Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނީ ބަހުގެ ޚިދުމަތް

އަތޮޅުތެރެއަށް މިނީ ބަސްތައް ފޮނުވުމުގެ މަސައްކަތް ފަށައިފި

24 ޖުލައި 2022 | އާދީއްތަ 06:57

24 ބަހެއް އަތޮޅުތެރެއަށް ފޮނުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޖުލައި 2022 | އާދީއްތަ 06:57
އަތޮޅުތެރެއަށް ފޮނުވާ މިނީ ބަސްތައް

އަތޮޅުތެރެއަށް ފޮނުވާ މިނީ ބަސްތައް

އަތޮޅުތެރޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބެނުންވާ ބަސްތައް އެ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައެވެ. އެއީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅުގައެވެ. މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެމްޓީސީސީން ބުނީ މި ބަސްތަކުގެ ތެރެއިން އަތޮޅުތެރޭގައި މި ޚިދުމަތް ފެށުމަށް ބޭނުންވާ 24 ބަސް އެ ސަރަހައްދުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މި މަސް ތެރޭގައި އެ ތިން ސަރަހައްދުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށެވެ.

މީގެ ތެރެއިން 12 ބަސް ބޭނުންކުރާނީ މާލޭގައެވެ. އެމްޓީސީސީން މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަކަށް މާލޭގައިވެސް މި ޚިދުމަތް ފެށުމަށެވެ. މާލޭގައި 2 ރޫޓެއްގައި 12 ބަހުގެ ޚިދުމަތްދޭއިރު، އައްޑޫ ސިޓީ (ފޭދޫ، ހިތަދޫ)ގައި 4 ރޫޓެއްގައި 8 ބަހުގެ ޚިދުމަތް ދޭނެއެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫގައި 4 ރޫޓެއްގައި 4 ބަހަކުން ޚިދުމަތް ދޭއިރު، ފުވައްމުލައް ސިޓީގައި 3 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދޭނެއެވެ. ލ އަތޮޅުގެ މެއިން ލޭންޑް (ގަން، ފޮނަދޫ)އަށް 4 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ލ. އިސްދޫ ކަލައިދޫގައި 1 ރޫޓެއްގައި 2 ބަހުން ޚިދުމަތްދޭނެއެވެ.

ބަހުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ޚިދުމަތާއި އާރްޓީއެލް ބަހުގެ ޚިދުމަތެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ޚިދުމަތާގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި އިތުރު މަައުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650ށް ގުޅުމަށް އެދިފައިވެއެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީމިނީ ބަސް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް