Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔަޝްފާ ފުލުހަށް

ޔަޝްފާ ދެކެނީ ފުލުހަށް ގެންދަނީ "ތީ ބަހުލޫލެކޭ" ލަވަ ކިޔުމާ ގުޅިގެން ކަމަށް

ޔަޝްފާ ހާޒިރު ކުރަނީ ރައީސްގެ ފުރާނައަށް ނުރައްކަވާގޮތަށް ޢަމަލުކުރުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2024 | ހޯމަ 11:31
ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

ރ. ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ދަނޑިކޮށީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކަވާގޮތަށް ޢަމަލުކުރުމަށް ގޮވާލާފައިވާ ކަމަށް ބުނެ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވި މައްސަލައިގައި، ފުލުހަށް އޭނާ ހާޒިރު ކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި" ބޭއްވި ޖަލްސާގައި އޭނާ ހުށަހެޅި "ތީ ބަހުލޫލެކޭ" ލަވައާ ގުޅިގެން ކަމަށް މަރިޔަމް ޔަޝްފާ ހާމަ ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ފުލުހަށް ހާޒިރުވުމަށް އަންގާ، ޔަޝްފާ އަށް ހޯމަ ދުވަހު ޗިޓު ފޮނުވުމާ ގުޅިގެން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ރ. ދުވާފަރު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ ޔަޝްފާ ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހު ދަނޑިކޮށީ ޖަގަހައިގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް ބުނެ އޭނާ ފުލުހަށް ހާޒިރުވާން އެންގި އިރު، މަސް ދުވަސް ވެގެން ދިޔައިރު ވެސް އެ ބުނާ މައްސަލަ ބަލާފައި ނުވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ހުށަހެޅި "ތީ ބަހުލޫލެކޭ" ލަވައާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން އެކަން މައްސަލަ އަކަށް ހެދީ ކަމުގައެވެ.

Advertisement - newsAdvertisement

ޔަޝްފާ އަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ، "2024 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ޗާންދަނީމަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގައި ކުރިއަށް ދިއަ ކައުންސިލަރުންގެ ހަރުގެ ޖަލްސާގައި، ރ. ދުވާފަރު، ދޮންވެލި، މަރިޔަމް ޔަޝްފާ ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކަވާގޮތަށް ޢަމަލުކުރުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާނެއް ނެގުމަށް" ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް ޗިޓު ފޮނުވާ ކަމަށެވެ.

ޕޯޑިއަމް ތަކުގައި ވަރަށް ފޯރީގައި ވާހަކަ ދައްކާ ޔަޝްފާ އަކީ ވާހަކައިގެ ތެރޭގައި މީހުން ޝައުގުވެރިވާ ޒާތުގެ ޅެމާއި ބަނދި ހިމަނާ ފަރާތެއްކަން ވަނީ ފާހަގަ ކުރެވިއެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" ބޭއްވި ޖަލްސާ ގައި ޔަޝްފާ ހުށަހެޅި "ތީ ބަހުލޫލެކޭ" ލަވަ ސޯޝަލް މީޑިއާ ގައި ވަނީ ވައިރަލްވެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ދަނޑިކޮށީ ޖަގަހައިގައި، ވާހަކަ ފެއްޓުމުގެ ކުރިން ޔަޝްފާ ހުށަހެޅި ބަންޖަކީ، "އިމެއް ނެތޭ، މިނެއް ނެތޭ، ދިރެއް ނެތޭ، ބިރެއް ނެތޭ. ގޮތެއް ނެތޭ، ފޮތެއް ނެތޭ، ލަދެއް ނެތޭ، ހަޔާތް ނެތޭ" އެވެ.

ޖަގަހަ ޖަލްސާގެ ވާހަކަ ނިންމާލީ ރައިވަރަކުންނެވެ. އެ ރައިވަރަކީ، "ރައިވަރުން އަހަރެނާ، ފައިނުމާނޭ ހަމަ ހިލާ. އައި ކަމަކު ނިޔަތުގާ، އަނގަ ބެދޭނޭ ދޮގު ބެޔާ. ރައިވަރުން ވާދަކޮށްލަން އައި ސޮރާ، ދޮގު ހަދަން މޮޅު ހޮޅިގަނޑާ. ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ، ރައްޔިތުން ނިކުމެ ހަވަރަށް ދެމާ."

ޔަޝްފާ ފުުލުހަށް ހާޒިރު ކުރާ އިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓްވީޓެއްގެ ކޮންޓެންޓަކާ ގުޅިގެންވެސް އެމްޑީޕީ ގެ އެކްޓިވިސްޓެއް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.

މަރިޔަމް ޔަޝްފާ ރ. ދުވާފަރުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މޯލްޑިވްސް ޕޮލިސް ސަރވިސްތީ ބަހުލޫލެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު