ 07:16

ރާމިޒް ގެއްލުނީ ހުކުރު ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ޖުލައި 2022 | އާދީއްތަ 07:16
ގެއްލިގެން ހޯދާ ރާމިޒް

ގެއްލިގެން ހޯދާ ރާމިޒް

ނ. ހެނބަދޫއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު، ކުންނާރުގެ އުމުރުން 28 އަހަރުގެ އިބްރާހިމް ރާމިޒް ގެއްލިގެން ހޯދަން ފަށާފައިވަނީ ހުކުރު ދުވަހުއެވެ. މިހާތަނަށް އޭނާގެ އެއްވެސް ޚަބަރެއް ލިބިފައިނުވާކަމަށާއި އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ހެނބަދޫ ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

ރާމިޒް ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން ކުރަމުން އަންނައިރު އޭނާ ދަތުރު ކުރި ކަމަށް ބެލެވޭ ކެނޯއެއް ވަނީ ނ. ކެނދިކުޅުދޫ ހުޅަނގު އަތިރިމައްޗަށް ލައްގާފައި އޮއްވާ ފެނިފައެވެ. އެ ކެނޯގައި އޭނާ ދަތުރު ކުރި ކަމަށް ލަފާކުރަނީ އޭނާ ގެއްލިގެން ހޯދަމުން ދިޔައިރު އެ ރަށުގެ ގޮނޑުދޮށުގައި އޮތް ކެނޯއެއް ބާލާފައިވާކަން ފާހަގަކުރެވިފައިވާތީއެވެ.

ރާމިޒު ކުރިން މަސައްކަތް ކުރަމުން އައީ ރަށުން ބޭރުގައެވެ. ނަމަވެސް އޭނާ ގެއްލުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ރަށަށް ބަދަލުވެގެން އުޅެނިކޮށެވެ.

ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ރާމިޒުއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

ރާމިޒް ގެއްލިގެން ހޯދަން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ 7:00 އެހާއިރުން ފެށިގެންނެވެ. ރާމިޒް ހޯދުމުގެ މަސައްކަތް ހެނބަދޫގެ ރައްޔިތުންނާއި އެމްއެންޑީއެފްގެ ނޮދަން އޭރިއަރ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަނުން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި ކެނދިކުޅުދޫއަށް ލައްގާފައި އޮތް ކެނޯ އާއްމު މީހަކަށް ފެނިގެން އެ ރަށު ކައުންސިލަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އަދި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް އޭގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:15 އެހާއިރު ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ރާމިޒު ހޯދަން ހެނބަދޫ އާއި ކެނދިކުޅުދޫ އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު ކޯސްޓްގާޑުގެ ސިފައިން ވަނީ ބަލާފައެވެ. އަދި އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެ މަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ބަލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދާ މީހުން ނ. ހެނބަދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ފެނިއްޖެ

05 ސެޕްޓެމްބަރު 2025
ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ފެނިއްޖެ
17 ޑިސެމްބަރު 2024

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް
17 ޑިސެމްބަރު 2024

ކަނޑުމަތިން ނޭޕާލް މީހަކު ގެއްލިއްޖެ

17 ޑިސެމްބަރު 2024
ކަނޑުމަތިން ނޭޕާލް މީހަކު ގެއްލިއްޖެ
12 އޯގަސްޓު 2023

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

12 އޯގަސްޓު 2023
ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި
05 އެޕްރީލު 2023

އަމީންގިރި ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

05 އެޕްރީލު 2023
އަމީންގިރި ރިސޯޓުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
06 ފެބުރުއަރީ 2023

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

06 ފެބުރުއަރީ 2023
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
10 އޮކްޓޯބަރު 2022

ހުޅުމާލޭން ބިދޭސީއަކު ގެއްލިގެން ހޯދަނީ

10 އޮކްޓޯބަރު 2022
ހުޅުމާލޭން ބިދޭސީއަކު ގެއްލިގެން ހޯދަނީ
26 ޖުލައި 2022

ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

26 ޖުލައި 2022
ޔަންގް ޝޫޓަރސްއިން ޖޯޝް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
24 ޖުލައި 2022

ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް

24 ޖުލައި 2022
ގްރޭވްސް ބަލިކޮށް ބްރަދަރސް ފައިނަލަށް
17 ޖުލައި 2022

ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ

17 ޖުލައި 2022
ޔަންގް ޝޫޓަރސްއާއި ގްރޭވްސް އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް