Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުއާއި ވިކްޓްރީގެ ވާދަ

"ރަސް ވާދަ" އަށް ބޮޑު ސަމާލުކަމެއް، ތިން އަހަރުގެ ތެރޭގައި ފެންނާނެ އެންމެ ފޯރިގަދަ މެޗު!

24 ޖުލައި 2022 | އާދީއްތަ 10:37

ނިއުރޭޑިއަންޓާއި ވިކްޓްރީ އެއް ޓީމް އަނެއް ޓީމާ އެންމެ ފަހުން ވާދަކުރީ 2018 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 ޖުލައި 2022 | އާދީއްތަ 10:37
ނިއުރޭޑިއަންޓާއި ވިކްޓްރީގެ ރަސްވާދަ

ނިއުރޭޑިއަންޓާއި ވިކްޓްރީގެ ރަސްވާދަ

ރާއްޖޭގެ ކުޅިވަރުގެ އެންމެ ކާމިޔާބު ދެ ކްލަބަކީ ނިއުރޭޑިއަންޓާއި, ވިކްޓްރީއެވެ. ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގަ އެދެނަމާއި އެއްހަމައަކަށް އަންނަން އޮތީ ހަމައެކަނި ކްލަބް ވެލެންސިޔާއެވެ.

ވިކްޓްރީއާއި ނިއުރޭޑިއަންޓް ނެތި ތިން އަހަރެއްހާ ދުވަސް ދިއުމަށްފަހު އެދެކްލަބަށް ކުރިމަތިވި ހާލަތުން އަރައިގަނެ, މިއަހަރު ވާދަކުރަމުން އެދަނީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައެވެ. ކުރިއަށް އޮތް ސީޒަންގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ދެޓީމް މަސައްކަތް ކުރަން ޖެހިފައިވަނީ އެއް ގްރޫޕެއްގައި ހިމެނިގެންނެވެ. ގްރޫޕް ސްޓޭޖްގައި ދެޓީމް އެއް ޓީމް އަނެއް ޓީމާ ވާދަކުރަން ޖެހެއެވެ. މިރެއަކީ އެވާދަވެރި މެޗު އޮންނަ ރެއެވެ. 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ނިއުރޭޑިއަންޓާއި ވިކްޓްރީ އެއް ޓީމް އަނެއް ޓީމާ ވާދަކުރަނީއެވެ.

ދެޓީމްގެ މެނޭޖްމަންޓުން މެޗު އިޝްތިހާރުކުރަނީ "ރަސް ވާދަ" އިގެ ގޮތުގައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެޓީމް މެޗަށް ނިކުންނަނީ ރަސް ވާދައަށެވެ. މެޗަށް ނިކުންނައިރު ދެޓީމުންވެސް ޝައްކެއް ނެތްމިންވަރަށް ދޭ އެއް ޔަޤީންކަމެއް އެބައޮތެވެ. އެއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ގަލޮޅު ރަސްމީ ދަނޑުން ފެންނާނެ ކްލަބް ފުޓްބޯޅައިގެ އެންމެ ވާދަވެރި މެޗަށް މިރޭގެ މެޗު ވާނެކަމުގެ ޔަޤީންކަމެވެ. އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ވަންނާނެ މެޗށް މެޗު ވާނެކަމުގެ ޔަޤީންކަމެވެ.

ވިކްޓްރީ އޮތީ ފުރަތަމަ މެޗުން މޮޅުވެ, ދެވަނަ މެޗުން އެއްވަރުވުމުން އުނދަގޫ ހާލަތެއްގައެވެ. ނިއުރޭޑިއަންޓް ދެ މެޗުވެސް ކާމިޔާބުކުކޮށްފައިވުމުން ހިތްހަހަޖެހުން ބޮޑެވެ. އެކަމަކު ވާދަވެރި ދެޓީމްގެ މެޗުގެ ނަތީޖާއިން އޮއެވަރު ބަދަލުވެދާނެއެވެ. ނިއުރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިގެން ގްރޫޕްގެ ކުރިއަށް ދިއުމުގެ ފުރުޞަތު ވިކްޓްރީއަށް އެބައޮތެވެ. ވިކްޓްރީ ބަލިކޮށް ސެމީގެ ފުރުޞަތު ބޮޑުކުރަން ނިއުރޭޑިއަންޓްވެސް އޮތީ ކަށިން ހިތްވަރު ނެރޭށެވެ. ކޯޗު ސޮބާހު މުޙައްމަދުގެ ބަހުންނަމަ ފައިނެއްކަމަށް ދެކިގެންނެވެ.

ސޮބާއަކީ ނިއުއާއި ވިކްޓްރީގެވެސް ކެޕްޓަނެކެވެ. އެދެކްލަބާއެކުވެސް ކާމިޔާބުހޯދި ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރެވެ. އޭނާ އުއްމީދުކުރަނީ ނިއުއާއި ވިކްޓްރީވެސް އަލުން ފުރަތަމަ ޑިވިޝަނަށް ދިއުމެވެ. އެކަމަކު މިރޭ އޭނާއަށް އޮތީ ނިއު މޮޅުކޮށްދޭން ކުރެވެން އޮތް ހުރިހާކަމެއް ކުރުމެވެ. ނިއުރޭޑިއަންޓާއި ވިކްޓްރީ ދެވަނަ ޑިވިޝަންގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ފެނުނީ ފުރަތަމަ ޑިވިޝަންގެ މެޗުތަކުންވެސް ނުފެންނަ މިންވަރަށް ސަޕޯޓަރުންގެ ސަމާލުކަން ހުއްޓިފައި އޮތްތަނެވެ. ސަޕޯޓަރުންގެ އަދަދު ގިނައެވެ. މިރޭ އެއަދަދު އިތުވާނެކަން ސޯޝަލް މީޑިޔާގެ ވަޞީލަތްތަކަށް ބަލާލުމުންވެސް އިނގެއެވެ. ކުރީގެ ކުޅުންތެރިންގެ ސަމާލުކަންވެސް މެޗަށް ވަނީ ހުއްޓިފައެވެ.

ވިކްޓްރީގެ ކުރީގެ ކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު ޙިއްޞާކުރެއްވީ 1999 ގެ ހަނދާނެކެވެ. އޭނާ ވިކްޓްރީގެ ކޯޗަކަށް ހުންނަވާ ނިއުރޭޑިއަންޓާ ދެކޮޅަށް ފައިނަލްގައި ނިކުތުމުގެ ކުރިން މީޑިޔާގައި ލިޔެފައިއޮތް ޚަބަރެކެވެ. ވިކްޓްރީގެ ނަމުގައިވާ ފަދައިން ކާމިޔާބީއަށް އެދެމުން މެޗު ބަލަން ދާނެކަމުގެ ޔަޤީންކަން އޮތީ ދީފައެވެ. ދެޓީމާއި, ސަޕޯޓަރުންވެސް ދަނީ ސޯޝަލް މީޑިޔާގައި މެޗު ޕްރޮމޯޓްކުރަމުންނެވެ. މެޗު ޕްރޮމޯޓްކުރަމުން ދަނީ ދެޓީމް ގުޅިގެންނެވެ.

ވާދަވެރި މެޗު ފަށާނީ މިރޭ 21:00 ގައެވެ. ދެވަނަ ޑިވިޝަންގެ މެޗެއްނަމަވެސް މެޗުގެ ފޯރި ގަދަވާނެކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް

01 ޑިސެމްބަރު 2025
މުބީންގެ މެސެޖެއް، ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ގަދަކޮށް
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
23 އޮކްޓޯބަރު 2025

ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން

23 އޮކްޓޯބަރު 2025
ފުޓުބޯޅައިގެ ފޯރި ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބޭ: މުބީން
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް