Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލްގެ ދިވެހި ސަޕޯޓަރުން

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމުގެ ހަރަކާތެއް އޯއެލްއެސްސީން ފަށައިފި

އެ ޖަމިއްޔާއިން ފަންޑުރައިސް ކުރުމުގެ އިވެންޓެއް ކުރިއަށް ގެންގޮސްގެން، ދެ ފަރާތަކަށް ޕަވާ ވީލް ޗެއަރއެއް ހަދިޔާކުރުމަށް ވަނީ ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2022 | އާދީއްތަ 09:20
އޯއެލްއެސްސީން ބޭއްވި އިވެންޓުގެ ތެރެއިން

އޯއެލްއެސްސީން ބޭއްވި އިވެންޓުގެ ތެރެއިން

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ) އިން އިސްނަގައިގެން ޚާއްސަ އެހީއެއް ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ހަރަކާތެއް ފަށައިފިއެވެ.

"ފްރީޑަމް ޗެރިޓީ"ގެ ނަމުގައި ކުރިއަށްގެންދާ މި ޙަރަކާތް ރަސްމީކޮށް ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހަރާކާތުގެ ދަށުން، އެ ޖަމިއްޔާއިން ފަންޑުރައިސް އިވެންޓެއް ކުރިއަށް ގެންގޮސްގެން ދެ ފަރާތަކަށް ޕަވާ ވީލް ޗެއަރއެއް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

އެ ޖަމިއްޔާއިން ނިންމާފައިވަނީ ފަންޑު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސަޕޯޓަރުން މެޗު ބަލަން އިންތިޒާމުކުރާ އިވެންޓްތަކުގެ ތެރެއިން ކަމަށެވެ. އެ ޖަމިއްޔާއިން މައުލޫމާތުދީފައިވާ ގޮތުގައި ފަންޑުރައިސިން ކުރިއަށްގެންދާނީ މެޗު ބެލުމަށް ޓިކެޓު ވިއްކުމުގެ އިތުރުން ޗެރިޓީ ޓިކެޓު ވިއްކައިގެންނެވެ.

މެޗު ބެލުމަށް ވިއްކާ ޓިކެޓުގެ އަގު ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މެޗު ބެލުމުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ. އޭގެ ތެރެއިން 50 އިންސައްތަ ޚަރަދުކުރާނީ އެހީގެ ފަންޑަށެވެ. މީގެ އިތުރުން ޗެރިޓީ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ޗެރިޓީ ރެޑްގެ އަގަކީ 100 ރުފިޔާއެވެ. ޕްލެޓިނަމްގެ އަގުގެ ގޮތުގައި 500 ރުފިޔާ ހަމަޖައްސާފައިވާއިރު، ކޮޕައިޓްގެ އަގަކީ 1000 ރުފިޔާއެވެ. ދެން މި ކެޓަގަރީގައި ހިމެނޭ ޝޭންކްސް 5000 ރުފިޔާއަށް ވިއްކާއިރު، 10،000 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވަނީ މައިޓީ ރެޑްއެވެ.

އެ ޖަމިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހަރަކާތް ނިންމާލުމަށް އަމާޒު ހިފާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ވީލްޗެއަރ ގަތުމާއި، ހަވާލުކުރުން ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދާނެއެވެ.

ރާއްޖޭގައި ތިބި ލިވަޕޫލަށް ސަޕޯޓުކުރާ ސަޕޯޓަރުން މީހުން ހިމެނޭ މި ޖަމިއްޔާއަކީ ވަރަށް ހަރަކާތްތެރި ޖަމިއްޔާއެކެވެ.

އޯއެލްއެސްސީ މޯލްޑިވްސްލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު