Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓިގެ ޚިޔާނާ

ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ޚިޔާނާތްތަކެއް ފަޅާއަރައިފި

ބޮޑެތި އަދަދުތަކުން ކައުންސިލް މެމްބަރުންނަށް ވަނީ ފައިސާ ލިބިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 16:07
ރ.ދުވާފަރު

ރ.ދުވާފަރު

ރ. ދުވާފަރުގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ ޚިޔާނާތްތަކެއް ފަޅާ އަރައިފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފައިވަނީ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީ މެމްބަރުންނާއި ކައުންސިލްގެ ބައެއް މުވައްޒަފުން ޚިޔާނާތުގައި ހިމެނެއެވެ. އެގޮތުން، މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދާއި މާލީ ކަންކަމާ ގުޅުންހުރި ގާނޫނުތަކާ ޚިލާފަށް އެ ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނެތި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އަދި ނަގުދު ފައިސާއިން ވެސް ކައުންސިލަރުންނާއި މުވައްޒަފުންނާއި ޑަބްލިއުޑީސީ މެމްބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ވަނީ ބުނެފައެވެ. މި ފައިސާތަކުގެ ތަފްސީލު އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެލްޖީއޭއިން ވަނީ މި ރިޕޯޓުގައި ދުވާފަރު ކައުންސިލުން ފާހަގަ ކުރެވުނު 34 މައްސަލައެއް ފާހަގަކޮށް އެކަންކަން ހައްލު ކުރުމަށް ލަފާދީފައެވެ. މީގެ ތެރޭގަިއ ގިނައިން ހިމެނެނީ މާލީކަންކަމުގައި ފަރުވާ ކުޑަވުމާއި ޚިޔާނަތުގެ ކަންކަމެވެ.

އެލްޖީއޭ އިން ބުނީ، 'އިން-ކައިންޑް' ގެ ގޮތުގައި ފައިސާ އާއި ތަކެތި މާލިއްޔަތުން ދިނުމާއި ކައުންސިލްގެ މެންޑޭޓުގައި ނުހިމެނޭ ކަންކަމަށް ވެސް ދުވާފަރު ކައުންސިލުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު އަލިފުޅުގެ އެކައުންޓަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ޖަމާ ކޮށްފައެވެ. އެގޮތުން ލިޔެކިޔުމުން އެއްވެސް ތަފްސީލެއް ނޭނގޭ 711،617 ރުފިޔާ އޭނާއަށް ނަގުދު ފައިސާގެ ގޮތުގައްޔާއި އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މުޙައްމަދު އަލިފުޅުގެ އިތުރުން ކައުންސިލް މެމްބަރު މުޙައްމަދު ޝާމުއަށް 447،837 ރުފިޔާ ލިބިފައިވާއިރު ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު އަށް 252،048 ރުފިޔާ، ކައުންސިލް މެމްބަރު ޒުހުދާ އާދަމް އަށް 181،666ރުފިޔާ، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ނާސިހުއަށް 165،200.79 ރުފިޔާ، ކައުންސިލް މެމްބަރު އަހުމަދު ސަމޫހުއަށް 128،696.47 ރުފިޔާ، ކައުންސިލް މެމްބަރު އާމިނަތު ސަލާހުއަށް 119،535 ރުފިޔާ ވަނީ ލިބިފައެވެ.

އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވަކި ތަފްސީލެއް ނެތި 21،981 ރުފިޔާ ދީފައިވާއިރު ކޮމިޓީގެ ރައީސް އާމިނަތު އަހުމަދުއަށް 67،820 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކޮންޓްރެކްޓް މުވައްޒަފެއް ކަމަށްވާ އަހުމަދު ޝާމިލު އަށް 6042 ރުފިޔާ ވަނީ ލިބިފައިވާއިރު މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރާ ލުގުމާން އަބްދުއްރަހުމާނަށާއި ސަޕޯޓް ސްޓާފް، އަބްދުﷲ ނާޝިދުއަށާއި ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާއަށް ވެސް ލިޔެކިޔުމުގެ އެއްވެސް ތަފްސީލެއް ނެތް ގޮތަށް ވަނީ މަދު އަދަދުން ނަމަވެސް ފައިސާ ލިބިފައެވެ.

އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާ ވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އަދި ފިތުރު ޒަކާތަށް ބަހަން ބޭނުންވާ 54،000 ރުފިޔާ ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ރ. ދުވާފަރުއެލްޖީއޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު