Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެން ރައްކާކުރާ ނިޒާމް

ކުރީ ސަރުކާރުން ފެން ރައްކާކުރާ ނިޒާމު ގާއިމުކޮށްފައިވާ 33 ރަށަކަށް ފެން ފޯރުކޮށްދޭން ޖެހުނު – އޮޑިޓް

ގިނަ ރަށްރަށަށް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖުލައި 2022 | އާދީއްތަ 00:01
ރަށެއްގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓެއް

ރަށެއްގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓެއް

ކުރީ ސަރުކާރުން ވާރޭ ފެން ރައްކާކުރާ ނިޒާމު ގާއިމްކޮށްފައިވާ 33 ރަށަކަށް މި މަޝްރޫއު ނިންމާފައިވާ މުއްދަތުގެ ފަހުންވެސް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާކަމަށް ހޫނު މޫސުމުގައި ރާއްޖޭގެ ރަށްތަކަށް ބޯފެން ފޯރުކޮށްދިނުމާ ގުޅޭ ޕަރޕޯމެންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މި އޮޑިޓްގައި ވާރޭފެން ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ހިންގުނު މަޝްރޫއުގެ ނަތީޖާ ހާސިލްވެފައިވާ މިންވަރު ބަޔާންކޮށްދީފައިވާ ބައިގައި ބުނެފައިވަނީ ފެން ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވާރޭފެން ރައްކާރުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިގޮތުން މި މައްސަލައަށް ހައްލެއް ހޯދުމަށް މުޅި ރާއްޖޭގައި ޖުމްލަ 47 ރަށެއްގައި މި މަޝްރޫއުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން 8 ރަށެއްގައި މަޝްރޫއު ހިންގުމަށް ރޭވި ނަމަވެސް، ސަރުކާރުގެ ސިޔާސަތު ބަދަލުވުމާ ގުޅިގެން ކުރިއަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވާރޭފެން ރައްކާކުރާ ނިޒާމް ގާއިމުކުރެވިފައިވީ ނަމަވެސް މީގެ ތެރެއިން ގިނަ ރަށްރަށަށް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވުނު ކަމަށް މިއޮޑިޓުގައި ބުނެފައިވެއެވެ. އެގޮތުން، މި މަޝްރޫއުތައް ހިންގާފައިވާ 47 ރަށުގެ ތެރެއިން 33 ރަށަކަށް މި މަޝްރޫއު ނިންމާފައިވާ މުއްދަތުގެ ފަހުންވެސް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. މިހެން ދިމާވަނީ، ރަށަށް އެކަށީގެންވާ ކެޕޭސިޓީގެ ހަޓުތައް ނެތުމާއި ފެން ހަޓުތައް ސާފުކޮށް ވާރޭފެން ނެގުމަށް ތައްޔާރުކޮށްފައި ނެތުމުގެ ސަބަބުން ކަމަށް ބައެއް ކައުންސިލްތަކުން މައުލޫމާތު ދީފައިވާކަމަށް މިއޮޑިޓުގައި ވަނީ ބުނެފައެވެ.

އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދީ ފެނަށް ޖެހޭ މައްސަލައަށް އަވަސް ހައްލެއް ހޯދައި އެކަމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކުގެ ބޭނުން އެކަށީގެންވާގޮތުގައި ނުހިފޭނަމަ، ދައުލަތުން މިކަމަށް ކުރަންޖެހޭ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވެ މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދާނެކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފެން ރައްކާކުރާ ނިޒާމު މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އިރުވައި މޫސުމާއި ގުޅިގެން ފެނަށްޖެހޭ މައްސަލަ ހައްލުކުރުމަށް ރަށްތަކަށް އަމާޒުކޮށް ފެން ރައްކާކުރެވޭ ގޮތަށް ތާނގިތައް ބަހައްޓައިގެން ފެން ނެގޭ ގޮތަށް އެކި ރަށްތަކުގައި މަޝްރޫއުތައް ހިންގައި، އޭގެ ބޭނުން ކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން، މިފަދަ މަޝްރޫއުތައް ހިންގާފައިވާ ރަށްތަކުގައި، ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމާއި، ފެން ތާނގިތައް ބަލަހައްޓަމުންދާ ގޮތާއި ފެން ރައްކާކުރެވޭ ތާންގިތަކުގެ ސާފުތާހިރުކަމާއި އެކަމާ ގުޅޭ އެހެނިހެން ކަންތައްތައް ދެނެގަތުމަށް މި އޮޑިޓުގައި އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މި އިންސްޕެކްޝަނުން ފާހަގަވި ގޮތުގައި ރ. އަތޮޅުގެ ތިން ރަށެއްގެ އިޖްތިމާއީ ތާނގީތައް ގަވާއިދުން ސާފުކޮށް ބަލަހައްޓަމުން ނުދާކަމާއި ބައެއް ފެން ތާނގީތައް ހަލާކުވެ، މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިވުމާއި ތާނގީތަކުގެ މަތީގައި ހިރަފުސްބޯވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި، އިންސްޕެކްޝަން ކުރިއަށްގެންދިޔަ ރަށްތަކުގެ ކައުންސިލު އިދާރާތަކުން، ތާނގީތަށް ސާފުކޮށް ބަލަހައްޓަމުންދާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އަދި މި ރަށްރަށުގައި ގާއިމުކޮށްފައިވާ މިފަދަ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޤާނޫނު ނަންބަރު (2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ދަށުން ކައުންސިލާ ހަވާލުކޮށްފައިވާ ކަމެއްކަމުން، އެފަދަ ތަންތަން ބަލަހައްޓައި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓްކޮށް އެތަންތަން މަރާމާތުކޮށް ގަވާއިދުން ބެލެހެއްޓުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، ފެން ހަޓު ކައުންސިލާ ރަސްމީ ހައިސިއްޔަތަކުން ހަވާލުކޮށްފައިވާކަމުގެ ލިޔުމެއް ނެތްކަމާއި އެތަންތަން ސާފުކޮށް ބެލެހެއްޓުމުގެ އުސޫލެއް އެކުލަވާލެވި އެކަމަށް އެއްބަސްވެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އިޖްތިމާއީ ތާނގީތަކުގެ މަރާމާތެއް ކުރުމަށް ބޭނުންޖެހޭ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހިފައިނުވާކަމާއި މަރާމާތުގެ ކަންކަން ކުރަންޖެހެނީ ކައުންސިލުގެ ރިކަރަންޓު ޚަރަދުންކަމަށް ބައެއް ކައުންސިލު އިދާރާތަކުން މައުލޫމާތު ދީފައިވާކަމާ، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތާނގީތަކުގެ ބޭނުން ރައްޔިތުންނަށް ލިބޭނެ މުއްދަތު ކުރުވާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އަދި މި ކަންކަން އިސްލާހުކުރަން ދެ ގޮތަކަށް ލަފާދީފައިވެއެވެ. އެއީ ވާރޭފެން ރައްކާކުރާ ނިޒާމުތަކުގެ މަޝްރޫއު ނިންމައި، ކައުންސިލު އިދާރާތަކާ ލިޔުމުން ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ދެންނެވުމާއި، ވާރޭ ފެން ރައްކާކުރާ ނިޒާމުތައް ބަލަހައްޓައި މަރާމާތުކުރުމަށް އުސޫލެއް ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް މިފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށު ކައުންސިލްތަކަށް އެންގުން ހިމެނެއެވެ.

ފެނަކަ ކޯޕަރޭޝަންކުރީގެ ރައީސް ޢަބްދުﷲ ޔާމީންއެންވަޔަރަމަންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު