Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އައު ބޮޑުވަޒީރު

ލަންކާގެ އައު ބޮޑުވަޒީރުކަމުގެ ހުވާ ދިނޭޝް ގުނަވަރުދަނާ ކުރައްވައިފި

މަޤާމުގެ ހުވާ ކުރައްވާފައިވަނީ ހުކުރު ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2022 | ހުކުރު 07:07
ލަންކާގެ އައު ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާ

ލަންކާގެ އައު ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާ

ލަންކާގެ އައު ބޮޑުވަޒީރުކަމުގެ ހުވާ ދިނޭޝް ގުނަވަރުދަނާ ކުރައްވައިފިއެވެ.

އޭނާ މަޤާމުގެ ހުވާ ކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ. ވެރިރަށް ކޮލަމްބޯގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަޤާމުގެ ހުވާ ކުރައްވާފައިވަނީ އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމްސިންހާގެ ކުރިފުޅުމަތީގައެވެ.

މިއީ ރަނިލް ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މަޤާމަކަށް އައްޔަނު ކުރެއްވި ފަރާތެވެ. ވިކްރަމަސިންގހަ ލަންކާގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހުއެވެ. އެވޯޓުލުމުގައި ވިކްރަމަސިންގހައަށް ވަނީ 134 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފައެވެ.

ދިނޭޝް ގުނަވަރުދެނާ އުފަންވެވަޑައިގަތީ 2 މާރޗު 1949 ގައެވެ. އެމަނިކުފާނުގެ މައިންބަފައިންނަކީ ފިލިޕް ގުނަވަރުދެނާއާއި، ކުސޫމާ ގުނަވަރުދެނާއެވެ.

އެމަނިކުފާނު ތައުލީމު ހާސިލު ކުރެއްވީ ކޮލަމްބޯގެ ރޯޔަލް ކޮލެޖުންނެވެ. އެއަށްފަހު ޤައުމުން ބޭރުން މަތީތައުލީމު ހާސިލު ކުރެއްވިއެވެ.

ދިނޭޝް ވަނީ ނެދަލެންޑްސްގެ ނިޖެންރޯޑް ބިޒްނެސް ޔުނިވަރސިޓީން ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ބިޒްނަސް ޙާސިލު ކުރައްވާފައެވެ.

އެއަށްފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމެރިކާގެ ޔުނިވަރސިޓީ އޮފް އޮރެގަންއިން ޑިގްރީ ޙާސިލު ކުރައްވާފައިވެއެވެ.

ދިނޭޝް އެނބުރި ޤައުމަށް ވަޑައިގަތީ 1973 ގައެވެ. އެއަށްފަހު ސިޔާސީ ދާއިރާއަށް ގުޅިވަޑައިގެންނެވީ "މަހާޖާނާ އެކްސާތު ޕެރަމުނާ (މެޕް) އިންނެވެ. އެއަށްފަހު، 1983 ގައި ވަނީ މަޖިލިސް މެމްބަރަކަށް ހޮވިވަޑައިގެންފައެވެ.

އޭނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކަށް ބަލާއިރު، ޓްރާޏްސްޕޯޓު މިނިސްޓަރުކަމާއި، އެންވަޔަރމަންޓް މިނިސްޓަރުކަމާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ފޮރިން މިނިސްޓަރުކަމުގެ މަޤާމުވެސް ހިމެނެއެވެ.

ލަންކާގެ ސިޔާސީ ޕާޓީތަކުން ވަނީ އައު ރައީސަކާއެކު ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު